ނަމަލް ރާޖަޕަކްސަވެސް ރާއްޖެއަށް ވަޑައިގަންނަވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ސްރީލަންކާގެ ސިޔާސީ އިސް ފަރާތެއްކަމުގައިވާ ނަމަލް ރާޖަޕަކްސަ، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވައިފިއެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭގެ ވަގުތެއްގައި ނަމަލްވަނީ ރާއްޖެއަށް ވަޑައިގެންފައެވެ. ނަމަލް ރާއްޖެއިން ފުރާވަޑައިގަންނަވާ ދުވަހެއް ކަށަވަރުވާގޮތް ވަނީ ނުވެފައެވެ. ނަމަލް ރާޖަޕަކްސައަކީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއްވެސްމެއެވެ. އެބޭފުޅާގެ ބައްޕާފުޅު މަހިންދަ ރާޖަޕަކްސައަކީ ލަންކާގެ މިވަގުތު ރައީސް އައްޔަންކުރައްވާފައިވާ ބޮޑުވަޒީރެވެ.
މާދަމާގެ ރަސްމިއްޔާތަށް ނަމަލްގެ އިތުރުން، ސްރީލަންކާގެ ކުރީގެ ރައީސާ ޗަންދްރިކަ ކުމާރަތުންގަވެސް ވަނީ ވަޑައިގަންނަވާފައެވެ. ޗަންދްރިކަ ރާއްޖެއަށް ވަޑައިގަންނަވާފައިވަނީ އިއްޔެ މެންދުރުގައެވެ.
ނަމަލް ރާޖަޕަކްސަ ފާހަގަކުރެވިފައިވަނީ ރާއްޖެއާއި މެދު ގާތްގުޅުންތަކެއް ބާއްވަމުންދާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން އެބޭފުޅާ މީގެ ކުރިން ވަނީ ރާއްޖޭގެ ސިޔާސީ ހާލަތާއި ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ދެފަރާތުގެ ބޭފުޅުންނާއިވެސް ބައްދަލުކުރައްވާފައެވެ.
މާދަމާ ހަވީރު ގަލޮޅު ބޯޅަދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ރަސްމިއްޔާތުގައި ބޭރު ގައުމެއްގެ އެންމެ އިސްވެރިއެއްގެ ގޮތުގަައި ބައިވެެރިވެ ވަޑައިގަންނަވާނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް