ޕޯސްޓްގެ ޚިދުމަތްތައް ދެން ލިބޭނީ "މޯލްޑިވްސް ޕޯސްޓް ސަރވިސް ސެންޓަރ"އިން
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
ޕޯސްޓް ބިލްޑިންގައި ދެމުން ގޮސްފައިވާ ޕޯސްޓްގެ ޚިދުމަތްތައް "މޯލްޑިވްސް ޕޯސްޓް ސަރވިސް ސެންޓަރ" އަށް ވަނީ ބަދަލުކުރެވިފައެވެ.
މޯލްޑިވްސް ޕޯސްޓްގެ މި ސަރވިސް ސެންޓަރ ގާއިމުކުރެވިފައިވަނީ މ. އައިރިސް، އޯކިޑްމަގު، ގްރައުންޑް ފްލޮރގައެވެ. މި ތަން ހުންނާނީ ޖަސްޓިސް ބިލްޑިންގ ސީދާ ކުރިމައްޗަށް ވާގޮތަށެވެ.
މިވަތުގެ މިތަނުން ޚިދުމަތް ދެމުންދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.
މިތަނުން ޕޯސްޓް ކުރުމުގެ ޚިދުމަތާއި ޕާރުސަލް ދޫކުރުމާއި ޕޯސްޓުން ދޭ އެހެނިހެން ޚިދުމަތްތައްވެސް ލިބެން ހުންނާނެއެވެ.
މޯލްޑިވްސް ޕޯސްޓްގެ ހެޑް އޮފީސްކުރިމަތިން މަގު ހެދުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، މި ބަދަލަކީ ޕޯސްޓްގެ ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކާށާއި ޕާރުސަލް ނެގުމަށް އަންނަ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް