އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން-- ފޮޓޯ: އެސްޓީއޯ
އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން-- ފޮޓޯ: އެސްޓީއޯ
ވިޔަފާރި 13 Jul 2024 | 04:46

އެސްޓީއޯގެ ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކޮށްފި

އެސްޓީއޯގެ ކޮންމެ ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކޮށްފިއެވެ

އެސްޓީއޯއިން މިފަދައިން ފާސްކުރީ ހުޅުލޭގައި ހުންނަ ނޫވިލު ސީޕްލޭން ޓާމިނަލްގައި ރޭ ބޭއްވި އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި  189 ހިއްސާދާރުންގެ ތެރެއިން 99 އިންސައްތަ ވޯޓުންނެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި މިއީ އެކުންފުނިން ފާއިތުވި 17 އަހަރުގެ ތެރޭގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމި އެންމެ ބޮޑު އަދަދެކެވެ.

އެސްޓީއޯއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ކުރީ އަހަރު ވަނީ  18.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ.

ހަމައެއާއިއެކު، މިދިޔަ އަހަރު ޖުމްލަ ފައިދާގެ ގޮތުގައި 3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ހިންގުމުގެ ފައިދާ ގޮތުގައި 1.3 ބިލިއަން ރުފިޔާ އެސްޓީއޯއިން ވަނީ ހޯދާފައެވެ. އޭގެ ކުރީއަހަރު މި އަދަދު އުޅެނީ 1 ބިލިއަން ރުފިޔާގައެވެ.

މީގެން ޓެކްސް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް  818 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އެސްޓީއޯގެ ތާރީހުގައިވެސް ރެކޯޑް އަދަދެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެސްޓީއޯ ސާވިސް ސެންޓަރަށް މަރާމާތަށް ގެނެސްފައިވާ ތަކެތި ގެންދަން މުހުލަތެއް, ނޫނީ ނައްތާލާނެ
04 Oct 2026 ހަބަރު

އެސްޓީއޯ ސާވިސް ސެންޓަރަށް މަރާމާތަށް ގެނެސްފައިވާ ތަކެތި ގެންދަން މުހުލަތެއް, ނޫނީ ނައްތާލާނެ

އެސްޓީއޯ ސާވިސް ސެންޓަރަށް މަރާމާތަށް ގެނެސްފައިވާ ތަކެތި ނުގެންދާނަމަ ނައްތާލަން ނިންމައިފި އެވެ. އެ އިދާރާއިން މިއަދު ބުނީ އެސްޓީއޯ ސާވިސް ސެންޓަރަށް 31 އޮގަސްޓްގެ ނިޔަލަށް ކަސްޓަމަރުން މަރާމާތު ކުރ...

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން އިންޑިއާގެ އަމުލް ބްރޭންޑު ރާއްޖެއަށް ތަޢާރަފުކޮށްފި
29 Sep 2026 ވިޔަފާރި

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން އިންޑިއާގެ އަމުލް ބްރޭންޑު ރާއްޖެއަށް ތަޢާރަފުކޮށްފި

ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި ބޭއްވި ޚާއްޞަ ހަފުލާއެއްގައި އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން އިންޑިއާގެ މަޝްހޫރު ކިރުގެ ބްރޭންޑެއް ކަމުގައިވާ އަމުލްގެ އުފެއްދުންތައް މިއަދު ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ....

މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައިވެސް އެސްޓީއޯ
28 Sep 2026 ވިޔަފާރި

މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައިވެސް އެސްޓީއޯ

ރާއްޖޭގެ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ބާއްވާ އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވާ މިއަހަރުގެ "ހޮޓެލް އޭޝިއާ އެގްޒިބިޝަން" ގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބައިވެރިވެއްޖެއެވ...

ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
27 Sep 2026 ވިޔަފާރި

ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ

މާދަމާ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ފެށޭ ހޮޓެލް އޭޝިއާ 2026 އެގްޒިބިޝަނުގައި ބައިވެރިވާނެކަން އެސްޓީއޯއިން ބުނެފިއެވެ. މި ފަހަރުގެ އެގްޒިބިޝަނުގައި އެސްޓީއޯގެ ސްޓޯލް ޚާއްޞަކޮށްފައި ވަނީ ޖެނެރަލް ޓްރ...

ތިލަފުށީ ބަނދަރުގެ ބިން ގަތުމަށް ތިން ކުންފުންޏެއް ގުޅިގެން އައު ކުންފުންޏެއް އުފައްދައިފި
24 Sep 2026 ހަބަރު

ތިލަފުށީ ބަނދަރުގެ ބިން ގަތުމަށް ތިން ކުންފުންޏެއް ގުޅިގެން އައު ކުންފުންޏެއް އުފައްދައިފި

މާލޭ ވިޔަފާރި ބަނދަރު ކ. ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބިން ގަންނާނެ ފައިސާ ހޯދުމަށް އެމްޕީއެލް އާއި އެސްޓީއޯ އާއި އެޗްޑީސީ ޝެއާހޯލްޑަރުންގެ ގޮތުގައި ހިމެނޭ ކުންފުންޏެއް ސަރުކާރުން އ...

އެސްޓީއޯ ދެކުނު ފޯރި ވަރަށް ކުލަގަދަކޮށް ބާއްވައިފި
02 Sep 2026 ހަބަރު

އެސްޓީއޯ ދެކުނު ފޯރި ވަރަށް ކުލަގަދަކޮށް ބާއްވައިފި

ރާއްޖޭގެ ދެކުނުގެ އެކި ސަރަޙައްދުތަކުގައި ވަޒީފާ އަދާކުރާ އެސްޓީއޯ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ބާއްވާ "ދެކުނު ފޯރި" މި އަހަރުވެސް އައްޑޫ ސިޓީ ހިތަދޫގައި ހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސް ނި...