N/A
N/A
ހަބަރު 15 Nov 2018 | 16:01

އައިޔޫއެމްގެ ޗާންސެލާގެ މަގާމުން ޑރ. ޝަހީމް އިސްތިއުފާ ދެއްވައިފި

ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ޗާންސެލާގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

މިނިސްޓަރާ އެއްފެންވަރުގެ މަގާމެއް ކަމަށްވާ ޗާންސެލާގެ މަގާމުން ޑރ. ޝަހީމް އިސްތިއުފާ ދެއްވިކަން އިއުލާން ކުރައްވާ ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ މަގާމުން އިއިސްތިއުފާ ދެއްވިކަމުގައި ވީނަމަވެސް އިސްލާމް ދީނާއި، ދިވެހި ގައުމަށް ހިދުމަަތް ކުރުންމަތީ ދެމިހުރުމަކީ އަޒުމެއްކަމުގައެވެ.

ޑރ. ޝަހީމް ވަނީ އައިޔޫއެމް އަށް އެތަައް ގިނަ ގުނަ ހިދުމަތްތަކެއް ކޮއްދެއްވާފައެވެ. އެގޮތުން ޔުނިވާސިޓީ އުފެއްދުމުގެ މަސައްކަތުގައި މިނިސްޓަރެއްގެ ހައިސިއްޔަތުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ޔުނިވާސިޓީ އުފެއްދުމަށް ހެދި ކޮމެޓީގެ ރައީސްކަންވެސް ޑރ. ޝަހީމް ކުރެއްވިއެވެ.

އައިޔޫއެމް އުފެއްދުމަށްފަހު އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާގެ މަގާމާ ޑރ. ޝަހީމް ހަވާލުވެވަޑައިގަނެ ޔުނިވާސިޓީ ހިންގުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ.

އަދި އޭރު ޗާންސެލާގެ މަގާމުގައި ހުންނެވި، ޑރ. ޒާހިރު ހުސެއިން މަގާމުން ވަކިކުރަން ރައީސް ޔާމީން ނިންމެވުމުން ވަގުތީ ޗާންސެލާގެ ގޮތުގައި ހަރަކާތްތެރި ވުމަށްފަހު ޗާންސެލާއަކަށް ޑރ ޝަހީމް އައްޔަނުކުރެވުނެވެ.

ޑރ. ޝަހީމަކީ ރައީސް ޔާމިންގެ ސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރުވެސް މެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
23 Nov 2026 ހަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް
23 Nov 2026 ހަބަރު

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟
22 Nov 2026 ހަބަރު

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟

"ފައިސަލް އެ އޮތީ ކުރިމަތިލައްވަން އިއުލާނު ކުރައްވާފައި. އަޅުގަނޑެއް ކުރިމަތިލާކަށް އިއުލާނެއް ނުކުރަން،" ރައީސް ސޯލިހް ފުރަތަމަ ވިދާޅުވި އެވެ.