އިބޫ ހުވާކުރެއްވުމާއި ގުޅިގެން ސިނަމާލެ ބްރިޖް ބަންދުކުރަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރެއްވުމަށް މާދަމާ ބާއްވާ ރަސްމިއްޔާތާއި ގުޅުވައިގެން ސިނަމާލެ ބްރިޖާއި މާލޭގެ ބައެއް މަގުތައް ބަންދުކުރަން ނިންމައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސާރވިސްގެ ޓްރެފިކް ޕޮލިސް ޑިޕާރޓްމެންޓްގެ ފަރާތުން ނެރުނު ބަޔާނެއްގައިވާ ގޮތުގައި ހުވާކުުރުމުގެ ރަސްމިއްޔާތު އޮންނަ ގަޑިކަމުގައިވާ މާދަމާގެ ހަވީރު 16.00 އިން 19.00 އަށް ސިނަމާާލެ ބްރިޖާއި، ބޮޑުތަކުރުފާނު މަގުގެ ސަރަހައްދަކާއި، މަޖީދީމަގުގެ ބޮޑު ބައެއް ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އެ ރަސްމިއްޔާތު އޮންނަ ގަލޮޅު ބޯޅަދަނޑުގެ ސަރަހައްދުގެ ބައެއް މަގުތައްވެސް ވަނީ، ދުއްވާ އުޅަނދުތަކަށް ނުވަދެވޭގޮތަށް ބަންދުކޮށްފައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މާލޭގެ ބޮޑު ސަރަހައްދަކާއި ސިނަމާލެ ބްެރިޖް ބަންދުކޮށްފައިވަނީ ރަސްމިއްޔާތަށް ވަޑައިގަންނަވާ ބޭރުގެ މެހެމާނުންގެ ސަލާމަތަށްޓަކައެވެ.
މި ރަސްމިއްޔާތުގައި ޝަރަފުވެެރި މެހެމާނެއްގެ ގޮތުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްެރަ މޯދީ ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި މީގެ އިތުރުން ސްރީލަންކާގެ ކުރީގެ ރައީސް ޗަންދްރިކަ ކުމާރަތުންގަވެސް ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް