އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޑރ.ވަހީދު ވަޑައިގަންނަވަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ބައިވެރިވެ ވަޑައިގަތުމަށް ނިންމަވައިފިއެވެ.
ވޮއިސްއަށް މައުލޫމާތު ދެއްވަމުން ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް، ކުރީގެ ރައީސްއެއްގެ ހައިސިއްޔަތުން ވަޑައިގަތުމަށް ދައުވަތު ލިބިވަޑައިގަންނަވާފައި ކަމަށެވެ. އަދި އެހެންކަމުން، މި ރަސްމިއްޔާތަށް ވަޑައިގަންނަވާނެކަމަށް ޑރ.ވަހީދު ވަނީ ވިދާޅުވެފައެވެ.
މަޖިލިސް އަމީން އާންމް ފާތިމަތު ނިއުޝާ ވިދާޅުވިގޮތުގައި ކުރީގެ ހުރިހާ ރައީސުންނަށާއި، ރައީސް ޔާމީނަށް ވެސް ދައުވަތު ފޮނުވާފައިވާ ކަމަށާއި، މި ރަސްމިއްޔާތުގައި ރައީސްކަން ކުރައްވާފައިވާ ހުރިހާ ރައީސުން ބައިވެރިވަޑައިގެންދެއްވުމަކީ ރައްޔިތުންގެ މަޖިލީހުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހާއި ހަމައަށް ރާއްޖޭގެ ވެރިކަން ކުރެއްވި ޑރ.މުހައްމަދު ވަހީދު ހަސަން މަނިކަކީ، ޕީޕީއެމްގެ މެންބަރެއްކަން ފާހަގަކޮށްލެވެއެވެ.
އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ގިނަ ފަރާތްތަކަށް ވަނީ ދައުވަތު އެރުވިފައެވެ. އެގޮތުން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަދި ރާއްޖޭގައި ވެރިކަން ކުރައްވާފައި ތިއްބެވި ހުރިހާ ފަރާތްތައްވެސް ހިމެނިވަޑައިގަންނަވައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް