ޚާލިދުއަށް އައްސަރިބަހާއި ސާބަސް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކުޑަކުދިން ބަގީޗާ ކައިރީ ކުޅޭއެއްޗެހި ވިއްކަމުން އަންނަ ނުކުޅެދުންތެރިކަން ހުރި ޙާލިދުއަށް ގިނަ ބައެއްގެ ތައުރީފު މީސްމީޑިއާގައި އޮހެން ފަށައިފިއެވެ.
ޙާލިދު އަކީ ނުކުޅެދުންތެރިކަން ހުރިނަމަވެސް އަމިއްލައަށް ކުދިކުދި ކުޅޭއެއްޗެހި ވިއްކައިގެން ލާރިހޯދާ ފަރާތެކެވެ.
ފޮޓޯއިން ފެންނަގޮތުގައި ޙާލިދު ކުޑަކުދިންގެ ބަގީޗާ ދޮށުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުނަށް ހާއްސަ ސައިކަލެއްގައި ހުރެ ކުޑަކުދިންނަށް ކުޅޭ އެއްޗެހި ވިއްކަމުން ދާތަންފެނެއެވެ. އަދި ސައިކަލުގައި ޙާލިދު ވިއްކާ ކުޅޭއެއްޗެހީގެ އަގު އެނގޭނެ ފަދައިން ޖަހާފައިވެއެވެ.
އެންމެ ފާހަގަކުރެވުނު ކަމަކީ މި ގަނޑުކޮޅުގައި ވާ އިބާރާތްކޮޅެވެ. "އަމިއްލަ ނަފްސާދޭތެރޭ ކުރެވޭ އުއްމީދުތައް ދުއްވާނުލާން ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ އަމިއްލަ ފައިމައްޗައް ތެދުވެ ކޮންމެސް ކަމެއް ކުރުން" މިފަދައިން ލިޔެފައި ވެއެވެ.
ސިއްހަތު ރަނގަޅައް ތިބެ މާލޭ ތެރޭ ސަލާންޖަހާ ގިނަ ބަޔަކު ހަރަކާތްތެރިވަމުން އަންނަ އިރު ޙާލިދު މި ދެއްކީ ނަމޫނާ މިސާލެވެ.
މި ޕޮޓޯ މީސްމީޑިއާގައި އާއްމު ވުމުން ވެސް ގިނަ ބަޔަކު ބުނަމުން އަންނަނީ އޭނައެއީ އެފަދަ މީހުންނަށް ހުރި ނަމޫނާ އެއް ކަމަށެވެ.
އަނެއްބަޔަކު ބުނަމުން އަންނަނީ އޭނަ ކުޅޭ އެއްޗެހި ވިއްކަނީ ކޮންމެހެން ރުފިޔާ ހޯދަން ނޫންކަމަށެވެ. އެއީ އޭނަ ބޭރުތެރެއަށް ނުކުމެ އުޅުމަށް ކުރާ މަސައްކަތެކެވެ.
ކޮންމެ ގޮތަކަށް ވިއަސް މިއީ މިހާރު މި ދިވެހި މުޖްތަމައުން މަދުން ނުފެންނަ ފަދަ ހިތްވަރުގަދަ ބޭފުޅެކެވެ.
ޚާލިދު ދަންނަ ކޮންްމެ ބޭފުޅަކުވެސް ބުނނަނީ އޭނައަކީ ވަރަށް ހިތްހެޔޮ އަދި މީހުންނާ ހިނިތުންވުމުގެ މޫނަކާއެކު އަބަދުވެސް ބައްދަލު ކުރައްވާ ބޭފުޅެއްކަމުގައެވެ.
ކޮންމެ މީހަކުވެސް އެއްޗެއް ގަންނަން ބޭނުން ނުވިނަމަވެސް މިފަދަ ބޭފުޅަކަށް އެހީ ވުމުގެގޮތުން އެމީހުން އަތުން އެއްޗެއް ގަންނަމާތޯއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް