މިއަހަރު ޙައްޖަށް ދިޔަ އެންމެ ހަގު ޙައްޖުވެރިޔާ ނިޔާވެއްޖެ
މި އަހަރު ޙައްޖަށް ދިޔަ އެންމެ ހަގު ހައްޖުވެރިޔާ އިއްޔެ ނިޔާވެއްޖެއެވެ.
މައުލަުމާތު ލިބޭ ގޮތުގައި ނިޔާވެފައިވަނީ މިސްރަށް ނިސްބަތްވާ ޔަޙްޔާ މުޙައްމަދު ރަމަޟާން ނަމަކަށް ކިޔާ ކުއްޖެކެވެ.
ބޭރުގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭނާ ނިޔާވާން މެދުވެރިވީ މައްކާގެ ހޫނު މިނަށް ކެތް ނުކުރެވުމުގެ ސަބަބުންނެވެ. ނަމަވެސް ބައެއް ނޫސްތަކުން، ޔަހްޔާ މަރުވީ އުސް އިމާރާތަކުން ވެއްޓިގެން ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
މަސްޖިދުލް ޙަރަމްގައި ކަށުނަމާދު ކުރުމަށް ފަހު ޔަޙްޔާ ވަޅުލައިފައިވަނީ މައްކާގައެވެ.
މި އަހަރުގެ ޙައްޖު މޫސުމުގައި މައްކާގެ ހޫނުމިން ރެކޯޑް މިންވަރަކަށް މަތިވާނެކަމަށް ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ފިނިކުރުމުގެ ނިޒާމުތައް ޤާއިމުކުރުމަށް ސައުދީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް