މުބީން އަދި ގާރީ އަހްމަދު ރަޝީދު ޖޭޕީއަށް ސޮއިކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައްޔިތުންގެ މަޖިލީހުގެ ފ.ބިލެތްދޫ ދާއިރާގެ މެންބަރ އަހުމަދު މުބީންއާއި ލ.އިސްދޫ ދާއިރާގެ މެންބަރ އަލްގާރީ އަހުމަދު ރަޝީދު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.
މި ދެ މެންބަރުން ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވީ، އެޕާޓީގެ މައި ޖަގަހަ ކުނޫޒުގައި މިއަދު ހަވީރު އޮތް ހަފްލާއެއްގައެވެ. މި ދެ މެންބަރުންގެ ފޯމާއި ޖުމްހޫރީ ޕާޓީގެ ފަރާތުން ހަވާލުވެ ވަޑައިގެންނެވީ އެޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެންބަރ ގާސިމް އިބްރާހީމްއެވެ.
މި ދެބޭފުޅުންނަކީވެސް ޕީޕީއެމްގައި ކުރިން މަސައްކަތް ކުރައްވަމުން ދިޔަ މެންބަރުންނެވެ. މި ދެ މެންބަރުންވެސް ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންއާއި ޕީޕީއެމްއަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށްފަހު ސިޔާސީ މަސައްކަތްތަކުން ފެނިފައެއް ނުވެއެވެ.
މި ދެމެންބަރުންގެ ތެރެއިން މެންބަރ މުބީން ހޮވިވަޑައިގެންނެވީ ޖޭޕީގެ ޓިކެޓެއްގައިކަން ފާހަގަކޮށްލެވެއެވެ. ފަހަކަށް އައިސް ޖޭޕީއަށްދަނީ ރާއްޖޭގެ ގިނަ ސިޔާސީ ފަރާތްތަކެއް ގުޅެމުންނެވެ. އެގޮތުން ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް، އަލްހާން ފަހުމީ އަދި ހަނިމާދޫ ދާއިރާގެ މެންބަރ ހުސައިން ޝަހުދީވެސް ފާހަގަކޮށްލެވެއެވެ.
މި ދެމެންބަރުންގެ އިތުރުންވެސް، ޕީޕީއެމްގެ ބައެއް އެހެނިހެން މެންބަރުންވެސް ޖޭޕީއާއި ގުޅޭނެކަމަށް ދަނީ އަޑުފެތުރެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް