ސްޕެއިން އާއި އިނގިރޭސިވިލާތް ބައްދަލުކުރި މެޗްގެ ތެރެއިން.. ފޮޓޯ: ސްކައި
ސްޕެއިން އާއި އިނގިރޭސިވިލާތް ބައްދަލުކުރި މެޗްގެ ތެރެއިން.. ފޮޓޯ: ސްކައި
ކުޅިވަރު 27 Sep 2026 | 04:58

އިނގިރޭސިން ބަލިކޮށް ދުނިޔޭގެ ޗެމްޕިއަން ސްޕެއިން، މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި

މިހާރު ކުރިއަށްދާ ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ދުނިޔޭގެ ޗެމްޕިއަން ސްޕެއިން އާއި އިނގިރޭސިވިލާތް ބައްދަލުކުރިމެޗް ސްޕެއިން ކާމިޔާބުކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ވެމްބްލީގައި ކުޅުނު މިމެޗް ސްޕެއިން ކުރި ހޯދީ 3-2 ގެ ނަތީޖާއިންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އިނގިރޭސިންގެ ފޯވަޑްލައިންގެ ހަމަލާތައް ފެނުނުނަމަވެސް ޑިފެންސްލައިން ފެނުނީ ވަރަށް ބަލިކަށިކޮށެވެ.

އިންގްލެންޑުގެ މާކް ގުއޭހީ އާއި ނިކޯ އޯރިލީއަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގައި، ލަމީން ޔަމާލް އާއި އެލެކްސް ބައޭނާ ވަނީ ސްޕޭނަށް ފުރަތަމަ ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. މުޅި މެޗުގައިވެސް އިންގްލެންޑުގެ ދިފާއީ ރޭވުންތައް ފޫއަޅުވާލާފައިވާއިރު، މެޗު ނިމެން 16 މިނެޓަށް ވެފައި ވަނިކޮށް މިކޭލް އޮޔާޒަބާލް ވަނީ ސްޕޭން މޮޅުވި ލަނޑު ޖަހައިދީފައެވެ.

މެޗްގައި އިނގިރޭސިންގެ ފަރާތުން ފެނިގެންދިޔަ ފުރަތަމަ ލަނޑު ޖަހާފައިވަނީ އެންތަނީ ގޯޑަން އާއި ޖޫޑް ބެލިންހަމް ގުޅިގެން އުފެއްދި ކައުންޓާ އެޓޭކެއްގައި ގޯޑަން އެވެ. އޭގެ ފަހުން އޯރިލީ ނެގި ހުރަހަކުން ހެރީ ކޭން ބޮލުން ޖެހި ލަނޑާއެކު، އިންގްލެންޑުން 2-1 އިން ކުރި ހޯދައި މެޗުގެ އޮއިވަރު މުޅިން ބަދަލުކޮށްލިއެވެ.

ދެވަނަ ހާފު ފެށުނުތަނާހެން އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނެވެ. އެއީ ރޮޑްރީ، ބެލިންހަމްއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. ނަމަވެސް ކޭން ފޮނުވާލި ޕެނަލްޓީ ގޯލުގެ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް
02 Nov 2026 ކުޅިވަރު

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ، މެޗް ފަށައިގެން 16 ވަނަ މިނެޓް ތެރޭގައި ކައި ހާވާޓްޒް އެވެ. މި ނަތީޖާއާއެކު އާސެނަލުން ވަނީ ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ
01 Nov 2026 ކުޅިވަރު

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ޚާއްޞަކޮށް ޓީމާ ގުޅުނު ކެޕްޓަން ބްރޫނޯ ފެނާންޑޭޒާއި އަމަދު ޑިއާލޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް ޗެލްސީގެ ކީޕަރު މައިކް ޕެންޑާސް ވަނީ އެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސުލްޖުމްހުރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
30 Oct 2026 ހަބަރު

ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސުލްޖުމްހުރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ސްޕެއިންގެ ދެކުނުބިތުގައި ހިނގި ރޭލު އެކްސިޑެންޓެއްގައި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ސްޕެއިންގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ޕެޑްރޯ ސަންޗޭޒަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް
28 Oct 2026 ކުޅިވަރު

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް

މި މައްސަލައިގައި ޝާކާ ވަނީ އޭނާގެ ކުށަށް އިއުތިރާފުވެ، ޒިންމާ އުފުލާފައެވެ. އޭނާގެ އަތުން ކެޕްޓަން ބޭންޑް އަތުލާފައި ނުވި ނަމަވެސް، ކެޕްޓަންކަމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ކޯޗު މުރާތު ޔަކިންއެވެ.