ގްލޯބަލް ދުކާން
ގްލޯބަލް ދުކާން
ވިޔަފާރި 12 May 2026 | 10:58

ގްލޯބަލް ދުކާން: އިންޑިއާގެ އީކޮމާސް މާކެޓްޕްލޭސް ދިވެހިންނަށް

ލިޔުންތެރިޔާ

ސްޓާފް ރައިޓަރ

މޯލްޑިވްސް ޕޯސްޓާއި އިންޑިއާ ޕޯސްޓް ގުޅިގެން އިންޑިއާގެ އީކޮމާސް މާކެޓް ޕްލޭސް ގްލޯބަލް ދުކާން މެދުވެރިކޮށް ދިވެހިންނަށް ވިޔަފާރިކުރުމުގެ މަގުފަހިކޮށްދީފިއެވެ.

ޕޯސްޓުން ބުނީ، ގްލޯބަލް ދުކާން މެދުވެރިކޮށް އިންޑިޔާގެ އީކޮމާސް ޕްލެޓްފޯމްތަކުން ތަކެތި ގަތުމުން މިހާރު ދިވެހިރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ޑެލިވަރ ކޮށްދޭނެ ކަމަށެވެ.

އީކޮމާސް ޕްލެޓްފޯމްތަކުގެ ތެރޭގައި އެމެޒަން، މިންތްރާ، ފްލިޕްކާޓް، ނައިކާ، ނައިކާ ފެޝަން، އިކިއާ ފަދަ މަޝްހޫރު ގިނަ ޕްލެޓްފޯމްތަށް ހިމެނެއެވެ.

މި ޕްލެޓްފޯމްތަކުން ލިބެން ހުންނަތަކެތި

(1) ފެޝަން އަދި ލައިފް ސްޓައިލް ޕްރޮޑަކްޓްސް

(2) އިލެޓްރޯނިކްސް އެންޑް އިލްޓްރޯނިކް އެކްސެސަރީސް

(3) ގެ އަދި ބަދިގެއަށް ބޭނުންވާ ސާމާނު

(4) ބިއުޓީ އެންޑް ވެލްނެސް ޕްރަޓަކްތަކާއި އެހެނިހެން ހުރިހާ ޕްރަކްޓްތަކެއްވެސް ގަނެލެވޭނެ.

ގްލޯބަލް ދުކާން ޕްލެޓްފޯމަކީ ދިވެހިންގެ ތެރޭގައި މަޝްހޫރުވަމުން އަންނަ އިތުބާރު ލިބިފައިވާ ޕްލެޓްފޯމެކެވެ. 

ގްލޯބަލް ދުކާންއިން ވިޔަފާރި ކުރުމަށް އިންޑިޔާގެ އެޑްރެސްއެއް ބޭނުމެއްނުވާނެއެވެ.

ގްލޯބަލް ދުކާން އިން ވިޔަފާރި ކުރާނީ ކިހިނެއް؟

•އެޕް ސްޓޯރ ނުވަތަ ޕްލޭސްޓޯރ ގައި ގްލޯބަލް ދުކާން ސާރޗް ކޮށްލާ އަދި އެއަށްފަހު އެޕް އިންސްޓޯލް ކޮށްލާ،

•www.globalducan.com ވެބްސައިޓް މެދުވެރިކޮށްވެސް ގްލޯބަލް ޑުކާން ބޭނުންކުރެވޭނެ

•ލޮގިން އަދި ސައިން އަޕް މެދުވެރިކޮށް ލޮގިންވެލައްވާ

•އެޕްގެ ހޯމްސްކްރީން އިން އިންޑިއާގެ އެކި އީކޮމާސް ޕްލެޓްފޯމްތައް ފެނިގެންދާނެއެވެ.

•ހިޔާރު ކުރަށްވާ އީކޮމާސް ޕްލެޓްފޯމްއަށް އޮބާލާ. އޮބާލުމުން ގްލޯބަލް ދުކާންގެ ތެރެއިން އެފިހާރައަށް ވަދެވިގެންދާނެ

•ހިޔާރު ކުރަށްވާ އައިޓަމްއަށް އޮބާލުމުން"ސޮޕް ވިއާ ގްލޯބަލް ދުކާން" އަށް އޮބައިލާ، އޭރުން އެއައިޓަމް ކާޓް އަށް ލެވިގެންދާނެ(އެޕް މެދުވެރިކޮށް ޝޮޕް ކުރުމަށް ވަކި އީކޮމާސް ޕްލެޓްފޯމްތަކަށް ސައިންއިން ކުރާކަށް ނުޖެހޭނެ)

•ކާޓް އަށް ލެވޭ އައިޓަމްގެ އަގު ކޮންފޯމް ކޮށްލުމަށް އިރުކޮޅެއް ބޭނުންވާނެ. އަގު ކޮންފާމް ވުމުން ކާޓްއިން ތަކެތީގެ ފައިނަލް އަގު ފެނިގެންދާނެ

•ކާޓްއަށް އެކި ވެބްސައިން ތަކުންވެސް އައިޓަމް އެޑް ކުރުމަށްފަހު އެއްކޮށްވެސް ޕޭކޮށްލެވޭނެއެވެ.

އިތުރުމައުލޫ ހޯދުމަށް މޯލްޑިވްސް ޕޯސްޓްގެ ކޯލްސެންޓަރ ނަންބަރ 3315555 ނުވަތަ މޯލްޑިވެސް ޕޯސްޓް ވެބްސައިޓްއިން ޓޯކް މެދުވެރިކޮށް މެސެޖުކޮށްލެވޭނެއެވެ.

އައި.އޯ.އެސް: https://apps.apple.com/mv/app/global-ducan/id6754620719

ޕްލޭސްޓޯރ: https://play.google.com/store/apps/details...

ވެބްސައިޓް:https://globalducan.com/

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބޮޑެތި ޕާރުސަލް ދޫކުރުމަށް ޕޯސްޓް އޮފީހުގެ ތިރީބައިގައި ޕިކްޕޯސްޓެއް ހުޅުވައިފި
08 Oct 2026 ހަބަރު

ބޮޑެތި ޕާރުސަލް ދޫކުރުމަށް ޕޯސްޓް އޮފީހުގެ ތިރީބައިގައި ޕިކްޕޯސްޓެއް ހުޅުވައިފި

އީ-ކޮމާސްގެ ދާއިރާ ފުޅާވަމުން ދިޔުމާ ގުޅިގެން ޑެލިވަރީ ނިޒާމަށް އަންނަ ބަދަލުތަކާ އެއްގޮތަށް، ބޮޑެތި ޕާރުސަލްތައް ބަލައި އަންނަ ފަރާތްތަކަށް ހިދުމަތް ދިނުމަށް ހާއްސަކޮށް މޯލްޑިވްސް ޕޯސްޓް އޮފީހުގެ ތިރ...

ގްލޯބަލް ދުކާންއިން ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ ގޮތް މޯލްޑިވްސް ޕޯސްޓުން ހަމަޖައްސައިފި
04 Oct 2026 ވިޔަފާރި

ގްލޯބަލް ދުކާންއިން ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ ގޮތް މޯލްޑިވްސް ޕޯސްޓުން ހަމަޖައްސައިފި

އިންޑިއާގެ އީކޮމާސް މާކެޓް ޕްލޭސް ގްލޯބަލް ދުކާންއިން ވިޔަފާރިކުރާ ދިވެހިންނަށް މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. ޕޯސްޓުން ބުނިގޮތުގައި މި...

ޕޯސްޓް ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަކު އައްޔަނުކޮށްފި
17 Sep 2026 ހަބަރު

ޕޯސްޓް ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަކު އައްޔަނުކޮށްފި

މޯލްޑިވްސް ޕޯސްޓް ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަކު އައްޔަނުކޮށްފި އެވެ. ޕީސީބީން ވަނީ އެކަން އިއުލާނުކޮށްފަ އެވެ. ޕީސީބީން ބުނީ މޯލްޑިވްސް ޕޯސްޓް ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަ...

ކުޅުދުއްފުށީ ޕޯސްޓް އޮފީހުން ޕިކްޕޯސްޓް ޚިދުމަތް ތަޢާރަފުކޮށްފި
26 Jul 2026 ހަބަރު

ކުޅުދުއްފުށީ ޕޯސްޓް އޮފީހުން ޕިކްޕޯސްޓް ޚިދުމަތް ތަޢާރަފުކޮށްފި

ކުޅުދުއްފުށީ ސިޓީގައި ޕޯސްޓުގެ ޚިދުމަތްތައް އައު އިމާރާތަކަށް ބަދަލުކޮށް ޕިކްޕޯސްޓް ޚިދުމަތް 26 ޖުލައި 2026 ގައި ފަށައިފިއެވެ. މޯލްޑިވްސް ޕޯސްޓުން ބުނީ މި ބަދަލާ އެކު ޕޯސްޓުގެ ހުރިހާ ޚިދުމަތެއް މިހާރު...

ވޯލްޑްކަޕާ ގުޅިގެން މޯލްޑިވްސް ޕޯސްޓުގެ އީއެމްއެސްއިން ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފި
30 Jun 2026 ވިޔަފާރި

ވޯލްޑްކަޕާ ގުޅިގެން މޯލްޑިވްސް ޕޯސްޓުގެ އީއެމްއެސްއިން ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފި

ފީފާ ވޯލްޑްކަޕް 2026 އާ ގުޅިގެން މޯލްޑިވްސް ޕޯސްޓުގެ އެކްސްޕްރެސް މެއިލް ސަރވިސް (އީއެމްއެސް) އިން ރާއްޖެއިން ބޭރަށް ފޮނުވާ ކޮންމެ ޝިޕްމަންޓަކުން 26 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭ ޚާއްޞަ ޕްރޮމޯޝަނ...

ޕޯސްޓްގެ ޚިދުމަތްތައް ދެން ލިބޭނީ "މޯލްޑިވްސް ޕޯސްޓް ސަރވިސް ސެންޓަރ"އިން
22 Apr 2026 ހަބަރު

ޕޯސްޓްގެ ޚިދުމަތްތައް ދެން ލިބޭނީ "މޯލްޑިވްސް ޕޯސްޓް ސަރވިސް ސެންޓަރ"އިން

ޕޯސްޓް ބިލްޑިންގައި ދެމުން ގޮސްފައިވާ ޕޯސްޓްގެ ޚިދުމަތްތައް "މޯލްޑިވްސް ޕޯސްޓް ސަރވިސް ސެންޓަރ" އަށް ވަނީ ބަދަލުކުރެވިފައެވެ. މޯލްޑިވްސް ޕޯސްޓްގެ މި ސަރވިސް ސެންޓަރ ގާއިމުކުރެވިފައިވަނީ މ. އައިރިސް، އ...