އެއާ އިންޑިއާ 30 ލައްކަ ރުޕީސް އިން ޖޫރިމަނާކޮށްފި
ސިވިލް އޭވިއޭޝަންގެ ޑިރެކްޓަރޭޓް ޖެނެރަލް (ޑީޖީސީއޭ) އިން ޓާޓާ ގްރޫޕްގެ މިލްކޮއްޔާތުގެ ދަށުގައިވާ އެއަރ އިންޑިއާ (އޭއައި) 30 ލައްކަ ރުޕީސް އިން ޖޫރިމަނާކޮށްފިއެވެ.
އެއާ އިންޑިއާ ޖޫރިމަނާ ކޮށްފައިވަނީ ކޮންމެހެން ފުރިހަމަކުރަންޖެހޭ ސަލާމަތީ ޝަރުތުތައް ފުރިހަމަނުކޮށް ޕައިލެޓެއް (ފަސްޓް އޮފިސަރެއް) ފްލައިޓެއް އޮޕަރޭޓްކޮށްފައިވާކަން ހާމަވުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ޑީޖީސީއޭ އިން ބުނީ، މި ސޭފްޓީ ބްރީޗް އަށް މަގުފަހިވީ އެއާ އިންޑިއާގައި އެކްށީގެންވާ ތާވަލެއް ހެދިފައިނުވާތީކަމަށެވެ.
މިއާއިއެކު ޑީޖީސީއޭއިން އެއާ އިންޑިއާއިން ޖޫރިމަނާގެ ފައިސާ، 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އަމުރުކޮށްފަައިވާއިރު، މިއީ އޮޕަރޭޝަނަލް ސޭފްޓީ އާއި ޚިލާފުވުމާއި ގުޅިގެން ކޮށްފައިވާ އެންމެ ބޮޑު އެއް ޖޫރިމަނާކަން ފާހަގަކޮށްލަން ޖެހެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް