ރައްޔިތުންގެ މަޖިލިސްގެ ރައީސްކަމުން މަސީހް އިސްތިއުފާ ދެއްވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ މަސީހު މުހައްމަދު، މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އިސްތިއުފާދެއްވި ކަމުގެ ސިޓީ މަޖިލިސް އިދާރާއަށާއި ޕީޕީއެމްއަށްވެސް މަސީހްވަނީ ފޮނުއްވާފައެވެ. މިކަންވަނީ ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާންވެސް ކަށަވަރު ކޮށްދެއްވާފައެވެ.
އަމިއްލަފުޅު ޕަޓީ އިންނާއި އިދިކޮޅު ކޯލިޝަނުން ފިއްތުންތައް ކުރިމަތި ކުރުމުގެ ސަބަބުން މިއަދު އިސްތިއުފާ ދެއްވި މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން މަޖިލީހަށް ފޮނުވާފައެވެ. ނަމަވެސް އޭގެން އެއްފަހަރުވެސް އެ މައްސަލަ ތާވަލް ކުރެވިފައެއް ނުވެއެވެ.
މަސީހު އިސްތިއުފާ ދެއްވާފައިވަނީ އެމަނިކުފާނުގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓެއް، މިރޭ ނެގުމަށް ތައްޔާރުވެފައިވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް