N/A
N/A
ހަބަރު 15 Nov 2018 | 15:12

މަޖިލީހަށް ކުރިމަތި ލައްވާ ދެވަނަ މިނިސްޓަރަކަށް އާދަމް ޝަރީފް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލުމުގެ ޝައުގު ގިނަ ސިޔާސީ ފަރާތްތަކަކުން ދަނީ ފާޅުކުރައްވަމުންނެވެ.

އޭގެތެރޭގައި އިދިކޮޅު ލީޑަރުންގެ ވަކީލުންނާއި، ކުރީ ސަރުކާރު ތަކުގައި އިސް މަޤާމުތަކުގައި ހަރަކާތްތެރިވެފައިވާ ފަރާތްތައް ހިމެނިވަޑައިގަންނަވައެވެ.

އެގޮތުން މި ސަރުކާރުގެ މިނިސްޓަރުން ވެސް މިވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނެކަމަށް އިއުލާން ކުރައްވާފައެވެ.

އެގޮތުން މިހާތަނަށް ދެ މިނިސްޓަރަކު މިވަނީ މަޖިލިސް ގޮނޑިއަށް ކުރިމަތިލައްވާނެކަމަށް އިއުލާން ކުރައްވާފައެވެ.

އެއީ ހައުސިންގ މިނިސްޓަރ ޑރ. މުއިއްޒުގެ އިތުރުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރެވެ.

މިނިސްޓަރ އާދަމް ޝަރީފް މިކަން އިއުލާން ކުރައްވާފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގެ 5 އަހަރުގެ ދައުރުގައި ޑިފެންސް މިނިސްޓްރީން ކޮށްދެއްވާފައި ހުރި ބައެއް ކަންތައްތަކާއި ގުޅޭގޮތުން މިއަދު އެމްއެންޑީއެފް ކޯސްޓް ގާޑް ބިލްޑިންގ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރި އަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"ކޮންމެ ދިވެެއްސަކުވެސް ގައުމަށް ހިދުމަތް ކުރުމަކީ ކުރަން ޖެހޭނެ ކަމެއް. އިރާދަކުރެއްވިޔާ ރައީސް ޔާމީންގެ މި ދައުރު ނިމުމުން ދެން އަންނަ ސަރުކާރެއް ޒިންމާދާރު ކުރުމަށް މަޖިލިސް މެންބަރެއްގެ ގޮތުގައި އަޅުގަނޑު ރައްޔިތުންނަށް ހިދުމަތް ކުރާނަން" މިނިސްޓަރ ޝަރީފް ވިދާޅުވިއެވެ.

މިނިސްޓަރ އާދަމް ޝަރީފްއަކީ ރައީސް ޔާމީން ކެބިނެޓްގައި ހިމެނި ވަޑައިގަންނަވަވާ އެމަނިކުފާނާ ގާތް ބޭފުޅުއްކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ބެލެވޭ ގޮތުގައި މިނިސްޓަރ އާދަމް ޝަރީފް ކުރިމަތި ލައްވާނީ ރ އަތޮޅުގެ އިދާރާއަކަށެވެ. އާދަމް ޝަރީފަކީ ރ. ފައިނަށް ނިސްބަތްވާ ބޭފުޅެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
23 Nov 2026 ހަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް
23 Nov 2026 ހަބަރު

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟
22 Nov 2026 ހަބަރު

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟

"ފައިސަލް އެ އޮތީ ކުރިމަތިލައްވަން އިއުލާނު ކުރައްވާފައި. އަޅުގަނޑެއް ކުރިމަތިލާކަށް އިއުލާނެއް ނުކުރަން،" ރައީސް ސޯލިހް ފުރަތަމަ ވިދާޅުވި އެވެ.