N/A
N/A
ހަބަރު 13 Nov 2018 | 15:20

ބަޖެޓް 2019: ހެނދުނުގެ ނާސްތާއާއި އެކު އާ ސަރުކާރުގެ ތައުލީމީ ނިޒާމު މެކުހަށް!

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

ކުރިއަށް އޮތް 2019 ވަނަ އަހަރަށް ލަފާކުރެވޭ ދައުލަތުގެ 29.6 ބިލިޔަން ރުފިޔާގެ ބަޖެޓުގައި، ކޮންމެ ކުއްޖަކަށް ހެނދުނުގެ ނާސްތާ ދިނުމަށް ފައިސާ ކަނޑައަޅައިފިއެވެ.

މިއަދު މަޖިލީހުގެ ތަޅުމަށް ހުށައެޅުނު ބަޖެޓްގައިވާގޮތުން ކޮންމެ ކުއްޖަކަށް ހެނދުނުގެ ނާސްތާ ދިނުމަށް 50 މިލިޔަން ރުފިޔާާވަނީ ކަނޑައަޅާފައެވެ. ހެނދުނުގެ ނާސްތާ ކިޔަވާ ކުދިންނަށް ސަރުކާރުގެ އެހީގައި ފޯރުކޮށްދިނުމަކީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގައި ވެވަޑައިގެންނެވި ވަރަށް މުހިންމު ވައުދެކެވެ.

މިފަހަރުގެ ބަޖެޓްގައި ތައުލީމީ ނިޒާމަށް ޖުމްލަ 3.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. މީގެ ތެރޭގައި ގިނަ ތައުލީމީ ނިޒާމުގެ ވަސީލަތްތައް އިތުރުކޮށް، ހަރުދަނާ ކުރުމުގެ މަޝްރޫއުތައްވެސް ފާހަގަކޮށްލެވެއެވެ.

އެގޮތުން ބަލާލާއިރު ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓްއަށް 86 މިލިޔަން ރުފިޔާ ހޭދަކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެހެންމެ އާ ސަރުކާރުގެ ފުރަތަމަ އަހަރު ރަށްރަށުގައި ގާއިމްކުރެވިފައިވާ ސްކޫލްތަކާއި ކްލާސްރޫމްތައް އިތުރުކޮށް، ތަރައްގީކުރުމަށް ބަޖެޓުންވަނީ 84 މިލިއަން ރުފިޔާާ ކަނޑައަޅާފައެވެ.

މާލޭ ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ސްކޫލް މަދަރުސާތަކުގެ މަޝްރޫއުތަކަށް ބަލާލާއިރު، ސީއެޗްއެސްސީގައި އަށް ފަންގިފިލާގެ އާ އިމާރާތަކާއި، ހުޅުމާލޭގައި އާ ސްކޫލެއް އެޅުމަށް ވަނީ ބަޖެޓްގައި ހިމެނިފައެވެ.

މަތީ ތައުލީމުގެ ނިޒާމްއަށްވެސް އާ ސަރުކާރުގައި ބޮޑު ހޭދައެއް ކުރުމަށް ވަނީ ބަޖެޓްކުރެވިފައެވެ. އެގޮތުން މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ މެޑިކަލް ސްކޫލެއް ގާއިމްކުރުމަށް 39 މިލިއަން ރުފިޔާ އަދި ފުރަތަމަ ޑިގްރީއާއި ހިލޭ ހަމައަށް ކިޔެވުމުގެ ފުރުސަތު ދިނުމަށް 50 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ހިލޭ ކިޔެވުމުގެ ފުރުސަތު ދިނުމަކީ އިބޫ ސަރުކާރުގެ ވައުދެކެވެ.

އަދި އެއާއި އެކު ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕްގެ ސްކީމްގެ ދަށުން އޭލެވެލްގައި އެއްވަނަ ލިބޭ ހުރިހާ ދަރިވަރުންނަށް ބޭނުން ގައުމަކުން ހިލޭ ކިޔެވުމުގެ ފުރުސަތު ދިނުމަށްވެސް ވަނީ ނިންމާފައެވެ. އަދި އަންނަ އަހަރު 60 އެމްބީބީއެސް ޑޮކްޓަރުންނަށް އަދި 25 ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ކިޔެވުމަށް ޓިއުޝަން ފީ ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

3.2 ބިލިއަން ރުފިޔާގެ ބަޖެޓަކާއި އެކު އަންނަ އަހަރަށް ތައުލީމީ ނިޒާމް ތައްޔާރުވަމުންދާ އިރު، ރިކަރެންޓް ހަރަދަކީ 2.9 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން 69% ހަރަދުކުރުމަށް ހަމަޖެހިފައިވަނީ މުވައްޒަފުންގެ މުސާރައާއި ޕެންޝަަން އަށެވެ. ބާކީ ހަރަދުތައް ކަނޑައެޅިފައިވަނީ ހިންގުމަށާއި ސްކޮލަރޝިޕާއި ތަމްރީނަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...