N/A
N/A
ހަބަރު 02 Nov 2018 | 06:07

ރައީސް ޔާމީނަށް ނާކާމިޔާބުވީ އަމިއްލަފުޅަށް ކުރެއްވި ކަންކަމުން- ރައީސް ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ނާކާމިޔާބީއާއި ކުރިމަތިވެވަޑައިގެންނެވި މައިގަނޑު ސަބަބަކީ ޚުދު އެމަނިކުފާނު އަމިއްލަފުޅަށް ކުރެއްވި ކަންތައްތައްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ތިން އަހަރަށްފަހު މިއަދު ރާއްޖެ އެނބުރި ވަޑައިގެން މީޑިޔާތަކާއި ބައްދަލުކުރައްވާާ ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާާާނު ވިދާޅުވީ އެމަނިކުފާނު ގަސްތުކުރަނީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ހުންނަންކަމަށާއި،އެ މަނިކުފާނުގެ މައިގަނޑު އަމާޒަކަށް ވާނީ އިބޫގެ ސަރުކާރު ދަމަހައްޓައި، ގައުމުގެ ސިޔާސީ ހަމަޖެހުން ހިފެހެއްޓުން ކަމަށެވެ.

ނޫސްވެެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، މީގެ ކުރިން "ވީހާލެއްގައި ވާން" ރާއްޖެއަށް ނައިސް ހުރީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމުގެ މަގުސަދުގައި ކަމަށެވެ.

"ކުރީގައި އަޅުގަނޑު ރާއްޖެ ނައި ރާއްޖެއިން ބޭރުގައި ހުރެގެން ސަރުކާރު ބަދަލުުކުރުމުގެ މަސައްކަތް ކުރެވޭނެތީވެ. ބޭރުގައި ހުރީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމުގެ މަސައްކަތުގައި. ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަކީ އަޅުގަނޑުގެ މަގްސަދު. އެ މަގްސަދުގައި ރާއްޖެ އައުމަކީ އެހާ ބުއްދިވެރި ކަމަކަށް ނުވި"، ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އާ ސަރުކާރު ވެގެންދާނީ އެންމެ ގާބިލް ސަރުކާރަށްކަމަށާއި، ކޯލިޝަނަށް ލޮޅުމެއް އައިސްދާނެ ކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ. އަދި ކޯލިޝަންގެ ކަންކަން އޮމާންކަމާއެކީގައި ކުރިއަށް ގެންދެވޭނެކަމަށް އެމަނިކުފާާނު ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި
23 Nov 2026 ހަބަރު

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

ފުލުހުން މައުލޫމާތު ދިންގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެންނެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
23 Nov 2026 ހަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް
23 Nov 2026 ހަބަރު

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.