ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރިމެޗްގެ ސްކްރީން ޝޮޓެއް
ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރިމެޗްގެ ސްކްރީން ޝޮޓެއް
ކުޅިވަރު 07 Jun 2026 | 18:09

ދިވެހިރާއްޖެ ބަންގްލަދޭޝް މެޗް ނިމުނީ ބޮޑު ހަމަނުޖެހުމަކާއެކު

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

މިހާރު ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި މިރޭ ދިވެހިރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރިމެޗް ބޮޑު ހަމަނުޖެހުމަކާއެކު ނިންމާލައިފިއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެގެންނެވެ. މެޗްގައި އެންމެ ފުރަތަމަ ލަނޑެއްޖަހައި ކުރި ހޯދީ ރާއްޖެއެވެ. އެއީ މެޗްގެ 13 ވަނަ މިނެޓް ތެރޭގައި ލިބުނު ޕެނަލްޓިއަކުންނެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އަލީ ފާސިރެވެ.

ރާއްޖެއިން ލަނޑެއް ޖަހާފައިވަނިކޮށް ބަންގްލަދޭޝް އިން މެޗް އެއްވަރުކުރީ ދެވަނަ ހާފްގައެވެ. މިރަޖުލް އިސްލާމް މި ލަނޑު ޖަހާފައިވަނީ ދެވަނަ ހާފްގެ ވަރަށް ކުރީކޮޅުއެވެ.

މެޗްގެ އެންމެ ފަހު ވަގުތުގެ ތެރޭގައި ހަމަނުޖެހުންތައް ފެށިގެންދިޔައީ ރެފްރީއާ މެދު ހިތްހަމަ ނުޖެހިގެން ބަންގްލަދޭޝް ޓީމަށް ދެއްކި ރަތްކާޑުތަކުންނެވެ. މެޗްގެ ހަމަނުޖެހުންތައް ބޮޑަށް ފެށިގެން ދިޔައީ އެންމެފަހުން އަލް އަމީނަށް ދެއްކި ރަތްކާޑަށް ފަހުގައެވެ.

މެޗްގެ ފަހުވަގުތުކޮޅުގެ ތެރޭގައި ބަންގްލަދޭޝްގެ ޕެނަލްޓީ އޭރިއާ ތެރެއިން ބަންގްލަދޭޝްއަށް ގޯލް ކުރިމަތިން އެޓީމަށް ލިބުނު ޖެހުމަކަށް ހުރަސް އެޅި ހިސާބުންނެވެ. އެވަގުތު ދެޓީމްގެ ކުޅުންތެރިންގެ މެދުގައި އުފެދުނު ހަމަނުޖެހުންތަކުގެ ތެރެއަށް ބަންގްލަދޭޝްގެ ސަޕޯޓަރުން އަރައިގަނެ އެންމެފަހުން ވަނީ މާރާމާރީއަކަށް ބަދަލުވެގެން ގޮސްފައެވެ. އެހިސާބުން ރެފްރީ ވަނީ މެޗް ނިމުނުކަންވެސް އިއުލާނުކޮށްފައެވެ.

ދަނޑަށް އެރި ބަންގްލަދޭޝްގެ ސަޕޯޓަރުން މައިތިރިކުރީ ފުލުހުންނާއި މެޗް އޮފިޝަލުން ވެގެންނެވެ.

މިރޭގެ މެޗް ހޫނުވި އެންމެ ބޮޑު ސަބަބަކީ މުބާރާތުގައި ބަންގްލަދޭޝްއަށް އިތުރަށް ކުރިއަށް ދެވެން އޮތީ ރާއްޖެ ބަލިކޮށްގެން ކަމަށްވާތީއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...