ރާއްޖެއާ ފަލަސްތީނު ބައްދަލުކުރިމެޗްގެ ތެރެއިން...
ރާއްޖެއާ ފަލަސްތީނު ބައްދަލުކުރިމެޗްގެ ތެރެއިން...
ކުޅިވަރު 13 Nov 2025 | 19:07

ފަލަސްތީނުން ތަފާތުބޮޑު ނަތީޖާއަކުން ރާއްޖެ ބަލިކޮށްފި

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ރަހުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ އާއި ފަލަސްތީނު ބައްދަލުކުރިމެޗް ތަފާތުބޮޑު ނަތީޖާއަކުން ފަލަސްތީނު ކާމިޔާބުކޮށްފިއެވެ.

ގަލޮޅުދަނޑުގައި ކުޅުނު މިމެޗް ފަލަސްތީނު ކާމިޔާބުކުރީ 6-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ފަލަސްތީނު ކުޅުންތެރިން މޮޅަށް ކުޅުނުއިރު މެޗްގެ ފުރަތަމަ ހާފްގައި އެއް ލަނޑު ފެނިގެންދިޔައިރު އަނެއް ފަސް ލަނޑު ފެނިގެން ގޮސްފައިވަނީ ފަހުހާފްގައެވެ.

މެޗްގައި ފެނިގެންދިޔަ ފަސްވަނަ ލަނޑަކީ ރާއްޖޭގެ އިބްރާހީމް އައުސަމްގެ އަތުން ބައިކޮޅަށްވަތް ލަނޑެކެވެ. މި މެޗްގެ ފަހު ހާފްގައި ގިނަ ލަނޑުތައް ފެނިގެންދިޔަ ނަމަވެސް ރާއްޖެ ކުޅުންތެރިން ވަނީ ފުރަތަމަ ހާފަށްވުރެ ފަހުހާފްގައި ރަނގަޅަށް ކުޅެފައެވެ.

ރާއްޖެއާ ފަލަސްތީނު ބައްދަލުކުރިމެޗްގެ ތެރެއިން...

ރާއްޖޭގައި ކޭމްޕްކުރަމުންދާ ފަލަސްތީނު ޓީމުން ދެން ރާއްޖެއާއެކު މެޗެއް ކުޅޭނީ އަންނަ ހޮނިހިރުދުވަހެވެ. އެފްއޭއެމުން ވަނީ ފަލަސްތީނު ޓީމަށް އެހީތެރިވުމަށްޓަކައި ކުޅޭ މެޗްތަކަށް ހާއްސަ ސްވެނިއަރ ޓިކެޓްތަކެއް ވިއްކުމަށް ނިންމާފައެވެ.އެގޮތުން ސްވެނިއަރ ޕްލެޓިނަމް ޓިކެޓް 1000 ރުފިޔާއަށް ވިއްކުމަށް ނިންމާފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ ވީވީއައިޕީ (ރޮސްޓްރަމް) ގެ 50 ޓިކެޓެވެ. މީގެ އިތުރުން ދެން ހިމެނެނީ 200 ސްވެނިއަރ ގޯލްޑް ޓިކެޓެވެ. މި ޓިކެޓްތައް ވިއްކުމަށް ނިންމާފައިވަނީ، 500 ރުފިޔާއަށެވެ.

ރާއްޖެއާ ފަލަސްތީނު ބައްދަލުކުރިމެޗްގެ ތެރެއިން...

އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޒުވާން ޤައުމީ ފުޓްބޯޅަ ޓީމު ރާއްޖެ އައިސްފައިވަނީ މިދިޔަ ހޯމަދުވަހެވެ.

އެޓީމް ރާއްޖެ އައިސްފައިމިވަނީ އޭޝިއަންކަޕް ކޮލިފައިންގައި އެޓީމް ކުޅެންޖެހޭ މެޗްގެ ކުރިން ތަމްރީނުތައް ހަދައި ރާއްޖޭގެ ޤައުމީޓީމާއެކު އެކުވެރިކަމުގެ މެޗްތަކެއް ކުޅުމަށެވެ. އޭއެފްސީ ކަޕް ކޮލިފައިން މެޗްތައް އޮންނާނީ މިމަހުގެ 22 އިން 30 އަށް ތައިލޭންޑްގެ ޗޮންބުރީގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި
07 Oct 2026 ކުޅިވަރު

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި

ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...