ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުالله ދީދީގެ ތާއީދު ޢާޒިމާ އަށް!
ސްޕްރީމްކޯޓްގެ ކުރީގެ ފަނޑިޔާރު އަބްދުالله ދީދީ، މާލެސިޓީ ކައުންސިލަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު އައިޝަތު ޢާޒިމާ ޝަކޫރަށް ތާއީދު ކުރައްވާ، ކެންޕެއިންގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފިއެވެ.
ހުސްވެފައިވާ މާލެސިޓީ ކައުންސިލްގެ މޭޔަރ ކަމުގެ މަގާމަށް ސަރުކާރު ހިންގާ ޕާޓީން ވާދަކުރައްވާ ޢާޒިމާ އަންނަނީ ކެންޕެއިންގެ ކަންތައްތައް މާލެސިޓީގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދަވަމުންނެވެ.
ރައްޔިތުންނާއި ވީހާވެސް ގާތުން ރައްޔިތުންގެ ކަންބޮޑުވުންތައް ބައްލަވައި، އަޑު އެއްސެވުމަށް ޢާޒިމާ އާއި ކެންޕެއިން ޓީމުން ފާއިތުވި ދެ ދުވަހު ވިލިމާލެ އާއި ހުޅުމާލޭގައިވެސް ދޮރުން ދޮރަށް އަދި އެނޫންވެސް ކެންޕެއިން ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އެގޮތުން އިއްޔެ ހުޅުމާލޭ ގައި ބޭއްވުނު ކެންޕެއިން ބައްދަލުވުމައި ސްޕްރީމްކޯޓްގެ ކުރީގެ ފަނޑިޔާރު އަބްދުالله ދީދީ ވަނީ ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެން ޢާޒިމާއަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ.

ފަނޑިޔާރު އަބްދުالله ޢާޒިމާއަށް ތާއިދު ކުރައްވާ ކެންޕެއިން ހަރަކާތް ތަކުގައި ބައިވެރިވެ ވަޑައިގެންފައިވާތީ ޢާޒިމާ ވަނީ އެބޭފުޅާ އަށް ޝުކުރު އަދާކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް