އެފްއޭމްގެ ރައީސް، ފީފާ އަދި އޭއެފްސީގެ އިސްވެރިންނާއި އެކު
އެފްއޭމްގެ ރައީސް، ފީފާ އަދި އޭއެފްސީގެ އިސްވެރިންނާއި އެކު
ކުޅިވަރު 21 Mar 2024 | 22:24

އެފްއޭއެމްގެ އިންތިހާބު މަޑުޖައްސާލަން ފީފާއާއި އޭއެފްސީއިން އަންގައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް, (އެފްއޭމް) އިން އަންނަ މަހުގެ ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ އިންތިހާބު މަޑުޖައްސާލަން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއާއި އޭޝިޔާގެ ފުޓްބޯޅައިގެ މައި އިދާރާ އޭްއެފްސީއިން އެފްއޭމްއަށް އަންގައިފި އެވެ.

މިކަން ހާމަކުރެއްވީ އެފްއޭމްގެ އެކްޓިންގ ޖެނެރަލް ސެކެޓްރީ މުހައްމަދު ޖައިޝަން ސައީދު އެވެ.

ޖައިޝަން ނޫސްވެރިންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ފީފާ އަށް އެފްއޭއެމް އާއި ގުޅޭ ގިނަ ޝަކުވާތަކެއް ހުށަހަޅާފައިވާތީ، އެ އިދާރާ އާއި އޭއެފްސީގެ އެންގުމުގެ މަތިން، މިހާރު ކުރަމުން އަންނަ އެފްއޭއެމްގެ އިންތިހާބުގެ ކަންކަން މަޑުޖައްސާލަން ނިންމާފައިވާ ކަމަށެވެ.

އަދި ފީފާއާއި އޭފްސީ އިން ކުރިޔަށް ގެންދާ ތަހުގީގުތަކަށް އެފްއޭމްެއިން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެކަމުގެ ޔަގީންކަން ޖައިޝަން ދެއްވި އެވެ.

އެފްއޭމްގެ އިންތިހާބު ބާއްވަން އެއިދާރާއިން ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 20 ވަނަ ދުވަހަށެވެ. މިއީ އެފްއޭމްގެ އިންތިހާބު މަޑުޖައްސާލަން ފީފާއާއި އޭފްސީ އިން އެންގި ދެވަނަ ފަހަރެވެ. އެގޮތުން މީގެ ކުރިން، އެފްއޭއެމް އިން 31 ޖެނުއަރީގައި ބާއްވަން އުޅުނު އިންތިހާބުގެ ކަންކަން ވެސް ހުއްޓާލަން ޖެހުނީ، ފީފާ އާއި އޭއެފްސީން އެންގުމުންނެވެ.

އެ ފަހަރުގެ އިންތިހާބު ކެންސަލްކުރަން ޖެހުނީ، އެފްއޭއެމް އިން އުސޫލާ އެއްގޮތަށް، އިލެކްޓޯރަލް ކޮމިޓީތައް އައްޔަނުކޮށްފައި ނެތުމުންނެވެ. ފަހުން، އެފްއޭއެމް އިން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި، އިލެކްޓޯރަލް ކޮމިޓީތައް ފާސްކުރި އެވެ. ނަމަވެސް، އެ ކޮންގްރެސް ފީފާ އާއި އޭއެފްސީން ބަލައިގަތްކަން ކަށަވަރެއް ނޫންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...