ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އަރުވާލެވިގެން ހުންނެވުމަށްފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދި ދެންމެއަކު ރާއްޖެ ވަޑައިގެންފިއެވެ.
އެމަނިކުފާނު ދަތުރުކުރެއްވި ސްރީލަންކަން އެއަރލައިންސްގެ ފްލައިޓް ޔޫއެލް 115، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވާއިރު، އެއަރޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން އެމަނިކުފާާނުގެ އާއިލާގެ ބޭފުޅުންނެވެ.
ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އެމަނިކުފާނު މާލެ ވަޑައިގަތުމަށް ދަތުރުފުޅު ފައްޓަވާއިރު، މާލޭގެ ރަސްމީ ފާލަމުން ފެށިގެން، މަޖީދީ މަގުން ގޮސް، ބޮޑުތަކުރުފާނު މަގާއި ހަމައަށްވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް މީހުން އެއްވެފައެވެ.
އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަނީ މީހުން މާލެއަަށް ޖަމާވެފައެވެ.
މިއަދު އިރުއޮއްސި ހައެއް ޖަހާއިރު، އެމަނިކުފާނު ނޫސްވެރިންނާއި ބައްދަލުުކުރައްވަން ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް