ރާއްޖޭގެ ޒުވާންޓީމް... ފޮޓޯ: އެފްއޭއެމް
ރާއްޖޭގެ ޒުވާންޓީމް... ފޮޓޯ: އެފްއޭއެމް
ކުޅިވަރު 25 Jan 2026 | 18:38

ޒުވާން ޤައުމީ ޓީމު ލައްވާލީ ގްރޫޕް އޭއަށް

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

މިއަހަރު ދިވެހިރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާ ސާފް ޗެމްޕިއަންޝިޕް 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެ ގްރޫޕް އޭގައި ލައްވާލައިފިއެވެ.

ތައިލެންޑްގައި މިއަދު ކުރިއަށްގެންދިޔަ ގުރުއަތުނެގުން ނިމުނުއިރު ރާއްޖެ ހިމެނޭ ގްރޫއްޕް އޭގައި ހިމެނޭ ޓީމްތަކަކީ، ރާއްޖޭގެ އިތުރުން ނޭޕާލް، ސްރީލަންކާ، އަދި ބޫޓާން އެވެ. މި މުބާރާތުގައި އެންމެ ވަރުގަދަވާނޭކަމަށް ބެލެވެނީ ގްރޫޕް ބީ އެވެ. މި ގްރޫޮްގައި ހިމެެނޭ ޓީމްތަކަކީ، އިންޑިއާ، ބަންގްލަދޭޝް އަދި ޕާކިސްތާނެވެ.

މިފަހަރުގެ މުބާރާތުގެ ފޭވަރިޓް ޓީމްގެ ގޮތުގައި ހިމެނެނީ އިންޑިއާއެވެ. އަދި އެންމެ ފޯރިގަދަވާނޭ ގްރޫއްޕުގެ ގޮތުގައި ބެލެވެނީވެސް ބީ އެވެ. ސަބަބަކީ އިންޑިއާ ހިމެނޭ މި ގްރޫޕްގައި ބަންގްލަދޭޝް އަދި ޕާކިސްތާނު ހިމެނޭތީއެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗްމަހުގެ 23 ހުން ފެށިގެން އޭޕްރިލްމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ. ސާފް ޗެމްޕިއަންޝިޕް ޒުވާން ޓީމުތަކުގެ ކާމިޔާބީއަށް ބަލާއިރު، އެންމެ ކާމިޔާބީ އިންޑިއާއެވެ. އެޤައުމުން ވަނީ މިހާތަނަށް ޒުވާންޓީމްތަކުގެ އެކި އުމުރުފުރާތަކުގެ ޗެމްޕިއަންކަން ހޯދާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...