އާސެނަލްގެ ކެޕްޓަން އޮޑެގާޑް ލަނޑުޖަހަނީ... ފޮޓޯ: ޕީއޭ
އާސެނަލްގެ ކެޕްޓަން އޮޑެގާޑް ލަނޑުޖަހަނީ... ފޮޓޯ: ޕީއޭ
ކުޅިވަރު 06 Sep 2026 | 18:42

ފަހަތުން އަރައި ޗެލްސީ ބަލިކޮށް އާސެނަލް ފެންވަރު ދައްކާލައިފި

އިނގިރޭސި ޕްރިމިއާ ލީގްގައި އާސެނަލް އާއި ޗެލްސީ ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލް ކާމިޔާބުކޮށްފިއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗް ޗެލްސީގެ މައްޗަށް އެޓީމުން ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ. މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދީ ޗެލްސީ އެވެ. އެއީ މެޗް ފަށައިގެން 77 ވަނަ ސިކުންތުގެ ތެރޭގައި، މިފަހަރުގެ ސީޒަނަށް އާސެނަލުން ހޯދުމަށް މަސައްކަތް ކުރި މޯގަން ރޮޖާސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ޗެލްސީން މެޗްގެ ކުރީކޮޅު ޖެހި މިލަނޑާއެކު އާސެނަލުން ވަނީ ކުޅުން ވަރުގަދަކޮށްފައެވެ. ނަތީޖާއަކަށް ވެގެންދިޔައީ 25 ވަނަ މިނެޓް ތެރޭގައި ކައި ހާވާޓްޒް ލަނޑެއް ޖަހައި މެޗް އެއްވަރުކުރުމެވެ. އާސެނަލުން މެޗް ކޮންޓްރޯލްކޮށްގެން ކުޅުނުނަމަވެސް ޗެލްސީން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ހޯދާފައެވެ. މީގެ ތެރެއިން ރޮޖާސް ފޮނުވާލި ހަމަލާއެއް ގޯލާ އިންޗިއެއްހާ ބޭރުން ދިޔައިރު، ޕެޑްރޯ ނެޓޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މެޗްގައި އާސެނަލުން ލީޑް ނެގީ ދެވަނަ ހާފް ފަށައިގެން 50 ވަނަ މިނެޓް ތެރޭގައި މާޓިން އޮޑެގާޑް ޖަހައިދިން ލަނޑުންނެވެ. މި ލަނޑަކީ ކޮމިއުނިޓީ ޝީލްޑްގައި މެންޗެސްޓަރ ސިޓީ ކޮޅަށް އޭނާ ޖެހި ލަނޑާ ދާދި އެއްގޮތް ލަނޑެކެވެ. އަދި މިއީ އޭނާ މި ސީޒަނުގައި ޖެހި ތިންވަނަ ލަނޑެވެ. މެޗުގެ ފަހުކޮޅު ޗެލްސީން ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، ތިންވަނަ ލަނޑެއް ޖެހުމާ ގާތަށް ދިޔައީ އާސެނަލްއެވެ. ބުކާޔޯ ސަކާ އާއި އެޒްރީ ކޮންސާ ފޮނުވާލި ނުރައްކާތެރި ހަމަލާތައް ޗެލްސީގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މެޗުގެ 89 ވަނަ މިނެޓުގައި ޗެލްސީގެ އެސްޓެވާއޯ ފޮނުވާލި ބާރު ހަމަލާ އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ ހުއްޓުވާފައެވެ.

މި ނަތީޖާއާއެކު އާސެނަލް އުޅެނީ މެންޗެސްޓަރ ސިޓީއާއެކު ތާވަލްގެ އެންމެ ކުރީގައެވެ. އާސެނަލް އަދި ސިޓީ، މިއިން ކޮންމެ ޓީމަކުން 3 މެޗް ކުލެފައިވާއިރު، ދެޓީމަށްވެސް ލިބިފައިވަނީ 9 ޕޮއިންޓެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް
02 Nov 2026 ކުޅިވަރު

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ، މެޗް ފަށައިގެން 16 ވަނަ މިނެޓް ތެރޭގައި ކައި ހާވާޓްޒް އެވެ. މި ނަތީޖާއާއެކު އާސެނަލުން ވަނީ ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ކަރަބާއޯ ކަޕްގައި ސިޓީއަތުން ބަލިވި ބަލިވުމުގެ ބަދަލު ބްރައިޓަނުން ހިފައިފި
01 Nov 2026 ކުޅިވަރު

ކަރަބާއޯ ކަޕްގައި ސިޓީއަތުން ބަލިވި ބަލިވުމުގެ ބަދަލު ބްރައިޓަނުން ހިފައިފި

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައެވެ. ސިޓީގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، މި ލަނޑު ބްރައިޓަންއަށް ކާމިޔާބުކޮށްދިނީ ޔާސީން އަޔާރީއެވެ.

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ
01 Nov 2026 ކުޅިވަރު

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ޚާއްޞަކޮށް ޓީމާ ގުޅުނު ކެޕްޓަން ބްރޫނޯ ފެނާންޑޭޒާއި އަމަދު ޑިއާލޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް ޗެލްސީގެ ކީޕަރު މައިކް ޕެންޑާސް ވަނީ އެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް
28 Oct 2026 ކުޅިވަރު

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް

މި މައްސަލައިގައި ޝާކާ ވަނީ އޭނާގެ ކުށަށް އިއުތިރާފުވެ، ޒިންމާ އުފުލާފައެވެ. އޭނާގެ އަތުން ކެޕްޓަން ބޭންޑް އަތުލާފައި ނުވި ނަމަވެސް، ކެޕްޓަންކަމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ކޯޗު މުރާތު ޔަކިންއެވެ.