އެގް ޕަފް
އެގް ޕަފް
ލައިފްސްޓައިލް 22 Mar 2024 | 05:30

މިއަދު ރޯދަ ވީއްލަން ޗީޒީ އެގްޕަފް ކިހިނެއްވާނެ؟

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ރޯދަ ވީއްލަން ތެލުލައިގެން ތައްޔާރު ކޮށްފައި ހުންނަ ތަކެތި ކެއުމަށް ފިހެފައި ހުންނަ ތަކެތި ކެއުމަކީ ހަށްޓަށް ފަސޭހަވާނެ ގޮތެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ފިހެގެން ތައްޔާރުކޮށްލާނެ އެއްޗެކެވެ.

ފުށްގަނޑު ތައްޔާރު ކޮށްލުމަށް ބޭނުންވާ ތަކެތި:

10 ގ ގެ 3 ބަޓަރ ޕޯޝަން

2 ލާހި ފުށް

ލޮނު

މަސްގަނޑު ތައްޔާރު ކޮށްލުމަށް ބޭނުންވާ ތަކެތި:

2 ދަޅު މަސް

1 ބޮޑު ފިޔާ (ތުނި ކޮށް ކޮށާފައި)

3 ލޮނުމެދު ( ގާނާފައި)

1 ހިކަނދިފަތް (ކުދިކޮށް ކޮށާފައި)

1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް

3 މޭޒުމަތީ ސަމުސާ ފުރައިޑު ޗިކަން ޗިލީ ސޯސް

1 ސައި ސަމުސާ ސޯޔާ ސޯސް

1 ސައި ސަމްސާ ތެޅި މިރުސް

މޮޒެރެއްލާ ޗީޒު

1 ބިސް

ގިތެޔޮ މިރުސް (ތުނިކޮށް ކޮށާފައި)

ނޫޑްލްސް ސޫޕް ޕެކެޓު/ ލޮނު

ތައްޔާރު ކުރާނެ ގޮތް

1) ފުށް ގަނޑު ތައްޔާރު ކޮށްލުމަށް ފުށާއި، ބަޓަރ ޕޯޝަނާއި ލޮނާ އެއްކޮށްލުމަށްފަހު، ހޫނުފެން އަޅައިގެން ރަނގަޅަށް ފުށްގަނޑު މޮޑެލާށެވެ.

2) މަސްގަނޑު ތައްޔާރު ކޮށްލުމަށް ފިޔާ، ލޮނުމެދު އަދި ހިކަނދިފަތް މަސްދަޅުގެ ތެޔޮފޮދުތެރޭގައި ކުޑަކޮށް މުށިކުލައަރަންދެން ކައްކާލާށެވެ.

3) އެއަށްފަހު ޓޮމާޓޯ ޕޭސްޓު، ސޯޔާ ސޯސް، ޗިކަން ސޯސް، ލޮނު އަދި ގިތެޔޮ މިރުސް އަޅާލުމަށްފަހު ކުޑަ ފެންފޮދެއްވެސް އަޅައިގެން ދެ މިނެޓު ވަންދެން ކައްކާލާށެވެ.

4) ޕޭސްޓު ގަނޑު ރަނގަޅަށް ކެކުމުން މަސްދަޅު އަޅައި އެއްކޮށްލުމަށްފަހު އިތުރު ދެމިނެޓު ވަރުވަންދެން ކައްކާލާށެވެ.

5) ދެން، މޮޑެފައިވާ ފުށްގަނޑުން ފަސް ފުށްގުޅަ ހަދާލުމަށްފަހު ފުށްގުޅަ މާ ތުނި ނުވާ ވަރަށް ދަމާލުމަށްފަހު ހަތަރު ފަޅިއަށް ފަޅާލާށެވެ.

6) ދެން އޭގެ މެދު ތެރެއަށް ރަނގަޅަށް މަސް އެޅުމަށްފަހު، މަސް ގަނޑު  މަށްޗަށް ގާނާފައި ހުރި މޮޒެރެއްލާ ޗީޒް އަޅާލާށެވެ. ދެން ދެ އަރިމަތިން މެދަށްވާގޮތަށް ފަށްޖަހާލާށެވެ.

7) ދެން، އަނެއް ފުށްގުޅަވެސް ކުރިން ފުށްގުޅައެކޭ އެއްވަރަށް ފަތުރާ ލުމަށްފަހު މަސްގަނޑު މަތީގައި ބޭއްވުމަށްފަހު ޕައިގެ ވަށައިގެން ބަންދުކޮށްލާށެވެ.

8) އެއަށްފަހު އުލެއް ނުވަތަ ޓޫތު ޕިކެއް ޕައިގެ އެކި ތަންތަނަށް ހަރާލުމަށްފަހު މަތީގައި ރޯ ބިސްކޮޅެއް އުނގުޅާލާށެވެ.

9) ދެން އަވަން 180 ޑިގްރީ ސެލްސިއަސް އަށް ބެހެއްޓުމަށް ފަހު ގާތްގަނޑަކަށް 30 މިނެޓު ވަންދެން ޕައިގެ މަތި ރަނގަޅަށް މުށިކުލަ ވަންދެން ފިހެލާށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...