ތަކްސިން ޝިނަވަތްރާ: ފޮޓޯ/ އެކްސް
ތަކްސިން ޝިނަވަތްރާ: ފޮޓޯ/ އެކްސް
ދުނިޔެ 18 Aug 2024 | 06:47

ޚިޔާނާތުގެ މައްސަލާގައި ޖަލުގައި ހުރި ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރަށް ރަސްގެފާނު މަޢާފުދީ މިނިވަންކޮށްފި

ލިޔުންތެރިޔާ

ފާޠިމަތު އިނާ ސަވާދު

ތައިލެންޑްގެ ބިލިއަނަރު، ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތްރާއަށް ޕެރޯލްގެ މުއްދަތު 2 ހަފްތާއިން ކުރުކޮށްދޭ ގޮތަށް ރަސްގެފާނު މަޢާފު ދެއްވާފައުވާ ކަމަށް އޭނާގެ ވަކީލު ބުނެފިއެވެ.

މިއީ އޭނާގެ ދަރިކަނބަލުން ބޮޑުވަޒީރުކަމަށް އިންތިޚާބުކުރެއްވި ދުވަހުގެ އަނެއް ދުވަހު ލިބުނު މާފެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ތަކްސިނަކީ އެއްކޮޅުން ޝިނަވަތުރާ އާއިލާ އާއި އެ އާއިލާގެ ބައިވެރިންގެ މެދުގައި ވިހި އަހަރު ވަންދެން ހިނގަމުން ދިޔަ ބާރުގެ ހަނގުރާމައިގެ މައިގަނޑު އަސާސެވެ.

އަދި އޭނާ އަކީ ތައިލެންޑްގެ ސަރުކާރުތަކާއި މުއައްސަސާތަކުގެ މައްޗަށް ޒަމާނުއްސުރެ ނުފޫޒު ފޯރުވަމުން އަންނަ ރަސްރަސްކަލުންނާއި ޖެނެރަލުންނާއި މުސްކުޅި ފައިސާގެ އާއިލާތަކުގެ ގުޅުމެހެ މައިގަނޑު އަސާސެވެ.

2006 ވަނަ އަހަރު ހިނގި ސިފައިންގެ ބަޣާވާތަކުން އޭނާ ވެރިކަމުން ވައްޓާލުމަށްފަހު ޖަލަށްލުމަށް ހުކުމް ކުރުމުން ސަލާމަތްވުމަށް އަމިއްލައަށް ޤައުމުން ބޭރަށް ފިލައިހެން ދިޔައެވެ. ނަމަވެސް ފާއިތުވި އޯގަސްޓް މަހު އެނބުރި ވަޑައިގަތެވެ.

ތަކްސިން ވަނީ ސިއްޙީ ސަބަބުތަކާ ހުރެ 6 މަސްދުވަހު ހޮސްޕިޓަލްގައި ބަންދުކުރެވިފައެވެ. އަދި ފެބްރުއަރީ މަހު ޕެރޯލްގައި އޭނާވަނީ ދޫކޮށްލާފައެވެ.

އެނބުރި ވަޑައިގަތުމަށްފަހު، 2001 އިން 2006 އަށް އޮފީހުގައި ހުންނެވި ދުވަސްވަރު ބާރުގެ ނަހަމަ ބޭނުންކުރެއްވުމާއި މަސްލަހަތު ކުށަށް 8 އަހަރުގެ ޖަލު ޙުކުމެއް އޭނާއަށް އިއްވުނެވެ. ފާއިތުވި ސެޕްޓެމްބަރު މަހު ރަސްގެފާނު މަހާ ވަޖިރަލޮންގްކޯން އޭނާގެ ޙުކުމް 1 އަހަރަށް ލުއިކޮށްދެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް