ނަޖީރިއާގެ ފުލުހެއް: ފޮޓޯ/ އަލް ޖަޒީރާ
ނަޖީރިއާގެ ފުލުހެއް: ފޮޓޯ/ އަލް ޖަޒީރާ
ދުނިޔެ 18 Aug 2024 | 07:46

ކިޑްނޭޕް ކޮށްފައިވާ 20 މެޑިކަލް ދަރިވަރުން ސަލާަމަތް ކުރުމަށް ނައިޖީރިއާ ފުލުހުން ހަރަކާތްތެރިވަނީ

ލިޔުންތެރިޔާ

ފާޠިމަތު އިނާ ސަވާދު

ވަގަށް ނަގާފައިވާ 20 މެޑިކަލް ދަރިވަރުން ސަލާަމަތް ކުރުމަށް ނައިޖީރިއާ ފުލުހުން ހަރަކާތްތެރިވަމުން ދާކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.

މެޑިކަލް ދަރިވަރުން އަހަރީ ކޮންވެންޝަނަކަށް ދަތުރުކުރަމުން ދަނިކޮށް ބުރާސްފަތި ދުވަހުގެ ރޭ ބެނޫ ސްޓޭޓުން ކިޑޮނޭޕް ކޮށްފައިވާ ކަމަށް ފުލުހުންނާއި ޔުނިވާސިޓީންވަނީ މިދިޔަ ހޮނިހިރު ދުވަހު ބުނެފައެވެ.

ފެޑެރޭޝަން އޮފް ކެތޮލިކް މެޑިކަލް އެންޑް ޑެންޓަލް ސްޓޫޑެންޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ދަރިވަރުން ކިޑްނޭޕްކުރިއިރު ދަރިވަރުން ދަތުރު ކުރަމުން ދިޔައީ އެސިޓީގައި އޮތް ކޮންވެންޝަނަށްކަމަށެވެ.

ނައިޖީރިއާގެ މެޑިކަލް ސްޓޫޑެންޓްސް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް ފޯޗޫން އޮލޭ ވިދާޅުވީ ދެ ޔުނިވާސިޓީއެއްގެ 20 މެޑިކަލް ދަރިވަރުންގެ އިތުރުން އެ މީހުންނާ އެކު ދަތުރުކުރި އެއް ޑޮކްޓަރަކުވެސް ކިޑްނެޕްކޮށްފައިވާ ކަމަށެވެ.

ނައިޖީރިއާ ފުލުހުން އިތުރަށް ބުނެފައިވަނީ ކިޑްނޭޕް ކޭސްތަށް އެގަެުނުގައި ގިނަވަމުން ދާކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް