އެންޓި-ޑިފެކްޝަން ގާާނޫނު އުވާލައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވާ ޕާޓީއިން ވަކިވެއްޖެނަމަ، އެ ފަރާތްތަކުގެ ގޮނޑި ގެއްލޭ އެންޓި-ޑިފެކްޝަން ގާނޫނު، އުވާލުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުން މިގޮތަށް ނިންމާފައިވަނީ މިރޭގެ ޖަލްސާއަށް ހާޒިރުވެ ވަޑައިގެން ތިއްބެވި 37 މެންބަރުންގެ އިއްތިފާގުންނެވެ. މި ގާާނޫނު އުވާލަން ނުފެންނަކަމަށް 17 މެންބަރަކު ވޯޓުދެއްވިއެވެ.
މި ގާނޫނު އުވާލުމަށް ހުށައަޅާފައިވަނީ ވިލުފުށީ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރ ރިޔާޒް ރަޝީދްއެވެ.
މި ގާނޫނު އުވާާލުމުގެ ބިލަށް ކުރި ބަހުސްގައި ގިނަ މެންބަރުން ވަނީ މި ބިލަށް ތާާއިދުކޮށް، މި ގާނޫނަކީ ގާނޫނު އަސާސީއާއި ތައާރުޒުވާ ގާނޫނެއް ކަމަށް ބުނެފައެވެ. ނަމަވެސް މި ގާނޫނު އިސްލާހުކޮށް އޮތުންވެސް މުހިންމުކަމަށް ބައެއް މެންބަރުންވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް