އާޖެންޓީނާ އާއި ބުރުކީނާ ފާސޯ ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: އާޖެންޓީނާ ޤައުމީޓީމް
އާޖެންޓީނާ އާއި ބުރުކީނާ ފާސޯ ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: އާޖެންޓީނާ ޤައުމީޓީމް
ކުޅިވަރު 04 Oct 2026 | 04:03

ބުރުކީނާ ފާސޯ އަތުން އާޖެންޓީނާއަށް ފަސޭހަމޮޅެއް

ބައިނަލްއަޤްވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި އާޖެންޓީނާ އާއި ބުރުކީނާ ފާސޯ ބައްދަލުކުރިމެޗް، ފަސޭހަކަމާއެކު އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ.

އާޖެންޓީނާގެ ބިއުނަސް އައިރީސްގައި ކުޅުނު ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ 7-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފު ފެށިގެން ވަރަށް ކުރީކޮޅު އާޖެންޓީނާއިން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާފައެވެ. އެގޮތުން މެޗުގެ ހަތަރު ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލައުޓާރޯ މާޓިނޭޒް ވަނީ ޓީމަށް ލީޑު ނަގައިދީފައެވެ. މާޓިނޭޒް ފޮނުވާލި ޕެނަލްޓީ ބުރުކީނާ ފާސޯގެ ކީޕަރު ދިފާއުކުރި ނަމަވެސް، ރީބައުންސްވި ބޯޅަ އޭނާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. އޭގެ ހަތަރު މިނެޓު ފަހުން ބުރުކީނާ ފާސޯގެ މޫމޫނީ ޑިއާލޯ އަތުން ބައިކޮޅަށް ވަން ލަނޑާއެކު އާޖެންޓީނާއަށް ވަނީ ދެ ލަނޑުގެ ލީޑެއް ލިބިފައެވެ.

އާޖެންޓީނާ އާއި ބުރުކީނާ ފާސޯ ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: އާޖެންޓީނާ ޤައުމީޓީމް

މެޗުގެ 12 ވަނަ މިނެޓުގައި ޒުވާން ކުޅުންތެރިޔާ ޖިއަންލޫކާ ޕްރެސްޓިއާނީ ވަނީ އާޖެންޓީނާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މިއީ އޭނާ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. ބުރުކީނާ ފާސޯއަށް މި މެޗުގައި އެދެވޭ ކުޅުމެއް ނުދެއްކުނު މައިގަނޑު ސަބަބަކީ ދަތުރުފަތުރުގެ ދަތިތަކާ ހުރެ މެޗު ފެށެން ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް ދަނޑަށް ދެވުމުންނެވެ. މީގެ އިތުރުން މި މެޗަށް ނިކުމެފައިވަނީ ބުރުކީނާއިން ނިކުތީ 23 އަހަރުން ދަށުގެ ސްކޮޑަކާއެކުގައެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައިވެސް އާޖެންޓީނާގެ ފަރާތުން ފެނުނީ ވަރުގަދަ ކުޅުމެކެވެ. މެޗުގެ 57 ވަނަ މިނެޓުގައި ފްރެންކޯ މަސްޓަންޓުއޯނޯ އޭނާގެ ފުރަތަމަ ގައުމީ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގައި ޖޫލިއާނޯ ސިމިއޯނީ ވަނީ އާޖެންޓީނާގެ ފަހު ލަނޑު ޖަހައިދީ، މެޗުގެ ނަތީޖާ ކަށަވަރުކޮށްދީފައެވެ.

މި މެޗުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ ފެނިގެން ގޮސްފައެއް ނުވެއެވެ. މެސީ އާޖެންޓީނާގެ ޖާޒީގައި ކުޅޭނެ އެންމެ ފަހު މެޗަކީ އަންގާރަ ދުވަހު ބެނިންއާ ދެކޮޅަށް މޮނިއުމެންޓަލް ސްޓޭޑިއަމްގައި ކުޅޭ މެޗެވެ. އެ މެޗަކީ ކެޕްޓަން މެސީ ގައުމީ ޓީމަށް އަލްވަދާއު ކިޔުމަށްޓަކައި ހާއްސަކޮށް ތައްޔާރުވަމުންދާ މެޗެކެވެ

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް
02 Nov 2026 ކުޅިވަރު

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ، މެޗް ފަށައިގެން 16 ވަނަ މިނެޓް ތެރޭގައި ކައި ހާވާޓްޒް އެވެ. މި ނަތީޖާއާއެކު އާސެނަލުން ވަނީ ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ
01 Nov 2026 ކުޅިވަރު

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ޚާއްޞަކޮށް ޓީމާ ގުޅުނު ކެޕްޓަން ބްރޫނޯ ފެނާންޑޭޒާއި އަމަދު ޑިއާލޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް ޗެލްސީގެ ކީޕަރު މައިކް ޕެންޑާސް ވަނީ އެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް
28 Oct 2026 ކުޅިވަރު

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް

މި މައްސަލައިގައި ޝާކާ ވަނީ އޭނާގެ ކުށަށް އިއުތިރާފުވެ، ޒިންމާ އުފުލާފައެވެ. އޭނާގެ އަތުން ކެޕްޓަން ބޭންޑް އަތުލާފައި ނުވި ނަމަވެސް، ކެޕްޓަންކަމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ކޯޗު މުރާތު ޔަކިންއެވެ.

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި
28 Oct 2026 ކުޅިވަރު

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި

އިނގިރޭސިވިލާތުގައި ބާއްވާ އެންމެ ޝަރަފްވެރި އެއް މުބާރާތް ކަމަށްވާ ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފިއެވެ. މި މުބާރާތުން އާސެނަލް ކަޓާފައިވަނީ، ހަތަރުވަނަ ބުރުގައި ރޭ ފްލީޓްވޫޑާ ދެކޮޅަށް ކުޅުނުމެޗުން ޕެނަލްތީ ޖަހަައިގެން ބަލިވުމުންނެވެ. ޕެނަލްޓީއަށް ގޮސްގެން މެޗްގެ ނަތީޖާ ނެރެފައިވަނީ މެޗްގެ ކުޅުމުގެ ތެރޭގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ނަތީޖާ ނުނެރެވުމުންނެވެ.