އިބޫއަށް މުލީއާގެ، ފައިސަލްއަށް ހިލާލީގެ!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މަގާމުގެ ހުވާކުރެއްވުމަށްފަހު މުލީއާގެއަށް ދިރިއުޅުއްވުން ބަދަލުކުރައްވާގޮތަށް ހަމަޖެހިއްޖެއެވެ.
ބައެއް މީޑިޔާތަަކަށް މައުލޫމާތު ދެއްވަމުން އިންތިގާލީ ކޮމެޓީގެ މެންބަރުން ވިދާޅުވީ، އިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު މުލީއާގެއަށް ދިރިއުޅުއްވުން ބަދަލުކުރައްވާނެ ކަމަށާއި، އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
މުލީއާގެ ރައީސް ޔާމީންގެ ދައުރުގައި ބޭނުންކުރެވިފައިވަނީ ސަރުކާރުގެ ބައްދަލުވުންތަކާއި ޕީޕީއެމްގެ ހަރަކާތްތަކަށެވެ.
މީގެ އިތުރުން އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް ވެސް މަގާމަށް ވަޑަައިގަތުމަށް ފަހު ހިލާލީގެއަށް ދިރިއުޅުން ބަދަލު ކުރައްވާނެ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
ހިލާލީގެއަކީ މިވަގުތު ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅެވެ. މާދަމާ ނުވަތަ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ރައީސް ޔާމީން ހިލާލީގެ ދޫކުރައްވައި ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމަށް ވަޑައިގެން ދިރިއުޅުއްވާނެ ރަސްމީ ގެކޮޅަށް 31.5 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް 2019 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓްގައި ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް