ވެލެންސިއާ ޓީމް ފަރިތަކުރުންތަކުގައި... ފޮޓޯ: ވެލެންސިއާ
ވެލެންސިއާ ޓީމް ފަރިތަކުރުންތަކުގައި... ފޮޓޯ: ވެލެންސިއާ
ކުޅިވަރު 08 Feb 2026 | 12:49

ގްރީން ސްޓްރީޓްސް މައްސަލާގައި އެމްއޭއެމްގެ ނިންމުން ވެލެންސިއާއިން ބަލައިއެއްނުގަތް

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅެންއޮތް މެޗް ގްރީން ސްޓްރީޓްސް އިން ދޫކޮށްލި މައްސަލާފައި އެފްއޭއެމުން ނިންމި ނިންމުން ބަލައި ނުގަންނާނޭކަމަށް ވެލެންސިއާއިން ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން ވެލެންސިއާއިން ނެރުނު ބަޔާނުގައި ބުނީ، ނިއު ގްރީސް ސްޓްރީޓްސް ބައްދަލުކުރަން އޮތްމެޗް ނުކުޅެ ގަސްދުގައި ދޫކޮށްލުމުން އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން މިއަދު ނިންމާފައިވާ ނިންމުން ވެލެންސިއާއިން ގަބޫލުނުކުރާނޭކަމަށެވެ. ވެލެންސިއާއިްނ ނެރުނު ބަޔާނުގައި ވަނީ 4 ކަމެއް ފާހަގަކޮށްފައެވެ.

އެއްސަބަބެއްގެ ގޮތުގައި ވެލެންސިއާއިން ބުނެފައިވަނީ މެޗެއް ނުކުޅެ ނަތީޖާ ކަނޑައެޅުމާއި މެޗެއްކުޅެ ނަތީޖާ ކަނޑައެޅުމަކީ މުޅިން ތަފާތު ދެ ހާލަތެއްކަން ފާހަގަކުރަމުން އެ ކްލަބުން ބުނީ، މެޗް ނުކުޅެ ގަސްދުގައި ދޫކޮށްލި މައްސަލަ ނިންމުމުގެ ގޮތުން ގްރީން ސްޓްރީޓްސް ޖޫރިމަނާކުރުމުގެ އިތުރުން އެ ކްލަބަށް ޓްރާންސްފާ ބޭންއެއް ދިނުމުން އެނގެނީ ގަސްދުގައި މެޗެއް ދޫކޮށްލައިގެން މެޗް ފިކްސިން ފަދަ ފުޓްބޯޅައިން ބޮޑެތި އަދަބުތައްދޭފަދަ ބޮޑު ކުށެއް ގްރީން ސްޓްރީޓްސް އިން  ކޮށްފައިވާކަން އެފްއޭއެމުން ގަބޫލުކުރާކަމެވެ.

ވެލެންސިއާއިން ބުނީ މިފަދަ ބޮޑު މައްސަލައެއްގައި ޓްރާންސްފާ ބޭންއެއް ދީފައިވަނީ ހަމަޖެހޭ އުސޫލަކުން ނޫންކަމަށެވެ. ސަބަބަކީ ކުރިއަށްއޮތް ޓްރާންސްފާ ޕީރިއަޑް އޮތީ މެއި ނުވަތަ ޖޫންމަހަށް ވެފައި މިހާރު ތިބި ހުރިހާ ކުޅުންތެރިްނގެ ކޮންޓްރަކްޓް އާކޮށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އެ ކްލަބަށް ލިބިދީފައި އޮތުމެވެ.

ވެލެންސިއާއިން ފާހަގަކުރާގޮތުގައި އެފްއޭއެމުން ގްރީން ސްޓްރީޓްސް އަށް ދީފައިވަނީވަރަށް ހާލަތަށް ބަލައި ވަރަށް އާދައިގެ އަދަބެކެވެ.

ވެލެންސިއާއިން ބުނީ ގްރީން ސްޓްރީޓްސްއަށް އަދަބުދިނުމުގައި ވެލެންސިއާއިން ހުށަހެޅި އެއްވެސް ކަމަކަށް ބަލާފައިނުވާކަމަށާއި، މައްސަލަ އިސްތިއުނާފް ކުރަންވެސް ކްލަބަށް ފުރުސަތު ދީފައި ނުވާކަމަށެވެ.

މެޗް ފިކްސިންގައި މައްސަލަތަކުގައި ޕޮއިންޓް އުނިކުރުން ނުވަތަ ރެލިގޭޓްކުރުން ފަދަ ފިޔަވަޅެއް ގްރީން ސްޓްރީޓަށް އަޅާފައިނުވަނީ ނުފޫޒުންކަމަށް ވެލެންސިއާއިން ވަނީ ތުހުމަތުކޮށްފައެވެ. މި މައްސަލަތައް ފީފާ އަދި އޭއެފްސީއާ ހިއްސާކޮށްފައިވާނޭކަމަށް އެ ކްލަބުން ވަނީ ބުނެފައެވެ.

ލީގްގައި އެންމެފަހުން ވެލެންސިއާ އީގަލްސް ބައްދަލުކުރިމެޗުން ވެލެންސިއާ ބަލިވީ 0-2 ގެ ނަތީޖާއަކުންނެވެ. މި މެޗްގެ ނަތީޖާއަށް ބަލައި ވެލެންސިއާއަށް ރެލިގޭޝަނަސް ނުގޮސް ސަލާމަތްވާން އޮތީ ގްރީން ސްޓްރީޓްސް އާއި ނިއުރޭޑިއަންޓް ބައްދަލުކުރާމެޗުން 4-0 ގެ ނަތީޖާއަކުން ނިއު މޮޅުވެގެންނެވެ. ނިއު މިހާރު އޮތް ފޯމަށް ބަލައިރު، އެ ނަތީޖާއިން ގްރީން ބަލިކުރުމުގެ ފުރުސަތު އޮތްކަމަށް ބައެއް ފަރާތްތަކުން ވަނީ ދެކެއެވެ.

ކަން އެގޮތަށް އޮއްވައި ގްރީން ސްޓްރީޓުން ވަނީ ނިއުމެޗަށް ހާޒިރުނުވެ ގަސްދުގައި މެޗް ދޫކޮށްލާފައެވެ. ލީގް ގަވައިދު ބުނާގޮތުން މެޗަށް ހާޒިރު ނުވެއްޖެނަމަ، ހާޒިރުވި ޓީމް މޮޅުވިކަމަށް ކަނޑައަޅަނީ ދެ ލަނޑުގެ ތަފާތަކުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...