ނޯވޭ އާއި ޕޯޗްގަލް ބައްދަލުކުރިމެޗްގެ ތެރެއިން..
ނޯވޭ އާއި ޕޯޗްގަލް ބައްދަލުކުރިމެޗްގެ ތެރެއިން..
ކުޅިވަރު 28 Sep 2026 | 09:40

ނޯވޭ އަތު ޕޯޗްގަލް މޮޅުވިމެޗްގައި ރޮނާލްޑޯ އިނީ ބެންޗުގައި ކުޅިބަލަން

މިހާރު ކުރިއަށްދާ ޔުއެފާ ނޭޝަންސް ލީގްގައި ޕޯޗްގަލް އާއި ނޯވޭ ބައްދަލުކުރިމެޗް ޕޯޗްގަލް ކާމިޔާބުކޮށްފިއެވެ.

ނޯވޭގައި ކުޅުނު މިމެޗް ޕޯޗްގަލް ކާމިޔާބުކުރީ 2-1 ގެ ނަތީޖާއިންނެވެ. މެޗުގެ އެންމެ ފުރަތަމަ ލަނޑު ޖަހައި ޕޯޗުގަލްއަށް ކުރިހޯދައިދިނީ 17 ވަނަ މިނެޓް ތެރޭގައި ޔާއޯ ފެލިކްސްއެވެ. ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު ހާލަންޑް ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިއީ ނޭޝަންސް ލީގުގައި ހާލަންޑް ޖެހި 22 ވަނަ ލަނޑެވެ. މިއާއެކު އޭނާ ވަނީ މި މުބާރާތުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު އިތުރަށް ފުޅާކޮށްފައެވެ.

ނޯވޭ އިން މެޗް އެއްވަރުކުރިނަމަވެސްއޭގެ އިރުކޮޅެއްފަހުން ގޯލްކީޕަރު އޮރްޖަން ނައިލަންޑަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޕޯޗުގަލްގެ ގޮންކާލޯ ރާމޯސް ވަނީ ލަނޑެއް ޖަހައި ދެވަނަ ފަހަރަށް ޕޯޗްގަލްއަށް ލީޑް ނަގައިދީފައެވެ.

ކެރިއަރުގައި 1،000 ލަނޑު ޖެހުމުގެ އުއްމީދުގައި ހުރި ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ މި މެޗްގައި އިންނަން ޖެހުނީ ބެންޗުގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި
22 Nov 2026 ކުޅިވަރު

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި

އާސެނަލްއަށް މެޗުގެ ތެރެއިން ކުރިމަތިވި އެންމެ ބޮޑު ކަންބޮޑުވުމަކީ އެޓީމުގެ އިތުބާރު ގޯލްކީޕަރު ޑޭވިޑް ރާޔާގެ ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކުރަން ޖެހުމެވެ. ކޯޗު މައިކަލް އާޓެޓާ ބުނިގޮތުގައި ރާޔާގެ އަނިޔާގެ ސީދާ ތަފްސީލެއް އެނގޭނީ މެޑިކަލް ޓެސްޓުތަކަށް ފަހުގައެވެ

ފްލަމް މެޗް އެއްވަރުވެ، މެންޗެސްޓަރ ސިޓީއަށް ނުތަނަވަސްކަން
21 Nov 2026 ކުޅިވަރު

ފްލަމް މެޗް އެއްވަރުވެ، މެންޗެސްޓަރ ސިޓީއަށް ނުތަނަވަސްކަން

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ލިބުނު ޕޮއިންޓާއެކު، ސިޓީ ޖެހިޖެހިގެން ބަލިވަމުން އައި ސިލްސިލާއަށް ނިމުމެއް އައި ނަމަވެސް، ޓީމުގެ ކުޅުމާމެދު ސަޕޯޓަރުންގެ މެދުގައި ވަނީ ނުތަނަވަސްކަން ކުރިމަތިވެފައެވެ.

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ މެޑްވެޑެވް ރާއްޖެއަށް އަންނަން ކެތްމަދުވެފައި
21 Nov 2026 ކުޅިވަރު

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ މެޑްވެޑެވް ރާއްޖެއަށް އަންނަން ކެތްމަދުވެފައި

މެޑްވެޑެވް އަކީ، މީގެ ކުރިން އޭޓީޕީ ވޯލްޑް ޓުއާގެ އެއްވަނަ ހޯދާފައިވާ އަދި 2021 ވަނަ އަހަރުގެ ޔޫއެސް އޯޕަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ވެސް ހޯދާފައިވާ ރަޝިޔާއަށް ނިސްބަތްވާ ނަން މަޝްހޫރު ޓެނިސް ކުޅުންތެރިއެކެވެ. އޭނާ ވަނީ، އޭޓީޕީ ވޯލްޑް ޓުއާ ސިންގަލްގެ 25 ޓައިޓަލް މިހާތަނަށް ހޯދާފައެވެ.

އަދިވެސް މިފެންވަރުގައި ހިފަހައްޓާލެވޭނެ: ވެންޑައިކް
21 Nov 2026 ކުޅިވަރު

އަދިވެސް މިފެންވަރުގައި ހިފަހައްޓާލެވޭނެ: ވެންޑައިކް

ލިވަޕޫލް ދޫކޮށްލަން ޖެހިއްޖެ ނަމަ އެއީ އޭނާއަށާއި އޭނާގެ އާއިލާއަށް ވަރަށް އަސަރުގަދަ ވަގުތަކަށް ވާނެ

ހެރީ ކޭންއަށް ލިބުނު އަނިޔާއަކާ ގުޅިގެން ދުވަސް ކޮޅަކަށް ކުޅުމާ ދުރަށް
21 Nov 2026 ކުޅިވަރު

ހެރީ ކޭންއަށް ލިބުނު އަނިޔާއަކާ ގުޅިގެން ދުވަސް ކޮޅަކަށް ކުޅުމާ ދުރަށް

ކޭންއަށް މި އަނިޔާ ލިބުނީ މެޗުގެ 20 ވަނަ މިނެޓުގައި ކޯލޯންގެ ޑިފެންޑަރު ޖޮއެލް ޝްމިޑް ކުރި ޗެލެންޖެއްގެ ތެރެއިންނެވެ

މެސީ ނެތި މިފަހަރު އާޖެންޓީނާއިން ދައްކާލީ ޓީމުގެ ކުރިމަގުގެ އުއްމީދު
19 Nov 2026 ކުޅިވަރު

މެސީ ނެތި މިފަހަރު އާޖެންޓީނާއިން ދައްކާލީ ޓީމުގެ ކުރިމަގުގެ އުއްމީދު

ކޮސްޓަރިކާ ކާމިޔާބީއާ ގުޅޭގޮތުން ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނަނީ، މިއީ އާޖެންޓީނާގެ ތާރީޚުގައި މެސީގެ ހިޔަނިން ބޭރުވެ، އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.