މިތަނުން ވިޔަފާރިކޮށްކޮށް ފޫއްސެއް ނުވާނެ!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދިވެހިންގެ ތެރެއިން ގިނަބަޔަކު އާންމުގޮތެއްގައި ޗުއްޓީ ހޭދަކުރާ ތައިލޭންޑްގެ ވެރިރަށް ބެންކޮކްގައި ބޮޑު ޝޮޕިންގް ކޮމްޕްލެކްސްއެއް ހުޅުވައިފިއެވެ.
1.6 ބިލިޔަން ޑޮލަރުގެ އަގުހުރި އައިކޮންސިއާމް ނަމަކަށް ކިޔާ މިތަނުގެ ފުރަތަމަ ފިޔަވަހި މިދިޔަ ހަފްތާގައި ހުޅުވާފައިވާއިރު މިތަނުގައި 300 އަށްވުރެ ގިނަ ފިހާރަތަކާއި، ހޮޓަލެއްގެ އިތުރުން ކެފޭ ރެސްޓޯރެންޓްތައްވެސް ހިމެނެއެވެ.
އައިކޮންސިއާމްގައި ގާއިމްކޮށްފައިވާ މަޝްހޫރު ބްރޭންޑެޑް ފިހާރަތަކަށް ބަލާލާއިރު، ލުއީ ވުޓޮން އިން ފެށިގެން އެޕަލް ކުންފުނީގެ ފިހާރަތައްވެސް މިތަނުގައި ވަނީ ހުޅުވާފައެވެ. މިތަނުގެ ތެރޭގައި ދަތުރުކުރުމަށް ޚާއްސަ މޮނޮރެއިލްއެއްވެސް ވަނީ ގާއިމްކޮށްފައެވެ.
އައިކޮންސިއާމް ޕްރޮޖެކްޓްގެ ދަށުން އިތުރަށް ދާރުލްއާސާރަކާއި އޮޑިޓޯރިއަމްއެއްވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އައިކޮންސިއާމްގެ އިންވެސްޓަރުންވަނީ މި ޕްރޮޖެކްޓްއަކީ ވަރަށް ކާމިޔާބުވެގެންދާނެ ޕްރޮޖެކްޓްއެއް ކަމުގައި ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް