ރާއްޖެ މިއަދު ނޭޕާލާ ދެކޮޅަށް ކުޅުނު މެޗްގެ ތެރެއިން.. ފޮޓޯ: ސާފް
ރާއްޖެ މިއަދު ނޭޕާލާ ދެކޮޅަށް ކުޅުނު މެޗްގެ ތެރެއިން.. ފޮޓޯ: ސާފް
ކުޅިވަރު 27 Mar 2026 | 14:24

ނޭޕާލް އާ ދެކޮޅަށް ކުޅުނުމެޗް އެއްވަރުވެ، ރާއްޖެއަށް މުބާރާތް ނިމިއްޖެ

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ދިވެހިރާއްޖެ ނޭޕާލާ ދެކޮޅަށް ކުޅުނު މެޗް އެއްވަރުވެ، ރާއްޖެއަށް މުބާރާތް ނިމިއްޖެއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 1-1 ގެ ނަތީޖާއިންނެވެ. މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރިހޯދީ ދިވެހިރާއްޖެއެވެ. އެއީ މެޗްގެ 15 ވަނަ މިނެޓް ތެރޭގައި އީތަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ކެޕްޓަން އީލާން ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗުން ރާއްޖެ ލީޑް ނެގިނަމަވެސް ނޭޕާލުން ވަނީ ރާއްޖޭގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

އަދި ދެވަނަ ހާފް ފަށައިގެން ނޭޕާލުން ވަނީ މޮޅަށްކުޅެ ލަނޑުޖަހަން މަސައްކަތްކޮށްފައެވެ. މެޗްގައި ނޭޕާލަށް އެއްވަރުކޮށްދިނީ 86 ވަނަ މިނެޓް ތެރޭގައި ލިބުނު ހިލޭޖެހުމަކުން ތަނަވަސްވި ފުރުސަތެއްގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ނިޝާން ރާޖް އެވެ.

ނޭޕާލާ ދެކޮޅަށް ކުޅުނުމެޗް އެއްވަރުވެ ރާއްޖެ މުބާރާތުން ކެޓިއިރު ލިބިފައިވަނީ ދެ ޕޮއިންޓެވެ. މި ގްރޫޕުން އެއްވަނަ ޓީމުގެ ގޮތުގައި 7 ޕޮއިންޓާއެކު އޮތީ ނޭޕާލެވެ. ދެވަނާގައި ތިން ޕޮއިންޓާއެކު ސްރީލަންކާ އޮތްއިރު، ދެ ޕޮއިންޓާއެކު ތިންވަނަ ލިބެނީ ސްރީލަންކާއަށެވެ. ތާވަލްގެ އެންމެ ފުލުގައި އެއް ޕޮއިންޓާއެކު އޮތީ ބޫޓާނެވެ.

މި ގްރޫޕްގައި މިރޭ ސްރީލަންކާ ނިކުންނާނީ ބޫޓާނާ ދެކޮޅަށެވެ. މިރޭގެ މެޗް އެއްވަރުވިނަމަވެސް، ލަންކާއަށް ސެމީގެ ޖާގަ ލިބޭނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...