ރޮނަލްޑޯ
ރޮނަލްޑޯ
ކުޅިވަރު 03 Jul 2026 | 06:49

ޕެނަލްޓީ ޖެހުމުގެ ކުރީން ރޮނަލްޑޯ ދެފަހަރު "ބިސްމި" ކި؟

ޓޮރޮންޓޯގައި ރޭ ކުޅެވުނު ވޯލްޑް ކަޕްގެ ގަދަ 32 ގެ މެޗުގައި ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް މުބާރާތުގެ ގަދަ 16 އިން ވަނީ ޖާގަ ހޯދައިފައެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ޕޯޗުގަލުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނު ނަމަވެސް، ދެވަނަ ހާފު ފެށިގެން 53 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ އިވާން ޕެރިސިޗް ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރި ހޯދައިދީފައެވެ.

ޕޯޗުގަލަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ 68 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ރޮނަލްޑޯއެވެ. މިއީ އުމުރުން 41 އަހަރުގެ ރޮނަލްޑޯ، ވޯލްޑް ކަޕެއްގެ ނޮކައުޓް މަރުހަލާގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

ޕެނަލްޓީ ޖެހުމުގެ ސިކުންތުކޮޅެއް ކުރިން ރޮނަލްޑޯ އަމިއްލަ ނަފްސާ ވާހަކަދައްކަނިކޮށް ފެނުނުއިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭނާ އެވަގުތު ދެ ފަހަރަށް ކިޔާފައިވަނީ "ބިސްމިިالله" އެވެ.

މި މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވުމާއެކު ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ވަނީ ހުއްޓިފައެވެ. އަދި އެވަގުތު އޭނާ ކީ އެއްޗަކާމެދު އެއްބަޔަކު ސުވާލު އުފައްދާއިރު، ގިނަ ބަޔަކު ބުނަމުންދަނީ އޭނާ ކީ ބިސްމި ކަމަށެވެ.

އެގޮތުން، އެކްސްގައި ޚިޔާލު ފާޅުކުރި މީހަކު ބުނެފައިވަނީ "ޕެނަލްޓީ ކާމިޔާބުކުރުމުގެ ކުރިން ރޮނަލްޑޯ ބިސްމި ކިޔާފައިވާ ކަމަށް ފެންނަ" ކަމަށެވެ. އަދި އެހެން މީހަކު ވަނީ "ޕެނަލްޓީ ޖެހުމުގެ ކުރިން ރޮނަލްޑޯ: ބިސްމިިالله.. ބިސްމިިالله" މިފަދައިން ކީ ކަމަށެވެ.

ޕޯޗުގަލް މި މެޗުން މޮޅުވީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ގޮންޒާލޯ ރާމޯސް މެޗުގެ ފަހުވަގުތުގައި ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗުގެ ފަހުކޮޅު ކްރޮއޭޝިއާއިން ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

މި މޮޅާއެކު ޕޯޗުގަލް މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފައިވާއިރު، އެ ބުރުގައި އެ ޓީމު ނިކުންނަން ޖެހޭނީ ވާދަވެރި ސްޕެއިންއާ ދެކޮޅަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް
02 Nov 2026 ކުޅިވަރު

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ، މެޗް ފަށައިގެން 16 ވަނަ މިނެޓް ތެރޭގައި ކައި ހާވާޓްޒް އެވެ. މި ނަތީޖާއާއެކު އާސެނަލުން ވަނީ ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ
01 Nov 2026 ކުޅިވަރު

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ޚާއްޞަކޮށް ޓީމާ ގުޅުނު ކެޕްޓަން ބްރޫނޯ ފެނާންޑޭޒާއި އަމަދު ޑިއާލޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް ޗެލްސީގެ ކީޕަރު މައިކް ޕެންޑާސް ވަނީ އެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް
28 Oct 2026 ކުޅިވަރު

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް

މި މައްސަލައިގައި ޝާކާ ވަނީ އޭނާގެ ކުށަށް އިއުތިރާފުވެ، ޒިންމާ އުފުލާފައެވެ. އޭނާގެ އަތުން ކެޕްޓަން ބޭންޑް އަތުލާފައި ނުވި ނަމަވެސް، ކެޕްޓަންކަމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ކޯޗު މުރާތު ޔަކިންއެވެ.

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި
28 Oct 2026 ކުޅިވަރު

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި

އިނގިރޭސިވިލާތުގައި ބާއްވާ އެންމެ ޝަރަފްވެރި އެއް މުބާރާތް ކަމަށްވާ ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފިއެވެ. މި މުބާރާތުން އާސެނަލް ކަޓާފައިވަނީ، ހަތަރުވަނަ ބުރުގައި ރޭ ފްލީޓްވޫޑާ ދެކޮޅަށް ކުޅުނުމެޗުން ޕެނަލްތީ ޖަހަައިގެން ބަލިވުމުންނެވެ. ޕެނަލްޓީއަށް ގޮސްގެން މެޗްގެ ނަތީޖާ ނެރެފައިވަނީ މެޗްގެ ކުޅުމުގެ ތެރޭގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ނަތީޖާ ނުނެރެވުމުންނެވެ.