ލިވަޕޫލްގެ އެކިޓިކޭ ލަނޑުޖެހުމަށްފަހު.. ފޮޓޯ: ލިވަޕޫލް
ލިވަޕޫލްގެ އެކިޓިކޭ ލަނޑުޖެހުމަށްފަހު.. ފޮޓޯ: ލިވަޕޫލް
ކުޅިވަރު 19 Mar 2026 | 10:46

ޗެމްޕިއަންސްލީގް ކުއާޓާ ފައިނަލުގެ ޖާގައެއް ލިވަޕޫލަށް

ޔުއެފާ ޗެމްޕިއަންސްލީގް ކުއާޓާ ފައިނަލުގެ ޖާގައެއް އިނގިރޭސިވިލާތުގެ ލިވަޕޫލް ހޯދައިފިއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ލިވަޕޫލް ހޯދާފައިވަނީ، ރޭ ތުރުކީގެ ގަލަތަސަރާއީ އާ ދެކޮޅަށް ކުޅުނުމެޗް ކާމިޔާބުކޮށްގެންނެވެ. އެންފީލްޑްގައި ކުޅުނު މިމެޗް ލިވަޕޫލް ކާމިޔާބުކުރީ 1-4 ގެ ނަތީޖާއަކުންނެވެ. މި ލެގްގައި ކުޅުނު ފުރަތަމަ މެޗް ގަލަތަސަރާއީން ކާމިޔާބުކޮށްފައިވާތީވެ، ރޭގެ މެޗަށް ލިވަޕޫލް ނިކުތީ ވަރަށްބޮޑަށް ތައްޔާރުވެގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ލިވަޕޫލަށް ގޯލް ހުޅުވާލަދިނީ 25 ވަނަ މިނެޓް ތެރޭގައި ސޮބޮޒްލާއީ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލަށް ލީޑް ފުޅާކުރުމަށް ރަނުގެ ފުރުސަތެއް ވަނީ ލިބިގެންގޮސްފައެވެ. ނަމަވެސް ސަލާ ޖެހި ޕެނަލްޓީ ވަނީ ކީޕަރު ދިފާއުކޮށްފައެވެ.

މެޗްގައި ފެނިގެންދިޔަ އިތުރު ލަނޑުތައް ލިވަޕޫލުން ޖަހާފައިވަނީ ފަހު ހާފްގައެވެ. ދެވަނަ ހާފްގައި ލިވަޕޫލްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ، އެކިޓިކޭ، ގްރަވެންބަޗް، އެވެ. ފަހު ލަނޑު ކާމިޔާބުކޮށްދިނީ ސަލާ އެވެ.

ޔުއެފާ ޗެމްޕިއަންސްލީގް ކުއާޓާ ފައިނަލުގައި ލިވަޕޫލް ނިކުންނާނީ، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި
22 Nov 2026 ކުޅިވަރު

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި

އާސެނަލްއަށް މެޗުގެ ތެރެއިން ކުރިމަތިވި އެންމެ ބޮޑު ކަންބޮޑުވުމަކީ އެޓީމުގެ އިތުބާރު ގޯލްކީޕަރު ޑޭވިޑް ރާޔާގެ ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކުރަން ޖެހުމެވެ. ކޯޗު މައިކަލް އާޓެޓާ ބުނިގޮތުގައި ރާޔާގެ އަނިޔާގެ ސީދާ ތަފްސީލެއް އެނގޭނީ މެޑިކަލް ޓެސްޓުތަކަށް ފަހުގައެވެ

ފްލަމް މެޗް އެއްވަރުވެ، މެންޗެސްޓަރ ސިޓީއަށް ނުތަނަވަސްކަން
21 Nov 2026 ކުޅިވަރު

ފްލަމް މެޗް އެއްވަރުވެ، މެންޗެސްޓަރ ސިޓީއަށް ނުތަނަވަސްކަން

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ލިބުނު ޕޮއިންޓާއެކު، ސިޓީ ޖެހިޖެހިގެން ބަލިވަމުން އައި ސިލްސިލާއަށް ނިމުމެއް އައި ނަމަވެސް، ޓީމުގެ ކުޅުމާމެދު ސަޕޯޓަރުންގެ މެދުގައި ވަނީ ނުތަނަވަސްކަން ކުރިމަތިވެފައެވެ.

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ މެޑްވެޑެވް ރާއްޖެއަށް އަންނަން ކެތްމަދުވެފައި
21 Nov 2026 ކުޅިވަރު

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ މެޑްވެޑެވް ރާއްޖެއަށް އަންނަން ކެތްމަދުވެފައި

މެޑްވެޑެވް އަކީ، މީގެ ކުރިން އޭޓީޕީ ވޯލްޑް ޓުއާގެ އެއްވަނަ ހޯދާފައިވާ އަދި 2021 ވަނަ އަހަރުގެ ޔޫއެސް އޯޕަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ވެސް ހޯދާފައިވާ ރަޝިޔާއަށް ނިސްބަތްވާ ނަން މަޝްހޫރު ޓެނިސް ކުޅުންތެރިއެކެވެ. އޭނާ ވަނީ، އޭޓީޕީ ވޯލްޑް ޓުއާ ސިންގަލްގެ 25 ޓައިޓަލް މިހާތަނަށް ހޯދާފައެވެ.

އަދިވެސް މިފެންވަރުގައި ހިފަހައްޓާލެވޭނެ: ވެންޑައިކް
21 Nov 2026 ކުޅިވަރު

އަދިވެސް މިފެންވަރުގައި ހިފަހައްޓާލެވޭނެ: ވެންޑައިކް

ލިވަޕޫލް ދޫކޮށްލަން ޖެހިއްޖެ ނަމަ އެއީ އޭނާއަށާއި އޭނާގެ އާއިލާއަށް ވަރަށް އަސަރުގަދަ ވަގުތަކަށް ވާނެ

ހެރީ ކޭންއަށް ލިބުނު އަނިޔާއަކާ ގުޅިގެން ދުވަސް ކޮޅަކަށް ކުޅުމާ ދުރަށް
21 Nov 2026 ކުޅިވަރު

ހެރީ ކޭންއަށް ލިބުނު އަނިޔާއަކާ ގުޅިގެން ދުވަސް ކޮޅަކަށް ކުޅުމާ ދުރަށް

ކޭންއަށް މި އަނިޔާ ލިބުނީ މެޗުގެ 20 ވަނަ މިނެޓުގައި ކޯލޯންގެ ޑިފެންޑަރު ޖޮއެލް ޝްމިޑް ކުރި ޗެލެންޖެއްގެ ތެރެއިންނެވެ

މެސީ ނެތި މިފަހަރު އާޖެންޓީނާއިން ދައްކާލީ ޓީމުގެ ކުރިމަގުގެ އުއްމީދު
19 Nov 2026 ކުޅިވަރު

މެސީ ނެތި މިފަހަރު އާޖެންޓީނާއިން ދައްކާލީ ޓީމުގެ ކުރިމަގުގެ އުއްމީދު

ކޮސްޓަރިކާ ކާމިޔާބީއާ ގުޅޭގޮތުން ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނަނީ، މިއީ އާޖެންޓީނާގެ ތާރީޚުގައި މެސީގެ ހިޔަނިން ބޭރުވެ، އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.