މެސީ، މިލާ އަދި ރޮނަލްޑޯ
މެސީ، މިލާ އަދި ރޮނަލްޑޯ
ކުޅިވަރު 25 Jun 2026 | 10:59

ވޯލްޑް ކަޕްގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފު އަދިވެސް މިކުޅުންތެރިޔާއަށް: ރޮނާލްޑޯ އާއި މެސީއަށްވުރެ ކުރީގައި

ފީފާ ވޯލްޑް ކަޕްގެ ތާރީޚުގައި ޖެހިޖެހިގެން ހަ މުބާރާތުގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ރެކޯޑް ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލި ނަމަވެސް، މުބާރާތުގެ ތާރީޚުގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފު އަދިވެސް އޮތީ އެފްރިކާގެ ލެޖެންޑް ރޮޖާ މިލާގެ އަތުގައެވެ.

މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖަހައިގެން، ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ ވަނީ މި ލިސްޓުގެ ދެވަނައަށް ޖެހިލާފައެވެ.

އެ ލަނޑު އޭނާ ކާމިޔާބުކުރީ އުމުރުން 41 އަހަރާއި 138 ދުވަހުގައެވެ. މިއާއެކު، އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ މި ލިސްޓުގެ ތިންވަނައިން ހަތަރުވަނައަށް ވަނީ ވެއްޓިފައެވެ. މެސީ އޮސްޓްރިއާ ކޮޅަށް ލަނޑު ޖެހީ އުމުރުން 38 އަހަރާއި 363 ދުވަހުގައެވެ.

ނަމަވެސް، މި ހުރިހާ ތަރިންނަށްވުރެ ކުރީގައި އަދިވެސް އޮތީ ކެމަރޫންގެ ކުރީގެ ފޯވާޑް ރޮޖާ މިލާއެވެ. އޭނާ ވަނީ 1994 ވަނަ އަހަރު އެމެރިކާގައި ބޭއްވި ވޯލްޑް ކަޕްގައި ރަޝިއާ ކޮޅަށް ލަނޑު ޖަހައި، އުމުރުން 42 އަހަރާއި 39 ދުވަހުގައި ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ގާއިމްކޮށްފައެވެ. މިއީ މިއަދާ ހަމައަށްވެސް އެއްވެސް ކުޅުންތެރިއަކަށް މުގުރާލެވިފައިވާ ރެކޯޑެއް ނޫނެވެ.

މިލާގެ މަގުބޫލުކަން ދުނިޔޭގައި ބޮޑުވެގެންދިޔައީ 1990 ވަނަ އަހަރުގެ އިޓަލީ ވޯލްޑް ކަޕްގައެވެ. އުމުރުން 38 އަހަރުގައި އެ މުބާރާތުގައި އޭނާ ޖެހި ހަތަރު ލަނޑާއެކު، ކެމަރޫން ވަނީ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ އެފްރިކާ ގައުމުގެ ޝަރަފު ހޯދާފައެވެ. އޭނާ ލަނޑު ޖެހުމަށްފަހު ކޯނަރު ދަނޑި ކައިރީގައި ނަށާ ނެށުމަކީ ފުޓްބޯޅަ ތާރީޚުގައި ފާހަގަކޮށްލެވޭ ރަމްޒެކެވެ.

މި ފަހަރުގެ މުބާރާތުގައި އޮސްޓްރިއާގެ މާކޯ އާނައުޓޮވިޗް ޖޯޑަން ކޮޅަށް ޖެހި ލަނޑާއެކު އޭނާ ވަނީ ލިސްޓުގެ އަށްވަނައަށް އަރާފައެވެ. އަދި ބޮސްނިއާގެ އެޑިން ޒެކޯ އާއި ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗްގެ އުމުރުން 40 އަހަރުވެފައިވާއިރު، އެ ދެ ކުޅުންތެރިން ކުރެ ކުޅުންތެރިއަކު ލަނޑެއް ޖަހައިފިނަމަ މެސީއަށްވުރެ މައްޗަށް ޖެހިލާނެއެވެ.

މިލާގެ މި ތާރީޚީ ރެކޯޑް މުގުރާލުމުގެ ފުރުސަތު ރޮނާލްޑޯ ނުވަތަ މެސީއަށް އޮތީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕާ ހަމައަށް ކުޅުން ކުރިއަށް ގެންގޮސްގެންނެވެ.

ރޮޖާ މިލާ

ވޯލްޑް ކަޕްގައި ލަނޑު ޖެހި އެންމެ ދުވަސްވީ 10 ކުޅުންތެރިން:

ރޮޖާ މިލާ (ކެމަރޫން) - 42 އަހަރު، 39 ދުވަސް

ކްރިސްޓިއާނޯ ރޮނާލްޑޯ (ޕޯޗުގަލް) - 41 އަހަރު، 138 ދުވަސް

ޕެޕޭ (ޕޯޗުގަލް) - 39 އަހަރު، 283 ދުވަސް

ލިއޮނަލް މެސީ (އާޖެންޓީނާ) - 38 އަހަރު، 363 ދުވަސް

ގަނާ ގްރެން (ސްވިޑަން) - 37 އަހަރު، 236 ދުވަސް

ކުއައުޓެމޮކް ބްލާންކޯ (މެކްސިކޯ) - 37 އަހަރު، 151 ދުވަސް

ފެލިޕޭ ބަލޯއި (ޕެނަމާ) - 37 އަހަރު، 120 ދުވަސް

މާކޯ އާނައުޓޮވިޗް (އޮސްޓްރިއާ) - 37 އަހަރު، 58 ދުވަސް

އޮބްޑުލިއޯ ވަރޭލާ (އުރުގުއޭ) - 36 އަހަރު، 279 ދުވަސް

މާޓިން ޕަލާމޯ (އާޖެންޓީނާ) - 36 އަހަރު، 227 ދުވަސް

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި
22 Nov 2026 ކުޅިވަރު

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި

އާސެނަލްއަށް މެޗުގެ ތެރެއިން ކުރިމަތިވި އެންމެ ބޮޑު ކަންބޮޑުވުމަކީ އެޓީމުގެ އިތުބާރު ގޯލްކީޕަރު ޑޭވިޑް ރާޔާގެ ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކުރަން ޖެހުމެވެ. ކޯޗު މައިކަލް އާޓެޓާ ބުނިގޮތުގައި ރާޔާގެ އަނިޔާގެ ސީދާ ތަފްސީލެއް އެނގޭނީ މެޑިކަލް ޓެސްޓުތަކަށް ފަހުގައެވެ

ފްލަމް މެޗް އެއްވަރުވެ، މެންޗެސްޓަރ ސިޓީއަށް ނުތަނަވަސްކަން
21 Nov 2026 ކުޅިވަރު

ފްލަމް މެޗް އެއްވަރުވެ، މެންޗެސްޓަރ ސިޓީއަށް ނުތަނަވަސްކަން

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ލިބުނު ޕޮއިންޓާއެކު، ސިޓީ ޖެހިޖެހިގެން ބަލިވަމުން އައި ސިލްސިލާއަށް ނިމުމެއް އައި ނަމަވެސް، ޓީމުގެ ކުޅުމާމެދު ސަޕޯޓަރުންގެ މެދުގައި ވަނީ ނުތަނަވަސްކަން ކުރިމަތިވެފައެވެ.

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ މެޑްވެޑެވް ރާއްޖެއަށް އަންނަން ކެތްމަދުވެފައި
21 Nov 2026 ކުޅިވަރު

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ މެޑްވެޑެވް ރާއްޖެއަށް އަންނަން ކެތްމަދުވެފައި

މެޑްވެޑެވް އަކީ، މީގެ ކުރިން އޭޓީޕީ ވޯލްޑް ޓުއާގެ އެއްވަނަ ހޯދާފައިވާ އަދި 2021 ވަނަ އަހަރުގެ ޔޫއެސް އޯޕަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ވެސް ހޯދާފައިވާ ރަޝިޔާއަށް ނިސްބަތްވާ ނަން މަޝްހޫރު ޓެނިސް ކުޅުންތެރިއެކެވެ. އޭނާ ވަނީ، އޭޓީޕީ ވޯލްޑް ޓުއާ ސިންގަލްގެ 25 ޓައިޓަލް މިހާތަނަށް ހޯދާފައެވެ.

އަދިވެސް މިފެންވަރުގައި ހިފަހައްޓާލެވޭނެ: ވެންޑައިކް
21 Nov 2026 ކުޅިވަރު

އަދިވެސް މިފެންވަރުގައި ހިފަހައްޓާލެވޭނެ: ވެންޑައިކް

ލިވަޕޫލް ދޫކޮށްލަން ޖެހިއްޖެ ނަމަ އެއީ އޭނާއަށާއި އޭނާގެ އާއިލާއަށް ވަރަށް އަސަރުގަދަ ވަގުތަކަށް ވާނެ

ހެރީ ކޭންއަށް ލިބުނު އަނިޔާއަކާ ގުޅިގެން ދުވަސް ކޮޅަކަށް ކުޅުމާ ދުރަށް
21 Nov 2026 ކުޅިވަރު

ހެރީ ކޭންއަށް ލިބުނު އަނިޔާއަކާ ގުޅިގެން ދުވަސް ކޮޅަކަށް ކުޅުމާ ދުރަށް

ކޭންއަށް މި އަނިޔާ ލިބުނީ މެޗުގެ 20 ވަނަ މިނެޓުގައި ކޯލޯންގެ ޑިފެންޑަރު ޖޮއެލް ޝްމިޑް ކުރި ޗެލެންޖެއްގެ ތެރެއިންނެވެ

ސްކަލޯނީގެ ކޯޗިން ސްޓާފުންގެ ތެރެއިން މެސީ ފެނިދާނެތަ؟
19 Nov 2026 ކުޅިވަރު

ސްކަލޯނީގެ ކޯޗިން ސްޓާފުންގެ ތެރެއިން މެސީ ފެނިދާނެތަ؟

އާޖެންޓީނާގެ އެސިސްޓަންޓް ކޯޗު ވޯލްޓާ ސެމިއުލް، އަމިއްލަ ކޯޗިން ކެރިއަރެއް ފެށުމަށްޓަކައި މަގާމުން ވަކިވާން ނިންމުމާއެކު، އެ މަގާމަށް މެސީ އަތުވެދާނެތޯ ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ. މިކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ސްކަލޯނީ ސަމާސާ ގޮތަކަށް ބުނީ، މެސީ ބޭނުންނަމަ އެ ފުރުސަތު އޭނާއަށް އަބަދުވެސް އޮންނާނެ ކަމަށެވެ