އީޔޫގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ރާއްޖެއަށް ވަޑައިގަންނަވަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރަސްމީ ދަތުރުފުޅެއްގައި ޔޫރަޕިއަން ޔޫނިއަންގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ފޯރ ޕޮލިޓިކަލް އެފެއާޒް ޖޯން ކްރިސްޓޮފަރ ބެލިއާޑް ރާއްޖެއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.
މިއަދުގެ ވަގުތެއްގައި އެބޭފުޅާ ރާއްޖެއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު، އެބޭފުޅާ ވަޑައިގަންނަވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށެވެ. ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ އަރިހުގައި ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފަައިވާ ސަފީރު ޓުންގް ލައި މާރކްވެސް ވަޑައިގަންނަވާނެއެވެ.

އީޔޫއިން ނެރުނު ބަޔާނުގައި ވަނީ އާ ސަރުކާރާއި އެކު ގުޅުން ބަދަހިކުރުމާއި، އަދި ދިވެހިރާއްޖޭގެ ޑިމޮކްރަސީ ދެމެހެއްޓުމުގައި އީޔޫއިން އަބަދުވެސް ދެމިއޮންނާާނެކަމަަށް ފާހަގަކޮށްފައެވެ.
ޔޫރަޕިއަން ޔޫނިއަނުން މީގެ ކުރިން ވަނީ ރައީސް ޔާމީންގެ ސަރުކާރުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބާއްވައިފިނަމަ، ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވަނީ ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް