N/A
N/A
ވިޔަފާރި 30 Jun 2026 | 09:15

ވޯލްޑްކަޕާ ގުޅިގެން މޯލްޑިވްސް ޕޯސްޓުގެ އީއެމްއެސްއިން ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފި

ލިޔުންތެރިޔާ

ސްޓާފް ރައިޓަރ

ފީފާ ވޯލްޑްކަޕް 2026 އާ ގުޅިގެން މޯލްޑިވްސް ޕޯސްޓުގެ އެކްސްޕްރެސް މެއިލް ސަރވިސް (އީއެމްއެސް) އިން ރާއްޖެއިން ބޭރަށް ފޮނުވާ ކޮންމެ ޝިޕްމަންޓަކުން 26 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭ ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ 19 ޖުލައި 2026 ގެ ނިޔަލަށެވެ. އީއެމްއެސް އަކީ ދުނިޔޭގެ 177 ޤައުމަކަށް 3 ދުވަހާއި 5 ރަސްމީ ދުވަހުގެ ތެރޭގައި ތަކެތި ޑެލިވަރީ ކޮށްދޭ ޚިދުމަތެކެވެ. މި ޚިދުމަތް މޯލްޑިވްސް ޕޯސްޓުގެ ކޮންމެ އައުޓްލެޓަކުން ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި މޯލްޑިވްސް ޕޯސްޓުގެ ވެބްސައިޓުގައިވާ "ޕޯސްޓޭޖް ކަލްކިއުލޭޓަރ" މެދުވެރިކޮށް ތަކެތި ފޮނުވުމުގެ އަގު ބަލައިލެވޭނެއެވެ.

ޑިސްކައުންޓް ޕްރޮމޯޝަނުގެ އިތުރުން މޯލްޑިވްސް ޕޯސްޓުގެ ފޭސްބުކް އަދި އިންސްޓާގްރާމްގައި ސްކޯ ޕްރިޑިކްޝަން އިވެންޓެއް ވެސް ކުރިއަށްގެންދާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

މި އިވެންޓުގައި ބައިވެރިވުމަށް ކޮންމެ މެޗެއްގެ ދެވަނަ ހާފް ފެށުމުގެ ކުރިން މޯލްޑިވްސް ޕޯސްޓުގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ އެ މެޗަކަށް ޚާއްޞަ ޕޯސްޓުގައި ސްކޯ ޕްރިޑިކްޝަން ކޮމެންޓުކުރަން ޖެހޭނެއެވެ. ދެވަނަ ހާފް ފެށުމުގެ ފަހުން ކުރާ ކޮމެންޓުތަކާއި އޮރިޖިނަލް ކޮމެންޓު އެޑިޓުކޮށްފައިވާ ނަމަ އެ ކޮމެންޓު ބާޠިލުވާނެއެވެ.

އެންމެ ގިނައިން ސްކޯ ދިމާކުރާ ފަރާތްތަކަށް އަގުހުރި ހަދިޔާތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޕޯސްޓުން ބުނެފައިވެއެވެ. އެގޮތުން ސްޓޭޖް އެކެއްގެ ނަސީބުވެރިޔަކަށް ޕޯޗުގަލް ޖާޒީއެއް ދެވަނަ ސްޓޭޖުގެ ނަސީބުވެރިޔަކަށް ފްރާންސް ޖާޒީއެއް އަދި މުޅި އިވެންޓުގެ ނަސީބުވެރިޔަކަށް ފީފާ ވޯލްޑްކަޕް ހިސްޓޮރީ ބޯލް ސެޓަކާއި 20 ކިލޯގެ އީއެމްއެސް ވައުޗަރެއް ލިބޭނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބޮޑެތި ޕާރުސަލް ދޫކުރުމަށް ޕޯސްޓް އޮފީހުގެ ތިރީބައިގައި ޕިކްޕޯސްޓެއް ހުޅުވައިފި
08 Oct 2026 ހަބަރު

ބޮޑެތި ޕާރުސަލް ދޫކުރުމަށް ޕޯސްޓް އޮފީހުގެ ތިރީބައިގައި ޕިކްޕޯސްޓެއް ހުޅުވައިފި

އީ-ކޮމާސްގެ ދާއިރާ ފުޅާވަމުން ދިޔުމާ ގުޅިގެން ޑެލިވަރީ ނިޒާމަށް އަންނަ ބަދަލުތަކާ އެއްގޮތަށް، ބޮޑެތި ޕާރުސަލްތައް ބަލައި އަންނަ ފަރާތްތަކަށް ހިދުމަތް ދިނުމަށް ހާއްސަކޮށް މޯލްޑިވްސް ޕޯސްޓް އޮފީހުގެ ތިރ...

ގްލޯބަލް ދުކާންއިން ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ ގޮތް މޯލްޑިވްސް ޕޯސްޓުން ހަމަޖައްސައިފި
04 Oct 2026 ވިޔަފާރި

ގްލޯބަލް ދުކާންއިން ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ ގޮތް މޯލްޑިވްސް ޕޯސްޓުން ހަމަޖައްސައިފި

އިންޑިއާގެ އީކޮމާސް މާކެޓް ޕްލޭސް ގްލޯބަލް ދުކާންއިން ވިޔަފާރިކުރާ ދިވެހިންނަށް މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. ޕޯސްޓުން ބުނިގޮތުގައި މި...

ޕޯސްޓް ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަކު އައްޔަނުކޮށްފި
17 Sep 2026 ހަބަރު

ޕޯސްޓް ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަކު އައްޔަނުކޮށްފި

މޯލްޑިވްސް ޕޯސްޓް ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަކު އައްޔަނުކޮށްފި އެވެ. ޕީސީބީން ވަނީ އެކަން އިއުލާނުކޮށްފަ އެވެ. ޕީސީބީން ބުނީ މޯލްޑިވްސް ޕޯސްޓް ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަ...

ކުޅުދުއްފުށީ ޕޯސްޓް އޮފީހުން ޕިކްޕޯސްޓް ޚިދުމަތް ތަޢާރަފުކޮށްފި
26 Jul 2026 ހަބަރު

ކުޅުދުއްފުށީ ޕޯސްޓް އޮފީހުން ޕިކްޕޯސްޓް ޚިދުމަތް ތަޢާރަފުކޮށްފި

ކުޅުދުއްފުށީ ސިޓީގައި ޕޯސްޓުގެ ޚިދުމަތްތައް އައު އިމާރާތަކަށް ބަދަލުކޮށް ޕިކްޕޯސްޓް ޚިދުމަތް 26 ޖުލައި 2026 ގައި ފަށައިފިއެވެ. މޯލްޑިވްސް ޕޯސްޓުން ބުނީ މި ބަދަލާ އެކު ޕޯސްޓުގެ ހުރިހާ ޚިދުމަތެއް މިހާރު...

ގްލޯބަލް ދުކާން: އިންޑިއާގެ އީކޮމާސް މާކެޓްޕްލޭސް ދިވެހިންނަށް
12 May 2026 ވިޔަފާރި

ގްލޯބަލް ދުކާން: އިންޑިއާގެ އީކޮމާސް މާކެޓްޕްލޭސް ދިވެހިންނަށް

މޯލްޑިވްސް ޕޯސްޓާއި އިންޑިއާ ޕޯސްޓް ގުޅިގެން އިންޑިއާގެ އީކޮމާސް މާކެޓް ޕްލޭސް ގްލޯބަލް ދުކާން މެދުވެރިކޮށް ދިވެހިންނަށް ވިޔަފާރިކުރުމުގެ މަގުފަހިކޮށްދީފިއެވެ. ޕޯސްޓުން ބުނީ، ގްލޯބަލް ދުކާން މެދުވެރިކ...

ޕޯސްޓްގެ ޚިދުމަތްތައް ދެން ލިބޭނީ "މޯލްޑިވްސް ޕޯސްޓް ސަރވިސް ސެންޓަރ"އިން
22 Apr 2026 ހަބަރު

ޕޯސްޓްގެ ޚިދުމަތްތައް ދެން ލިބޭނީ "މޯލްޑިވްސް ޕޯސްޓް ސަރވިސް ސެންޓަރ"އިން

ޕޯސްޓް ބިލްޑިންގައި ދެމުން ގޮސްފައިވާ ޕޯސްޓްގެ ޚިދުމަތްތައް "މޯލްޑިވްސް ޕޯސްޓް ސަރވިސް ސެންޓަރ" އަށް ވަނީ ބަދަލުކުރެވިފައެވެ. މޯލްޑިވްސް ޕޯސްޓްގެ މި ސަރވިސް ސެންޓަރ ގާއިމުކުރެވިފައިވަނީ މ. އައިރިސް، އ...