އެންމެފަހުން ނިމިގެންދިޔަ އޭއެފްސީ އޭޝިއަންކަޕް ކޮލިފައިން މެޗްގައި އަޝްފާގް.. ފޮޓޯ: އެފްއޭއެމް
އެންމެފަހުން ނިމިގެންދިޔަ އޭއެފްސީ އޭޝިއަންކަޕް ކޮލިފައިން މެޗްގައި އަޝްފާގް.. ފޮޓޯ: އެފްއޭއެމް
ކުޅިވަރު 21 Apr 2026 | 09:50

އަޝްފާގް ހިމެނޭހެން ޖުބިލީ ކަޕުގައި ވާދަކުރާ ޤައުމީ ސްކޮޑް އިއުލާނުކޮށްފި

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ކުރީގެ ޤައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގް ހިމެނޭހެން ކުރިއަށްއޮތް ޖުބިލީ އިންވިޓޭޝަނަލް ކަޕުގައި ވާދަކުރާ ޤައުމީ ސްކޮޑް އިއުލާނުކޮށްފިއެވެ.

ޤައުމީ ފުޓްބޯޅަ ޓީމްގެ ސްކޮޑް އިއުލާނުކުރިއިރު، ސްކޮޑްގައި 32 ކުޅުންތެރިން ހިމެނެއެވެ. ސްކޮޑަސް ބަލާއިރު، އެންމެ ފާހަގަކޮށްލެވެނީ، އަލީ އަޝްފާގް ސްކޮޑްގައި ހިމަނާފައި ވުމެވެ. މިފަހަރުގެ ސްކޮޑް އެކުލަވާލިއިރު، ތަޖްރިބާކާރު ކުޅުންތެރިން ހިމަނާފައިވާއިރު، މީގެ ތެރޭގައި އަލީ އަޝްފާގްގެ އިތުރުން އަލީ ފާސިރު (ސެންޓޭ) އާއި އަމްދާން އަލީ (އޭންޑީ)، ސަމޫހު އަލީ (ސަމުއްޓެ) ގެ އިތުރުން އަހްމަދު އަބްދުﷲ (ލިލީ) ހިމެނެއެވެ.

ސްކޮޑްގައި ނިމިގެންދިޔަ ސާފް ޗެމްޕިއަންޝިޕް ޒުވާން ޓީމްގެ ސްކޮޑްގައި ހިމެނުނު މުހިންމު ކުޅުންތެރިން ހިމެނެއެވެ. މީގެ ތެރޭގައި އީތަން، އިލާން، ގޯލްކީޕަރު ޒަހްރާން އަދި ނައްސާހް ފާހަގަކޮށްލެވެއެވެ.

ޖުބިލީ އިންޓަރނޭޝަނަލް ކަޕަށް ނެގި ސްކޮޑް:

32 ކުޅުންތެރިންގެ ސްކޮޑް

ރާއްޖޭގައި ފުޓްބޯޅަ ކުޅެންފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތުގައި ބޭއްވުމަށް ނިންމާފައިވާ މުބާރާތް ކުރިއަށްދާނީ ޖޫންމަހުގެ 1 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން އަވައްޓެރި ސްރީލަންކާ، ބަންގްލަދޭޝް، އަދި ޕާކިސްތާނުގެ ޓީމް ބައިވެރިވާނެއެވެ. މުބާރާތުގައި ބަންގްލަދޭޝްއިން ބައިވެރިވާނީ ޒުވާން ޓީމެވެ.

މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމް ނިކުންނާނީ ޤައުމީ ޓީމްގެ ކޯސް އިސްތަވާން އުރުބާނީގެ އިރުޝާދުގެ ދަށުންނެވެ. މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީޓީމްގެ ފަރިތަކުރުންތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...