އިންޑިއާއިން ދިން ވައިގެ ހަމަލާއެއްގައި ޕާކިސްތާނުގެ އަވަށަކަށް ގެއްލުންލިބިފައި.. ފޮޓޯ: ރޮއިޓާސް
އިންޑިއާއިން ދިން ވައިގެ ހަމަލާއެއްގައި ޕާކިސްތާނުގެ އަވަށަކަށް ގެއްލުންލިބިފައި.. ފޮޓޯ: ރޮއިޓާސް
ދުނިޔެ 02 Jan 2026 | 12:56

ނިމުނު އަހަރަކީ ފަހަކަށް އައިސް ޕާކިސްތާނަށް ކުރިމަތިވި އެންމެ ނުރައްކާތެރި އަހަރު: ރިޕޯޓް

ލިޔުންތެރިޔާ

ސްޓާފް ރައިޓަރ

ހުސްވި އަހަރަކީ މިފަހުގެ ތާރީހެއްގައި ޕާކިސްތާނަށް ކުރިމަތިވި އެންމެ ނުރައްކާތެރި އަހަރުކަމަށް ސައުތު އޭޝިއަން ޓެރަރިޒަމް ޕޯޓަލުން ނެރުނު ރިޕޯޓުގައި ބުނެފިއެވެ.

އަވަށްޓެރި އަފްޣާނިސްތާނާއެކު އޮތް ގުޅުން ގޯސްވަމުންދިޔަ ދަނޑިވަޅެއްގައި، ބަޑީގެ ހަމަލާތަކާއި، ވައިގެ ހަމަލާތަކާއި އަދި އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާތަކާއެކު 2025 ވަނަ އަހަރު ވެފައިވަނީ ފާއިތުވި ދިހަ އަހަރުތެރޭގައި ޕާކިސްތާނަށް ކުރިމަތިވި އެންމެ ނުރައްކާތެރި އަހަރަށް ކަމަށް މި ރިޕޯޓްގައި ވަނީ ބުނެފައެވެ.

'ސައުތު އޭޝިއަން ޓެރަރިޒަމް ޕޯޓަލް' އިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހަނގުރާމަވެރިންގެ ހަމަލާތަކުގައި މުޅި ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 3،967 އަށް އަރާފައެވެ. މިއީ 2015 ވަނަ އަހަރަށްފަހު މި އަދަދު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. ޑިސެމްބަރު 27 ގެ ނިޔަލަށް، ބޮން ގޮއްވުމާއި ބަޑީގެ ހަމަލާތައް ހިމެނޭގޮތަށް ޖުމްލަ 1،070 ހަމަނުޖެހުން ހިނގާފައިވާއިރު، މީގެ ތެރޭގައި އާންމުންނާއި، ސިފައިންނާއި އަދި ހަނގުރާމަވެރިން މަރުވެފައިވެއެވެ.

ޕާކިސްތާނުން ތުހުމަތުކުރާ ގޮތުގައި، އަފްޣާނިސްތާނުގެ ޠާލިބާން ސަރުކާރުން ދަނީ 'ތަހްރީކޭ ތާލިބާން ޕާކިސްތާން' އަށް ހިމާޔަތާއި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި އަހަރު ދިން ނުރައްކާތެރި ހަމަލާތަކުގެ ފަހަތުގައިވަނީ އެ ޖަމާއަތް ކަމަށް ޕާކިސްތާނުން ބުނެއެވެ. މީގެ ތެރޭގައި އުތުރު ވަޒީރިސްތާނުގެ އަސްކަރީ މަރުކަޒަކަށް ދިން ބޮމުގެ ހަމަލާގައި ހަތް ސިފައިން މަރުވި ހާދިސާ ހިމެނެއެވެ.

އަނެއްކޮޅުން، ޕާކިސްތާނުގެ ތުހުމަތުތައް އަފްޣާނިސްތާނުން ދޮގުކުރެއެވެ. އެ ގައުމުން ބުނާގޮތުގައި ތެހެރިކޭ ތާލިބާން ޖަމާޢަތް އުފެދުނީ 2002 ވަނަ އަހަރުން ފެށިގެން އެމެރިކާއިން ދިން ހަމަލާތަކަށް ޕާކިސްތާނުން އެހީތެރިވުމުގެ ސަބަބުންނެވެ.

ބައިނަލްއަޤްވާމީ ޓެރަރިޒަމް އިންޑެކްސް ދައްކާގޮތުން، ޕާކިސްތާނަކީ މިހާރު ދުނިޔޭގައި ޓެރަރިޒަމްގެ ނުރައްކާ ދެވަނައަށް އެންމެ ބޮޑު ގައުމެވެ. ސަލާމަތީ މާހިރުން އަންދާޒާކުރާ ގޮތުގައި އެ ސަރަހައްދުގައި މިހާރުވެސް ތާލިބާނުންގެ 8،500 އެއްހާ ހަނގުރާމަވެރިން ހަރަކާތްތެރިވަމުންދެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
12 Oct 2026 ދުނިޔެ

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ. ރާޖަޕަކްސާ އެޑްމިޓް ކުރެވުނީ ސިއްޙީ ކުއްލި ޙާލަތެއް މެދު...

މި އަހަރުގެ ފުރަތަމަ 9 މަސްދުވަހު ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
10 Oct 2026 ދުނިޔެ

މި އަހަރުގެ ފުރަތަމަ 9 މަސްދުވަހު ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ

މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން 1,232 ހަމަލާއެއް ދީ، އެގައުމުގެ މަސްރަހު ނުރައްކަލުގެ ތެރެއަށް ވައްޓާލައިފިކަމަށް ތަފާސްހިސާބުތަކުން ދައްކައިފ...

މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށް، ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް ފޮނުވަން ނިންމައިފި
06 Oct 2026 ދުނިޔެ

މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށް، ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް ފޮނުވަން ނިންމައިފި

ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުނ...

ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
26 Sep 2026 ދުނިޔެ

ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ

ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެއެވެ. މި ހަމަލާ ދީފައިވަނީ ހޮނިހިރު ދުވަހު ޕާކިސްތާނުގެ ހުޅަނގު އުތުރުގައި އޮންނަ ޚައިބަރު ޕަޚްތޫންޚްވާ ޕްރޮވި...

ޙޫޘީންގެ ހަމަލާތަކުން ސަޢޫދީ ދިފާޢުކުރުމަށް ތިން ޤައުމެއްގެ ކުއްލި ބައްދަލުވުމެއް
25 Sep 2026 ދުނިޔެ

ޙޫޘީންގެ ހަމަލާތަކުން ސަޢޫދީ ދިފާޢުކުރުމަށް ތިން ޤައުމެއްގެ ކުއްލި ބައްދަލުވުމެއް

ޔަމަނުގެ ޙޫޘީ ޖަމާޢަތުން ސަޢޫދީ ޢަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ގުޅިފައިވާ ދިފާޢީ އެއްބަސްވުމެއްގެ ދަށުން ސަޢޫދީއަށް އެހީތެރިވެވޭނެ ގޮތްތައް މަޝްވަރާކުރުމަށް ސަޢޫދީ ޢަރަބިއްޔާ އާއި ތުރުކީ ...

ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި
23 Sep 2026 ހަބަރު

ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި

ޕާކިސްތާންގެ ޤައުމީ އެއާލައިންސް (ޕީއައިއޭ) އިން އެ ކުންފުންޏަށް އާ މަތިންދާބޯޓުތައް ހޯދައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ. މި ކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ ...