N/A
N/A
ދީން 12 Jun 2026 | 07:49

އިސްލާމްދީނަށްޓަކައި އަނބިދަރިން އަދި މުދާތައް ދޫކުރައްވައި ހިޖުރަ ކުރެއްވި ބައެއް ސަޙާބީން

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ކީރިތި ރަސޫލާ ﷺ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގެ މަތިވެރި ޙާދިޘާއާ ޞަޙާބީން އެބޭފުޅުންގެ އަމިއްލަ މުދަލާައި އަނބިދަރިން ދޫކުރައްވައި ވެލެއްވި ޤުރުބާނީއާމެދެ ފުންކޮށް ވިސްނައި، އެ ދެއްކެވި ނަމޫނާއިން ފިލާވަޅު ލިބިގަތުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

"ހިޖުރައިގެ ޢިބުރަތްތަކުގެ ތެރެއިން" މި މައުޟޫޢަށް ރާއްޖޭގެ އެކިކޮޅުތަކުގައި މިއަދު އިއްވި ޚުތުބާގައި ބުނީ، ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުން ކަމަށެވެ. މިކަމަށް ބާރުއަޅުއްވައި ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ، އެންމެ މާތްކަން ބޮޑު ހިޖުރައަކީ ތިމާގެ ވެރިރަސްކަލާނގެ ރުހިވޮޑިނުގަންނަވާ ކަންތައްތައް ދޫކޮށްލުން ކަމަށެވެ.

ޚުތުބާގައި ފާހަގަކުރި ގޮތުގައި، ހިޖުރައިން ލިބޭ އެންމެ އަގުހުރި އެއް ފިލާވަޅަކީ ދީނަށްޓަކައި ޤުރުބާންވުމުގެ މަތިވެރި ފިލާވަޅެވެ. ކީރިތި ރަސޫލާ ﷺ އެކަލޭގެފާނު އުފަންވި ވަޒަނާއި އާއިލާ ދޫކުރައްވައި ނުކުމެވަޑައިގަތީ އިސްލާމްދީނުގެ ދިފާޢުގައެވެ.

މީގެ އިތުރުން، އުންމު ސަލަމާއާއި ޞުހައިބުއްރޫމީ ފަދަ ބޭކަލުން ދީނަށްޓަކައި އެބޭކަލުންގެ އާއިލާއާއި މުދާ ޤުރުބާންކުރެއްވި ގޮތަކީ މިއަދުގެ މުސްލިމުންނަށް އޮތް ވަރުގަދަ ދަރުސެއްކަން ފާހަގަކޮށް އެ ޞަޙާބީންގެ ޙަޔާތުގެ ހާދިސާތަކުގެ މައްޗަށްވަނީ ކުރު ގޮތަކަށް އަލިއަޅުވާލާފައެވެ.

އެގޮތުން ބުނީ މި އުންމަތުގައި އެންމެ ފުރަތަމަ ހިޖުރައަށް ނުކުމެވަޑައިގެން އަންހެން ސާހިބާ އަކީ އުންމު ސަލަމާ ކަމަށެވެ. އެކަމަނާ ނުކުމެވަޑައިގެންނެވީ ފިރިކަލުންނާއިއެކުގައެވެ.

އުންމު ސަލަމާއާއި އެކަމަނާގެ ފިރިކަލުން އަބޫސަލަމާއާއި ދެ އަހަރު ނުވާ ދަރިކަލުން ސަލަމާ ހިޖުރައަށް ނުކުމެވަޑައިގަތުމުން އުންމު ސަލަމާގެ ޢާއިލާއިން އެ ކަމަނާ ހިޖުރައަށް ވަޑައިގަތުން މަނާކުރިއެވެ. އެއާ އެކު ފިރިކަލުންގެ ޢާއިލާއިން ހުރަސްއަޅައި ދަރިކަލުން ސަލަމާ އަތުލިއެވެ. އެހެންވެ މަންމައާއި ބައްޕައާއި ދަރިފުޅު ވަކިވިއެވެ. އެހެން ނަމަވެސް އެ ޙާލަތުގައި ޢާއިލާއަށް ވުރެ އިސްލާމްދީން އިސްކުރައްވައި ދީނަށް ޓަކައި އަބޫސަލަމާ ހިޖުރަކުރެއްވިއެވެ. އުންމުސަލަމާ މައްކާގައި ފިރިކަލުންނާއި ދަރިކަލުންނާ ވަކީން އެތައް ދުވަސްތަކެއް ހޭދަކުރެއްވުމަށް ފަހު ދަރިކަލުންނާއި ފިރިކަލުންގެ އަރިއަހަށް މަދީނާއަށް ހިޖުރަކުރެއްވިއެވެ.

ޚުތުބާގައި ކިޔައިދީފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނިގޮތުއި، ޞުހައިބުއްރޫމީއަށް މައްކާގެ މުޝްރިކުން ދެންނެވީ ކަލޭގެފާނުގެ މުޅި މުދާ ދޫކޮށްފައި ހިޖުރައަށް ވަޑައިގެންނެވިދާނެ ކަމުގައެވެ.

އެހެންކަމުން އެކަލޭގެފާނުގެ މުޅި މުދާ اللهގެ މަގުގައި ދޫކޮށްލެއްވުމަށް ފަހު ހިޖުރަކުރެއްވިއެވެ. މި ކަން އެނގިވަޑައިގަތުމުން ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. (رَبِحَ صُهَيْبٌ، رَبِحَ صُهَيْبٌ) މާނައީ: "ޞުހައިބު ފައިދާހުރި ވިޔަފާރިއެއް ކުރައްވައިފިއެވެ. ޞުހައިބު ފައިދާހުރި ވިޔަފާރިއެއް ކުރައްވައިފިއެވެ." މި ކަމާ މެދު މާތް الله ވަޙީކުރައްވައިފައި ވާ ބަސްފުޅުގެ މާނައީ: "އަދި اللهގެ ރުހިވޮޑިގަތުން އެދި (އެކަލާނގެއަށް) ތިމާގެ ނަފުސު ދޫކޮށްލާ މީހުން ވެސް މީސްތަކުންގެ ތެރެއިން ވެއެވެ. اللهއީ، އަޅުތަކުންނާ މެދު، ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ."

ޚުތުބާ

ޚުތުބާގައި ބުނި ގޮތުގައި ކަމެއް ކާމިޔާބުކުރުމަށްޓަކައި ފުރިހަމައަށް ރޭވުންތެރިކަން އިސްކުރުމަކީ ހިޖުރައިން ލިބޭ އަނެއް މުހިންމު ފިލާވަޅެވެ. އަބޫބަކުރުގެފާނު ދަތުރުގެ ސަވާރީ ތައްޔާރުކުރެއްވުމާއި، ޢަލީގެފާނު ރަސޫލާ ﷺ ގެ ދާންމަތިކޮޅުގައި އަވަހާރަފުޅުލެއްޕެވުމާއި، އަސްމާ ބިންތި އަބޫބަކުރު ފަރިއްކޮޅު އެރުވުމުގައި ކުރެއްވި ބުރަ މަސައްކަތަކީ ފުރިހަމަ ރޭވުންތެރިކަމުގެ މިސާލުތަކެވެ.

ޚުތުބާގައި އިތުރަށް ބުނީ، ދަތި އުނދަގޫ ވަގުތުތަކުގައި ވެސް މާތް ﷺ އަށް ވަކީލުކޮށް، އީމާންކަންމަތީ ސާބިތުވެ ތިބުމުގެ މުހިންމުކަން ހިޖުރައިގެ ދަތުރުފުޅުން އެނގިގެންދާ ކަމަށެވެ. ޘައުރު ފަރުބަދައިގެ ހޮހަޅައިގައި ތިއްބެވި ހިނދު ރަސޫލާ ﷺ ދެއްވި ޔަޤީންކަމަކީ ކޮންމެ މުސްލިމަކުވެސް ނަމޫނާއަކަށް ބަލަންޖެހޭ ކަމެކެވެ.

ޚުތުބާ ނިންމާލަމުން ގޮވާލާފައިވަނީ، އިސްލާމްދީނާ ޚިލާފަށް ކުރެވޭ ކަންކަން ދޫކޮށް، މާތް الله އާއި އެކަލާނގެ ރަސޫލާ ގެނެސްދެއްވި ތެދުމަގަށް ހިތުގެ ހިޖުރައެއް ކުރުމަށެވެ. އަދި ހިޖުރައިގެ މި ޒިކުރާއަކީ އިސްލާމީ ދައުލަތުގެ ބިންގާ އެޅިގެންދިޔަ މަތިވެރި ފެށުންކަން ހަނދާންކޮށް، ދީނުގެ މަގުގައި ސާބިތުވެ ތިބުމަށް ހުރިހާ މުސްލިމުންނަށް ވަނީ ނަޞޭޙަތްތެރިވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ
09 Oct 2026 ދީން

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތު...

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ
02 Oct 2026 ދީން

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ

މިއަދުގެ ދިރިއުޅުމުގައި ކުރިމަތިވާ ހާސްކަމާއި، ނަފުސާނީ އެކި ގޮންޖެހުންތަކާއި ތަކުލީފުތަކަށް އޮތް އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން ކަމަށް މިއަދުގެ ހ...

ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން: ހުކުރު ޚުތުބާ
25 Sep 2026 ދީން

ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން: ހުކުރު ޚުތުބާ

މިއަދުގެ ޒަމާނުގައި މާއްދީ ގޮތުން ކިތަންމެ ކުރިއަރައި ފަސޭހަތައް އިތުރުވި ނަމަވެސް، ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަމާއި އަދި ނަޖާވުން ލިބެން އޮތީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެތިބެގެން ކަމަށް މިއ...

ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ: ހުކުރު ޚުތުބާ
18 Sep 2026 ދީން

ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ: ހުކުރު ޚުތުބާ

ދަރަންޏެއް ނަގަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ރިބާ އެކުލެވޭ ދަރަނިތަކާ ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި މުޅި ރާއްޖޭގެ މުސްލިމުންނަށް ގޮވާލައިފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި...

އިސްލާމްދީނުގެ އަސާސްތައް ރާއްޖޭގައި ދާއިމަށް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ: ޚުތުބާ
11 Sep 2026 ދީން

އިސްލާމްދީނުގެ އަސާސްތައް ރާއްޖޭގައި ދާއިމަށް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ: ޚުތުބާ

ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެ...

ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި މައިންބަފައިން ހިމެނޭ؛ އެފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ: ޚުތުބާ
04 Sep 2026 ދީން

ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި މައިންބަފައިން ހިމެނޭ؛ އެފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ: ޚުތުބާ

ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި އެމީހުންނަށް އެންމެ ބޮޑަށް އަޅާލަންޖެހޭ މައިންބަފައިންވެސް ހިމެނޭ ކަމަށާ، އެފަދަ ފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފ...