ޕީއެސް އަތުލުމުން މަންމަގެ ކާރު ވަގަށް ނަގައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އެމެރިކާގަައި އެގާރަ އަހަރު ކުއްޖެއްގެ ޕްލޭސްޓޭޝަން އޭނާގެ މަންމަ އަތުލުމުގެ ސަބަބުން، ބަދަލެއްގެ ގޮތުގައި މަންމަގެ ކާރު ވަގަށް ނަގައިގެން ދުއްވައިފިއެވެ.
މި ހާާދިސާ ހިނގާފައިވަނީ އެމެރިކާގެ ކްލީވްލެންޑް ސިޓީގައެވެ. އެގައުމުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ޕްލޭސްޓޭޝަން އަތުލުމުގެ ސަބަބުން ރުޅި އައިސްގެން ކާރު ދުއްވިކަން، އެކުއްޖާގެ މަންމައަށް އެނގުނީ ނިދާފައި އޮއްވާ، އޭނާާގެ ފިރިމީހާއަށް ކާރާއި އެކުއްޖާ ފެނިގެން ގުޅައި އެންގުމުންނެވެ.
ފުލުހުން ބުނިގޮތުގައި އެގާރަ އަހަރުގެ އެ ކުއްޖާ ވަނީ ގަޑިއަކު 70ކިލޯމީޓަރުގެ ބާރުމިނުގައި އޭނާގެ މަންމަގެ ކާރު ދުއްވާފައެވެ.
މިކާރު ހުއްޓުމަކަށް އައީ ޕާކްކޮށްފައި ހުރި ވެހިކަލްތަކެއްގައި އެ ކާރު އައިސް ބާރު ސްޕީޑްގައި ޖެހުމުންނެވެ. މި ހާދިސާގައި އެކުއްޖާއަށް ވަނީ ކުދި އަނިޔާތަކެއްވެސް ލިބިފައެވެ. މިއީ އެގޭގެ ކާރެއް އެ ކުއްޖާ ވަގަށްނެގި ދެވަނަ ފަހަރެވެ.
މިވަގުތު އެކުއްޖާ ހުރީ ކުޑަކުދިންގެ ޖަލެއްގައި ބަންދުކުރެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް