އާސެނަލް އާއި ޑޯމަން ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: އާސެނަލް
އާސެނަލް އާއި ޑޯމަން ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: އާސެނަލް
ކުޅިވަރު 16 Sep 2026 | 08:11

ލީގް ކަޕްގައި އިޕްސްވިޗް އަތުން އާސެނަލަށް ފަސޭހަ މޮޅެއް

އިނގިރޭސި ލީގްކަޕްގައި ރޭ އާސެނަލް އާއި އިޕްސްވިޗް ބައްދަލުކުރިމެޗް އާސެނަލް ކާމިޔާބުކޮށްފިއެވެ.

އިޕްސްވިޗްގެ ދަނޑުގައި ކުޅުނުމެޗް އާސެނަލުން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއިންނެވެ. މެޗްގައި އެންމެ ފާހަގަވެގެންދިޔައީ އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑޯމަން ގެ ކުޅުމެވެ. އުމުރުން 16 އަހަރުގެ ޑޯމަން ވަނީ މިމެޗްގައި ދެ ލަނޑު ޖަހައި މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗްގައި އާސެނަލުން ޖެހި ފުރަތަމަ ލަނޑު ޑޯމަން ކާމިޔާބުކުރީ 7 ވަނަ މިނެޓް ތެރޭގައި އެޒޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އާސެނަލްގެ ދެވަނަ ލަނޑު ޖަހާފައިވަނީ 16 ވަނަ މިނެޓް ތެރޭގައި މަޑޫކޭ އެވެ. ފުރަތަމަ ހާފް ނިމިގެންދިޔައީ 2-0 ކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގެ ކުޅުން ފަށައިގެން މާގިނައިރުތަކެއް ކުވެ ޑޯމަން ވަނީ އޭނާގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭގެ 10 މިނެޓްފަހުން މެރީނޯ ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އާސެނަލުން ހަތަރު ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް އިޕްސްވިޗްގެ މެހްމެޓީ ވަނީ 62 ވަނަ މިނެޓް ތެރޭގައި ލަނޑެއް ކާމިޔާބުކޮށްފައެވެ. އިޕްސްވިޗްގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އާސެނަލްގެ ކުރީގެ ކުޅުންތެރިޔާ އަކްޕޮމް އެވެ.

މެޗަށްފަހު އާސެނަލްގެ ކޯޗް މިކޭލް އަޓޭޓާ ބުނީ ޑޯމަން އަކީ ވަރަށް ހުށިޔާރު ކުޅުންތެރިއެއް ކަމަށާއި އޭނާ ޖެހި ލަނޑުތަކުން ވަރަށް ރަނގަޅަށް އެކަން ފެނިގެން ގޮސްފައިވާކަމަށެވެ. އަޓޭޓާ ބުނީ އުމުރުން އެހާ ހަގު ކުޅުންތެރިއަކު އެ ފެންވަރުގައި ޕްރިމިއާލީގުން ފެނުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެއް ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް
02 Nov 2026 ކުޅިވަރު

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ، މެޗް ފަށައިގެން 16 ވަނަ މިނެޓް ތެރޭގައި ކައި ހާވާޓްޒް އެވެ. މި ނަތީޖާއާއެކު އާސެނަލުން ވަނީ ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ
01 Nov 2026 ކުޅިވަރު

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ޚާއްޞަކޮށް ޓީމާ ގުޅުނު ކެޕްޓަން ބްރޫނޯ ފެނާންޑޭޒާއި އަމަދު ޑިއާލޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް ޗެލްސީގެ ކީޕަރު މައިކް ޕެންޑާސް ވަނީ އެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް
28 Oct 2026 ކުޅިވަރު

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް

މި މައްސަލައިގައި ޝާކާ ވަނީ އޭނާގެ ކުށަށް އިއުތިރާފުވެ، ޒިންމާ އުފުލާފައެވެ. އޭނާގެ އަތުން ކެޕްޓަން ބޭންޑް އަތުލާފައި ނުވި ނަމަވެސް، ކެޕްޓަންކަމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ކޯޗު މުރާތު ޔަކިންއެވެ.

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި
28 Oct 2026 ކުޅިވަރު

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި

އިނގިރޭސިވިލާތުގައި ބާއްވާ އެންމެ ޝަރަފްވެރި އެއް މުބާރާތް ކަމަށްވާ ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފިއެވެ. މި މުބާރާތުން އާސެނަލް ކަޓާފައިވަނީ، ހަތަރުވަނަ ބުރުގައި ރޭ ފްލީޓްވޫޑާ ދެކޮޅަށް ކުޅުނުމެޗުން ޕެނަލްތީ ޖަހަައިގެން ބަލިވުމުންނެވެ. ޕެނަލްޓީއަށް ގޮސްގެން މެޗްގެ ނަތީޖާ ނެރެފައިވަނީ މެޗްގެ ކުޅުމުގެ ތެރޭގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ނަތީޖާ ނުނެރެވުމުންނެވެ.

ޗައިނާގެ ކުރީގެ ލީޑަރު މާއޯއަށް މަލާމާތްކުރި މައްސަލާގައި އެމްބާޕޭ މައާފަށް އެދިއްޖެ
27 Oct 2026 ކުޅިވަރު

ޗައިނާގެ ކުރީގެ ލީޑަރު މާއޯއަށް މަލާމާތްކުރި މައްސަލާގައި އެމްބާޕޭ މައާފަށް އެދިއްޖެ

މި މައްސަލަ ފެންމަތިވީ ފަރަންސޭސި ޓޯކް ޝޯއެއް ކަމަށްވާ "ދަ ބްރިޖް" ގައި ވާހަކަދައްކަމުން، އިންޓަނެޓްގައި ދައުރުވާ މަޖާ ވީޑިއޯއަކަށް އިޝާރާތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.