N/A
N/A
ހަބަރު 02 Nov 2018 | 01:27

ދިވެހިންގެ ގިޔަރު ބަދަލުކޮށްލި ދިރާގު ރޯޑް ރޭސް

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

މީގެ ބާރަ އަހަރު ކުރިން ދިރާގުން ފުރަތަމަ ފަހަރަށް ފެށި ދުރުރާސްތާ ދުވުމަކީ ދިވެހިން މާ ސަމާލުކަން ދީއުޅުނު ކަމެއްނޫނެވެ. އޭރު ދިވެހިން ކުރަމުންއައި ސުވާލަކީ އެހާބައިވަރު މީހުން ދުވާ މުބާރާތެއްގައި ދުވުމުގެ ބޭނުމަކީ ކޮބާހެއްޔެވެ. ވަނައަކަށް ދިޔުމުގެ ފުރުސަތު އެހާ ހަނި މުބާރަތެއްގައި ބައިވެރި ވުމުގެ ބޭނުމަކީ ކޮބާހެއްޔެވެ.

ދިރާގުން މުޖުތަމައުގެ އެކި މައްސަލަތަކަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ބާއްވަން ފެށި ދުރުރާސްތާ ދުވުމެއް ފުރަތަމަ ބޭއްވީ "ދިރާގު ބްރޯޑް ބޭންޑް ރޯޑް ރޭސް" ނަމުގައި 2007 ވަނަ އަހަރު ގައެވެ. މިގޮތުން ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް އަޑުއުފުލުން، މީއި ދިރާގުން ބޭވި ދުރުރާސްތާ ދުވުން ތަކުން ފާހަގަ ކޮއްލެވުނު ސިޔާރުތަކެވެ.

2007 ވަނަ އަހަރު ފުރަތަމަ ދުރުރާސްތާ ދުވުމުގައި ބައިވެރިވީ ގާތްގަޑަކަށް 300 ވަރަކަށް ބައިވެރިންނެވެ. ނަމަވެސް ދިރާގު މެނޭޖްމަންޓްއާއި މުވަޒަފުންގެ ބުރަ މަސައްކަތުން 2012 ވަނަ އަހަރާއި ހަމައަށް މި ދުރުރާސްތާ ދުވުމުގައި ބައިވެރިންގެ އަދަދު 2500 އަރާފައިވެއެވެ. މިއާއެކު މި ދުރުރާސްތާ ދުވުމުގައި ބައިވެރި ވުން ވަނީ ދަތިކަމެކަށް ވެފައެވެ. ސަބަބަކަށް ވެފައި ވަނީ މި ދުރުރާސްތާ ދުވުމުގައި ބައިވެރިވުމަށް ކުރިޔާލާ ފޯމް ތަކެއް ފުރައިގެން ގޮސް ދިރާގަށް ހުށަހަޅަން ޖެހޭތީއެވެ.

މިކަމަށް ބަދަލެއް އައީ 2013 ވަނަ އަހަރު "ދިރާގު ބްރޯޑް ބޭންޑް ރޯޑް ރޭސް" ނަމުގައި ބާވަމުން އާއި ދުރުރާސްތާ ދުވުން "ދިރާގު މޯލްޑިވްސް ރޯޑް ރޭސް" ނަމަށް ރީބްރޭންޑް ކުރުމަށް ފަހު، އެއަހަރު މިކަމަށް ހާއްސަ ވެބްސައިޓެއެއް ކަމުގައިވާ www.dmrr.mv ލޯންޗުކުރުމާއި އެކުގައެވެ. މި ވެބްސައިޓުން ފަސޭހަކަމާއި އެކު މި ދުރުރާސްތާ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވުނެވެ. އެއާއެކު 3000 މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ވެސް ހުޅުވާލެވުނެވެ.

ބައިނަލް ދުވުމަކަށް ދިރާގު މޯލްޑިވްސް ރޯޑްރޭސް

ޖެހިގެން އައި 2014 ވަނަ އަހަރަކީ މި ދުރުރާސްތާ ދުވުމަށް އިންގިލާބީ ބަދަލުތަކެއް ގެނުވި އަހަރެކެވެ. އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރެތަންސް އެންޑް ޑިސްޓެންސް ރޭސަސް (އެއިމްސް) އާއި ގުޅިގެން ބައިނަލްއަގުވާމީ ދުރުރާސްތާ ދުވުމެއް ގޮތުގައި ބާއްވަން ފެށުނީ މިއަހަރުން ފެށިގެންނެވެ. މިއީ ރާއްޖޭގައި ބޭއްވުނު ފުރަތަމަ ބައިނަލްއަގުވާމީ ދުރުރާސްތާ ދުވުމެވެ. އެއާއެކު ބައިނަލްއަގުވާމީ ދުރުރާސްތާ ދުވުމުގެ މިންގަނޑަށް ފެއްތުމުގެ ގޮތުން މި އަހަރުގެ ދުވުމުގައި ކުރިން އަހަރު ތަކުގައި ދުވަމުން އައި 5 ކިލޯމީޓަރުގެ އިތުރުން 10 ކިލޯމީޓަރު ޖެހުމަށް ހާއްސަ ބައެއް ވަނީ އިތުރު ކޮށްފައެވެ. އެއަހަރުގެ ދުރުރާސްތާ ދުވުމުގައި 3000 ބައިވެރިން ޖާގަ ލިބުމާއެކު، އިތުރު 400 ވަރަކަށް ބައިވެރިން ވެއިޓިންގ ލިސްޓްގައި ނޯޓްކޮށްފައިވެއެވެ.

ދިރާގު މޯލްޑިވްސް ރޯޑްރޭސްގެ ބައެއް ފާހަގަކޮށްލެވުނު ހާދިސާތައް

2014ވަނަ އަހަރު ބޭއްވުނު ދުރުރާސްތާ ދުވުމުގައި ހަދާނުން ފޮހެލަން ދަތި ދެކަމެއް ހިނގާދިޔައެވެ. އެގޮތުން އޮޅިގެން ދުރުރާސްތާ ދުވުމުގައި އަންހެނުންގެ ފަސް ކިލޯ މީޓަރު ދުވުމުން އެއް ވަނަ އަށް ޝަހިންދާ އިސްމާއިލް ކިޔާ ބައިވެރިއެއް ދިޔަކަމަށް އިއުލާން ކުރެވުނެވެ. ހަގީގަތުގައި އެއް ވަނަ އަށް ނިންމެވީ ދެ ވަނަ ކަމަށް އިއުލާންކުރެވުނު މަރިޔަމް އަބްދުލްކަރީމް ކިޔާ ބައިވެރިއެކެވެ. މިކަން މިގޮތަށް ދިމާވީ ޝަމީމަ ކިޔާ ބައިވެރިޔަކާ ޝަހިންދާގެ ބިބްކޮޅު ބަދަލުވުމުގެ ސަބަބުންނެވެ.

ދެން ދިމާވީ ވަރަށް ހިތާމަވެރި ހާދިސާއެކެވެ. އޭޑީކޭ ހޮސްޕިޓަލަށް ދެ އަހަރު ޚިދުމަތް ކުރައްވާފައިވާ ޑޮކްޓަރ އަބީޝެކް ސިންހް މި ދުރުރާސްތާ ދުވުމުގައި ދުވަމުން ދަނިކޮށް ހީޓު ސްޓްރޯކެއް ޖެހި ނިޔާވި ޙާދިސާއެވެ. މިކަމާ ގުޅިގެން ދިރާގު ފަރާތުން ދެން ބޭއްވި ދުރުރާސްތާ ދުވުންތަކުގައި މިފަދަ ޙަދިސާއެއް ވީ އެންމެ އަވަސް ފަރުވާއެއް ދެވޭނެގޮތެއް ހޯދައި އަމަލު ކުރަން ފެށިއެވެ. އަދި މިފަދަ ހާދިސާއެއް ދިމާވުމުގެ ފުރުސަތު ކުޑަކުރުމަށް ބައިވެރިނަށް ކުރިޔާލާ ޓްރޭނިން ދޭންފެށިއެވެ.

2015 ވަނަ އަހަރަކީ މި ދުރުރާސްތާ ދުވުމަށް ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިލާން ޖެހުނު ފަހަރެކެވެ. މިގޮތުން އެއަހަރު ޖޫން މަހުގައި ގައި ބާއްވަން ހަމަޖެހިފައި އޮތް މި ދުރުރާސްތާ ދުވުން ބޭއްވުނީ އެއަހަރު އޮގަސްޓް މަހުގައެވެ. މިކަން މިގޮތަށް ދިމާވީ މި ދުރުރާސްތާ ދުވުން ބާއްވަން އޮތް ދުވަހަށް، ވިއްސާރައިގެ ސަބަބުން އެއަހަރު ބާއްވާފައިވާ މަގު މަތީ ބާޒާރުގެ ދުވަސް އިތުރު ކުރުމާއެކު، އެދުވަހަށް ދުވަން އޮތް މަގު ނުލިބުމުގެ ސަބަބުން ކަމަށް ދިރާގުން ވަނީ ހާމަކޮށްފައެވެ.

ލައިވް ޓްރެކިން އާއެކު ދުވުން ހުޅުމާލެއަށް

އަހަރަކަށް ވުރެ އަހަރެއް ދިވެހިންގެ މެދުގައި މިކަމަށް އޮތް މަގުބޫލުކަން ބޮޑުވަމުގެ ސަބަބުން ފުލުހުންގެ އެދިލެއްވުމަކަށް 2016 ވަނަ އަހަރުގެ ދުރުރާސްތާ ދުވުން ބޭއްވީ ހުޅުމާލެގައެވެ. މީ މިކަމަށް ދިވެހިންގެ ޝައުގު އިތުރުވެގެން ދިޔަކަމެކެވެ. ހަމަ އެއާ އެކު އިތުރު ކުންފުނިތަކާއި ޖަމިއްޔާތަކުން މިދުވުމުގައި ބައިވެރިވާން ފެށިއެވެ. އެއަހަރު ދިރާގުން މިކަމަށް ހާއްސަ އެޕްލިކޭޝަނެއް ތައާރަފްކުރިއެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ދުރުރާސްތާ ދުވުމަށް ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ދުރުރާސްތާ ދުވުމަށް ހަމަޖެހިފައިވާ މަގުގެ މެޕާއި މޫސުމާ ބެހޭ މައުމޫލާތު ވެސް އެޕްލިކޭޝަނުން ލިބޭ ގޮތް ވަނީ ހަމަޖެހިފައެވެ. މިއެޕްލިކޭޝަނުގެ އެންމެ ހާއްސަ ފީޗާއަކީ ލައިވް ޓްރެކިންނެވެ. އެގޮތުން ބައިވެރިން ދުވަމުންދާ ރާސްތާ އާއި ޓައިމިން ވަގުތުން ބަލައިލެވޭ އިރު ދުރުރާސްތާ ދުވުމުގެ ކުރީގައި އުޅޭ ދުވުންތެރިންގެ ތަފްސީލް ވެސް ބެލޭގޮތް ވަނީ ހަމަޖެހިފައެވެ. ދުވުންތެރިންގެ ބިބުގައި ހަރުކުރާ އިލެކްޓްރޯނިކް ޗިޕެއް މެދުވެރިކޮށް ޓައިމިން ބަލާއިރު މިއީ ރާއްޖޭގައި ބާއްވާ ރޭހެއްގައި ލައިވް ޓްރެކިން ފީޗާ ހިމެނުން ފުރަތަމަ ފަހަރެވެ.

މިއަހަރުގެ ރޭސް ޕްލާސްޓިކް ފްރީކޮށް

މިދިޔަ އަހަރު ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ބައިވެރިވުމަށް 3000 ފުރުސަތު ހުޅުވާލިތާ 72 ގަޑިއިރުގެ ތެރޭ ހުރިހާ ޖާގައެއް ފުރިގެން ދިޔައެވެ. ހަމަ އެއާއެކު މިއަހަރު ގިނަބައެއްގެ އެދުމާއެކު 4000 ބައިވެރިނަށް ފުރުސަތު ހުޅުވާލުމާއެކު އެންމެ 48 ގަޑިއިރުގެ ތެރޭ ހުރިހާ ޖާގައެއް ފުރިގެން ދިޔައެވެ. ދިރާގުން ހާމަ ކުރިގޮތުގައި މިއަހަރު ދުރުރާސްތާ ދުވުމަކީ ސައްތައިން ސައްތަށް ޕްލާސްޓިކް ފްރީ އިވެންޓެކެވެ. އެއާއެކު ކިލޯމީޓާރ ވޯޓާރ ސްޓޭޝަން ތަކުގައި ވެސް ބަހައްޓާފައި ވަނީ ކަރުދާސް ފެންބޯ ތަށި ކަމަށް ދިރާގުން ވަނީ ހާމަކޮށްފައެވެ.

މި މުބާރަތް ބާވަން ފެށިތާ 12 އަހަރު ފަހުން މި ދުރުރާސްތާ ދުވުމުގެ ކޮންމެ ބައިވެރިއެއްވެސް ބައިވެރި ވަނީ އެބޭފުޅަކު ބައިވެރި ކެޓަގަރީއެއްގެ ދުވަން ޖެހޭ ދުރުމިނަށް ދުވެ ނިންމާލުމަށެވެ.

އެއާއެކު ކުރީގާ މި މުބާރަތެއްގައި ބައިވެރި ވެފައިވާނަމަ އެފަހަރަށް ވުރެ ކުޑަތަންކޮޅެއް ނަމަވެސް އަވަހަށް ނިމާލުމަށް އަޒުމުކޮއްގެންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...