ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލަރްޓް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ވިއްސާރަ ކުރާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވ. އަތޮޅުން ފެށިގެން އައްޑޫސިޓީ އާއި ދެމެދުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މި އެލާޓް ނެރެފައިވަނީ އިރުއޮއްސި 6:15 އިން ފެށިގެން މިރޭ ދަންވަރު 12:15 އާއި ހަމައަށެވެ.
އަދި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް އެއިދާރާއިން ލަފާކުރެއެވެ.
ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް އަންމު ގޮތެއްގައި ރަންގަޅުވާނެ ކަމަށް އެއިދާރާއިން ބުނެއެވެ.
ރާއްޖެއަށް ކުރަމުން މިދާ މޫސުމީ ވިއްސާރައިގައި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވިނަމަވެސް ވިލާގަނޑުގައި ގދަވާނެކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް