އިސްލާމްއާބާދަށް ދިން ހަމަލާގެ ތެރެއިން... ފޮޓޯ؛ އޭޕީ
އިސްލާމްއާބާދަށް ދިން ހަމަލާގެ ތެރެއިން... ފޮޓޯ؛ އޭޕީ
ދުނިޔެ 12 Nov 2025 | 03:06

އިސްލާމްއާބާދަށް ދިން ހަމަލާ: ޕާކިސްތާނުގެ ތުހުމަތެއް އިންޑިއާއަށް

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

އިސްލާމްއާބާދަށް ދިން ނުރައްކާތެރި ހަމަލާގެ ފަހަތުގައި އިންޑިއާގެ ބައިވެރިވުން އޮތްކަމަށް ޕާކިސްތާނުން ތުހުމަތުކޮށްފިއެވެ.

އިސްލާމްއާބާދުގެ ކޯޓު އިމާރާތެއް ކައިރީ ދިން މި ހަމަލާގައި 12 މީހަކު މަރުވެފައިވާއިރު، 25 ހަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މީގެ ތެރޭގައި ސަލާމަތީ ބާރުތަކަށް ނިސްބަތްވާ 3 އޮފިސަރަކު ހިމެނޭކަމަށް ޕާކިސްތާނު ސަރުކާރުން ވަނީ ބުނެފައެވެ. މިއީ 2008 ވަނަ އަހަރަށްފަހު އިސްލާމްއާބާދުގައި ދިން ބޮންގޮއްވާލުމުގެ އެންމެ ވަރުގަދަ ހަމަލާއެވެ.

މިކަމާ ގުޅިގެން ޕާކިސްތާނުގެ ސަރުކާރުން ވަނީ ހަމަލާގެ ފަހަތުގައި އިންޑިއާގެ ބައިވެރިވުން އޮތްކަމަށް ތުހުމަތުކޮށްފައެވެ. ހަމަލާއާ ބެހޭގޮތުން ވާހަކަދައްކަވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ ހަމަލާ ދީފައިވަނީ އަފްޢާނިސްތާނަށް ނިސްބަތްވާ ޓެރަރިސްޓް ޖަމާއަތަކުންކަމަށާއި، އެމީހުންނަކީ އިންޑިއާގެ އެކި ފަރާތްތަކުގެ ތާއީދު އޮންނަ ބައެއްކަމަށެވެ. މިއީ އެފަރާތްތަކުން ހިންގާ ވަރަށް ބިރުވެރި އަމަލެއްކަމަށެވެ. ބޮޑުވަޒީރު ވިދާޅުވީ ބޭރުގެ ފަރާތްތަކާ ގުޅުން އޮންނަ ޓެރަރިސްޓް ޖަމާއަތްތައް ނައްތާލުމަކީ އެޤައުމުން ކުރާނެ ކަމެއްކަމަށާއި، އިސްލާމްއާބާދުގައި ދިން ހަމަލާއަކީ އެޤައުމުެގ މިނިވަންކަމަށް ދިން ހަމަލާއެއްކަމަށެވެ.

އަދި މި ހަމަލާތަކަކީ އަފްޢާނުގެ ފަސްގަނޑުގައި ރޭވިގެން ދިން ހަމަލާއެއްކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ. މިކަމުގައި އިންޑިއާ ސަރުކާރުގެ ބައިވެރިވުން އޮތްކަމަށް ވިދާޅުވެ ބޮޑުވަޒީރު ވަނީ ފެނިގެންމިދިޔައީ އިންޑިއާއިން ޓެރަރިސްޓުންނަށް ވާގިވެރިވާ މަންޒަރުކަމަށްވެސް ފާހަގަކުރެއްވިއެވެ.

ބެލެވޭގޮތުގައި ޕާކިސްތާނުގެ މި ތުހުމަތުތައް އިންޑިއާ ސަރުކާރަށް އަމާޒުކޮށްފައިމިވަނީ، މި ފަހަކަށް އައިސް އަފްޢާނިސްތާނުގެ ތާލިބާނުންނާއި އިންޑިއާ ސަރުކާރާ ދެމެދު ބަދަހިވަމުންދާ ގުޅުމުގެ ސަބަބުންނެވެ. އިންޑިއާ ސަރުކާރުން ވަނީ ދާދިފަހަކުން ތާލިބާނުންނަށް ގިނަ އަދަދެއްގެ ސިއްހީ އާލާތްތައް ހަދިޔާކޮށްފައެވެ.

އިސްލާމް އާބާދުގައި ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާގެ ޒިންމާ ނަގާފައިވަނީ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ ޖަމާޢަތުލްއަޙްރާރު (ޖޫއާ) ނަމަކަށްކިޔާ ޖަމާއަތަކުންނެވެ. އެ ގްރޫޕަކީ ތާލިބާނުން ވާގިވެރިވާ ގްރޫއްޕެއްކަމަށް ޕާކިސްތާނު ސަރުކާރުން ފާހަގަކުރެއެވެ.

އިސްލާމްއާބާދަށް ބޮމުގެ ހަމަލާއެއް ދީފައިވާއިރު އިންޑިއާގެ ނިއުދިއްލީއަށްވެސް ވަނީ މި ފަހުން އެފަދަ ނުރައްކާތެރި ހަމަލާއެއް ދީފައެވެ. އެ ހަމަލާގައި 14 މީހަކު މަރުވެ އެތައް ބަޔަކަށްވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ
13 Oct 2026 ދުނިޔެ

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ

މި ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ރިޔާޟުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

މި އަހަރުގެ ފުރަތަމަ 9 މަސްދުވަހު ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
10 Oct 2026 ދުނިޔެ

މި އަހަރުގެ ފުރަތަމަ 9 މަސްދުވަހު ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ

މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން 1,232 ހަމަލާއެއް ދީ، އެގައުމުގެ މަސްރަހު ނުރައްކަލުގެ ތެރެއަށް ވައްޓާލައިފިކަމަށް ތަފާސްހިސާބުތަކުން ދައްކައިފ...

މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށް، ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް ފޮނުވަން ނިންމައިފި
06 Oct 2026 ދުނިޔެ

މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށް، ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް ފޮނުވަން ނިންމައިފި

ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުނ...

ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
26 Sep 2026 ދުނިޔެ

ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ

ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެއެވެ. މި ހަމަލާ ދީފައިވަނީ ހޮނިހިރު ދުވަހު ޕާކިސްތާނުގެ ހުޅަނގު އުތުރުގައި އޮންނަ ޚައިބަރު ޕަޚްތޫންޚްވާ ޕްރޮވި...

ޙޫޘީންގެ ހަމަލާތަކުން ސަޢޫދީ ދިފާޢުކުރުމަށް ތިން ޤައުމެއްގެ ކުއްލި ބައްދަލުވުމެއް
25 Sep 2026 ދުނިޔެ

ޙޫޘީންގެ ހަމަލާތަކުން ސަޢޫދީ ދިފާޢުކުރުމަށް ތިން ޤައުމެއްގެ ކުއްލި ބައްދަލުވުމެއް

ޔަމަނުގެ ޙޫޘީ ޖަމާޢަތުން ސަޢޫދީ ޢަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ގުޅިފައިވާ ދިފާޢީ އެއްބަސްވުމެއްގެ ދަށުން ސަޢޫދީއަށް އެހީތެރިވެވޭނެ ގޮތްތައް މަޝްވަރާކުރުމަށް ސަޢޫދީ ޢަރަބިއްޔާ އާއި ތުރުކީ ...

ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި
23 Sep 2026 ހަބަރު

ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި

ޕާކިސްތާންގެ ޤައުމީ އެއާލައިންސް (ޕީއައިއޭ) އިން އެ ކުންފުންޏަށް އާ މަތިންދާބޯޓުތައް ހޯދައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ. މި ކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ ...