ބާސެލޯނާ އާއި ބްރޫޖާ ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ސްޕޯޓްސްޓަރ
ބާސެލޯނާ އާއި ބްރޫޖާ ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ސްޕޯޓްސްޓަރ
ކުޅިވަރު 06 Nov 2025 | 04:05

ކްލަބް ބްރޫޖާއިން ބާސެލޯނާ ހިފަހައްޓައިފި

ޔުއެފާ ޗެމްޕިއަންސްލީގްގައި ރޭ ބެލްޖިއަމްގެ ކްލަބް ބްރޫޖާއިން ސްޕެއިންގެ ބާސެލޯނާ މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

ބެލްޖިއަމްގައި ކުޅުނު މިމެޗް ނިމުނީ 3-3 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެގެންނެވެ. ރޭގެ މެޗްގައި އެންމެ ފުރަތަަމަ ލަނޑެއް ޖަހައި ކުރިހޯދީވެސް ބްރޫޖާއިންނެވެ. އެއީ މެޗް ފަށައިގެން 6 ވަނަ މިނެޓް ތެރޭގައި ޓްރެސޮލްޑީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ބްރޫޖާއިން ލީޑް ނަގާފައިވަނިކޮށް ބާސެލޯނާގެ ޓޯރޭޒް ވަނީ އޭގެ އެއްމިނެޓް ފަހުން ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އޭގެ 9 މިނެޓް ފަހުން ބްރޫޖާގެ ފޯބްސް ވަނީ ލަނޑެއް ޖަހައި ދެވަނަ ފަހަރަށް އެޓީމަށް ލީޑް ނަގައިދީފައެވެ. މެޗްގެ ފުރަތަމަ ހާފް ނިމުނީ ބްރޫޖާ ކުރީގައި އޮވެގެންނެވެ.

މެޗްގެ ދެވަނަ ހާފް ކުޅުން ފަށައިގެން ބާސެލޯނާއިން ވަނީ ކުޅުން ރަނގަޅުކޮށް 61 ވަނަ މިނެޓް ތެރޭގައި އަނެއްކާވެސް މެޗް އެއްވަރުކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ޔަމާލް އެވެ. ބާސެލޯނާ މެޗް އެއްވަރުކުރިތާ ދެމިނެޓް ނުވެ އުޅެނިކޮށް ފޯބްސް ވަނީ އިތުރު ލަނޑެއް ޖަހައި މެޗުން މޮޅުވުމުގެ އުއްމީދު އައުކޮށްދީފައެވެ. ނަމަވެސް މެޗުން ބްރާޖާ މޮޅުވުމަށް ކުރި އުއްމީދު ގެއްލުނީ 77 ވަނަ މިނެޓް ތެރޭގައި ޒޮލިސް އަތުން ބައިކޮޅަށްވަތް ގޯލުންނެވެ.

މެޗަށްފަހު ވާހަކަދައްކަމުން ބާސެލޯނާގެ ކޯޗު ހެންސީ ފްލިކް ބުނީ 3-3 ގެ ނަތީޖާއަކީ އޭނާގެ ޓީމަށް ފަރުޖައްސާލެވޭފަދަ ނަތީޖާއެއް ނޫންކަމަށާއި، މެޗްގައި ބްރޫޖާއިން ވަރަށް ރަނގަޅަށް ކުޅެފައިވާކަމަށެވެ. ބާސެލޯނާގެ ޑިފެންސް ރަނަގޅުކުރަންޖެހޭކަން ފާހަގަކުރަމުން ކޯޗް ބުނީ ކުރިއަށް އޮތްތަނުގައި އެކަމަށް އިސްކަންދޭނޭކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް
02 Nov 2026 ކުޅިވަރު

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ، މެޗް ފަށައިގެން 16 ވަނަ މިނެޓް ތެރޭގައި ކައި ހާވާޓްޒް އެވެ. މި ނަތީޖާއާއެކު އާސެނަލުން ވަނީ ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ
01 Nov 2026 ކުޅިވަރު

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ޚާއްޞަކޮށް ޓީމާ ގުޅުނު ކެޕްޓަން ބްރޫނޯ ފެނާންޑޭޒާއި އަމަދު ޑިއާލޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް ޗެލްސީގެ ކީޕަރު މައިކް ޕެންޑާސް ވަނީ އެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް
28 Oct 2026 ކުޅިވަރު

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް

މި މައްސަލައިގައި ޝާކާ ވަނީ އޭނާގެ ކުށަށް އިއުތިރާފުވެ، ޒިންމާ އުފުލާފައެވެ. އޭނާގެ އަތުން ކެޕްޓަން ބޭންޑް އަތުލާފައި ނުވި ނަމަވެސް، ކެޕްޓަންކަމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ކޯޗު މުރާތު ޔަކިންއެވެ.

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި
28 Oct 2026 ކުޅިވަރު

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި

އިނގިރޭސިވިލާތުގައި ބާއްވާ އެންމެ ޝަރަފްވެރި އެއް މުބާރާތް ކަމަށްވާ ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފިއެވެ. މި މުބާރާތުން އާސެނަލް ކަޓާފައިވަނީ، ހަތަރުވަނަ ބުރުގައި ރޭ ފްލީޓްވޫޑާ ދެކޮޅަށް ކުޅުނުމެޗުން ޕެނަލްތީ ޖަހަައިގެން ބަލިވުމުންނެވެ. ޕެނަލްޓީއަށް ގޮސްގެން މެޗްގެ ނަތީޖާ ނެރެފައިވަނީ މެޗްގެ ކުޅުމުގެ ތެރޭގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ނަތީޖާ ނުނެރެވުމުންނެވެ.