ދައުރު ނިމިއްޖެ، ފްލެޓް ދިނުން ކުރިއަށް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސް ޔާމީނުގެ ރިޔާސީ ދައުރު މިއަދު ނިމުނުއިރުވެސް އެމަނިކުފާނުގެ ސަރުކާރުން ފެއްޓެވި ހިޔާ މަޝްރޫގެ ފްލެޓްތައް ލިބުނު ފަރާތްތަކަށް ލިޔުން ދޫކޮށް ނިމްނާލެވިފައެއް ނުވެއެވެ.
ފްލެޓް ލިބުނުކަމުގެ ލިޔުން މިއަދު މެންދުރު 12 އާއި ހަމައަށް އިއްޔެ ވަގުތު އިތުރު ކުރި ނަމަވެސް އެވަގުތައް ލިިޔުން ދޫކޮއް ނިންމާލެވޭގޮތް ނުވުމުން އަދިވެސް ފްލެޓް ލިޔުން ދޫކުރުކުރިއަަށް ދާ ކަމަށް އެމިނިސްޓްރީ އިން މައުލޫމާތު ދެއްވައެވެ.
އިިއްޔެ ވަގުތު އިތުރު ކުރެވުނު އިރު ބަންޑާރަ ނައިބުގެ އިރުޝާދާއެކު ކުރެވުނު ނަމަވެސް މިހާރު ލިޔުން ދޫކުރަމުން އެގެންދަނީ ކޮންގޮތަކުން ކަމެއް އެއްވެސް ފަރައިތަކުން ހާމަކޮއްފައެއް ނުވެއެވެ.
ފްލެޓް ލިބުމުގެ ލިޔުން ހޯދުމަށް އަދިވެސް ގިނަ ބަޔަކު ތިބިއިރު މިއަދު ހަވީރު ބާއްވަން ހަމަޖެހިފައިވާ އިންތިހާބީ ރައީސް އިބަރާހިމް މުހައްމަދު ސޯލިހުގެ ހުވާކުރުމުގެ ހަފްލާއަށްވެސް ނުނިމޭނެކަމަށް ބެލެވެއެވެ.
ހިޔާ މަޝްރޫގެ ދަށުން ދޫކުރާ ފްލެޓްތަކަކީ ހުޅުމާލެ ފޭސް 2 އިން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް