N/A
N/A
ހަބަރު 17 Nov 2018 | 04:15

ނަޝީދު އިންޑިއާގެ މައުތުޕީސްއަކަށް ވެވަޑައިގަތީ ހެއްޔެވެ؟

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

ރައީސް މުހައްމަދު ނަޝީދު 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވުމަށްފަހު ވަރަށް ހިތްވަރުގަދަ ނިންމެވުމެއް ނިންމެވިއެވެ. އެއީ ވެރިކަން ހިމާޔަތްކުރުމަށް އިންޑިއާ ސިފައިން ރާއްޖެއަރަން ތައްޔާރަށް އޮތްކަމަށް އެމަނިކުފާނުގެ ޚާރިޖީ ވަޒީރު އަހުމަދު ނަސީމް ވިދާޅުވެ، ދެންނެވި ލަފައަކަށް ދެކޮޅު ހައްދަވައި އިންޑިއާ ރާއްޖޭގެ ދާޚިލީކަންކަމުގެ ތެރެއަށް ނުވައްދާނެކަމަށް ސާބިތުކަމާއެކު ވިދާޅުވުމުންނެވެ. އޭރު އިންޑިއާގެ އަސްކަރީ މަނަވަރުތައް އޮތީ ތައްޔާރީ ހާލަތުގައި ރާއްޖެއާއި ދާދި ގާތުގައެވެ. ރައީސް ވަހީދުގެ ލައިފް ސްޓޯރީގައި ލިޔެފައިވަނީ މިގޮތަށެވެ.

އިންޑިއާކަނޑުގެ މެދުގައިވާ އަޅުގަޑުމެންގެ ދިވެހިރާއްޖެއަށް އިންޑިއާގެ ބާރާއި ނުފޫޒު ފޯރުވަން ތަފާތު އެކިސިފަސިފަގައި މަސައްކަތްކުރަމުންދެއެވެ. ރައީސް އިބްރާހިމް ނާސިރު އެކަމަށް ފުރުސަތެއް ނުދެއްވިއެވެ. ޒަމާނުއްސުރެ ރާއްޖޭގެ އިގްތިސާދު ކޮންޓްރޯލްކޮށްގެން ތިބި އިންޑިއާގެ ވޯރާ ވިޔަފާރިވެރިންގެ ކަންތައް ނާސިރު ނިންމަވާލެއްވީ ވަރަށްވެސް ފުރިހަމަ ހިކުމަތު އަމަލީއެއްގެތެރެއިންނެވެ. ރައީސް މައުމޫންވެސް ހިފެހެއްޓެވީ ކިތަންމެ ކުޑަގައުމަކަށް ދިވެހިރާއްޖެވިޔަސް އިންޑިއާގެ ދަށަށް ދިޔަނުދިނުމުގެ ހިއްވަރުގަދަ ސިޔާސަތެވެ. މީގެކުރިން ބީޖޭޕީގެ ވެރިކަން އޮތް ފަހަރެއްގައި އިންޑިއާއިން އެދޭ ކަންތައްތައް ރައީސް މައުމޫން ކޮށްނުދެއްވައިގެން އިންޑިއާއިން ރުޅިއައިސްގެން އަހަރުތަކެއްވަންދެން މައުމޫން އިންޑިއާއަށް ދަތުރުފުޅު ނުކުރައްވައި ހުންނެވިއެވެ. މައުމޫން ހައްދަވާގޮތަކީ އިންޑިއާގެ ހުށަހެޅުންތައް ކެބިނެޓަށްގެންނަވަނީއެވެ. ދެން އިންޑިއާއަށް އަންގަނީ ކެބިނޓުން އެއްބަސްނުވާކަމަށެވެ. މިފަދައިން އެބޭފުޅުން އިންޑިއާގެ ކުރިމަތީގައި ދިވެހިރާއްޖޭގެ މަސްލަހަތު ހިފެހެއްޓެވިއެވެ.

އިންޑިއާގެ ސިޔާސަތަކީ ރާއްޖެ އެގައުމަށް ބަރޯސާކޮށްފައި ބޭއްވުން

ރާއްޖޭގެ ތަޖުރިބާކާރު ބައެއް ޑިޕްލޮމެޓުންނާއި ދިފާއީދާއިރާގެ ބައެއް ތަޖުރިބާކާރުން ވިދާޅުވާގޮތުގައި އިންޑިއާގެ ސިޔާސަތަކީ ދިވެހިރާއްޖެއަކީ ތަރައްގީނުވެ، އަބަދާއި އަބަދުމެ އިންޑިއާއަށް ބަރޯސާވާ ގައުމެއްގެ ގޮތުގައި ބޭއްވުމެވެ. އެހެންގައުމުތަކުން ދިވެހި ރާއްޖެއާ ކައިރިވިޔަނުދީ ބޭއްވުމެވެ. މިއާޓިކަލްގައި ކޮންމެހެން ޖިއޯޕޮލިޓިކަލް ބަދަލުތަކަށް އަލިއަޅުވާލާކަށް ގަސްދެއް ނުކުރަމެވެ. އެކަމަކު ބަދަލުތައް އަންނަމުންދިޔައިރު އިންޑިއާއިން ދިވެހިރާއްޖެ ނަގާފައި އޮތީ އެމީހުންގެ ކޮންޓްރޯލް އޮންނާނެ އަސްކަރީ ޚާއްސަ މައިދާނެއްގެ ގޮތުގައެވެ. އިންޑިއާކަނޑުގެ ޗާޓްގައި އެމީހުން އަޅާފައިވާ ބޮޅުތަކުގެތެރޭގައި ދިވެހިރާއްޖެވަށައިގެން ބޮޅުއަޅާފައިވެއެވެ. ރައީސް މައުމޫންގެ ވެރިކަން ނިމި، ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ބޮޑުވަޒީރު ރާއްޖެވަޑައިގެން ނަޝީދުލައްވައި ސޮއިކުރެއްވި އަސްކަރީ އެއްބަސްވުމަކީ އިންޑިއާގެ މަގްސަދު ހާސިލްކުރަން ސޮއިކުރި އެއްބަސްވުމެކެވެ. އެއެއްބަސްވުމުގެ ދަށުން އިންޑިއާގެ އަސްކަރީ ރާޑަރުތައް ރާއްޖޭގައި ބަހައްޓައި ހެލިކޮޕްޓަރުތައް ގެނައެވެ. އެހެލިކޮޕްޓަރުތަކުގެ އޮޕަރޭޝަންސްތަކަށް ކުޑަވަރެއްގެ ލަޝްކަރެއް ބާއްވާފައި އޮވެއެވެ. އަދި ރާއްޖޭގެ އިގްތިސާދުގެ މައިދޮރާށިކަމަށްވާ އިންޓަރނޭޝަނަލް އެއަރޕޯޓް އިންޑިއާގެ ޖީއެމްއާރުން ހޯދީވެސް ރާއްޖޭގައި ރަނގަޅަށް ވަކިހިއްޕަން ރާވާފައިވާ އިންޑިއާގެ މަކަރުވެރި ރޭވުމުގެދަށުންނެވެ. އިންޑިއާގެ މިއިންޓެންޝަން އެގައުމުގެ މީޑިއާގައި ސިޔާސީ އަދި ޑިޕްލޮމެޓިކް އެކިބޭފުޅުން ބޮޑެތި ބަހުސްތައް ބާއްވައިގެން ފާޅުކޮށްފައިވެއެވެ.

ޗައިނާއަށް ފާޑުކިޔާއިރު ޗައިނާ ނޫނީ އެހީވެދޭނެ ގައުމެއް ނަޝީދަކަށްވެސް ނުލިބުނު

ކޮންމެއަކަސް، ފަހަކަށް އައިސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ޗައިނާއާމެދު ނުރުހިގެން ފާޑުކިޔާ މަންޒަރު އެބަފެނެއެވެ. އެމަނިކުފާނު ދިވެހިރާއްޖެ ބާއްވަން ބޭނުންވަނީ އިންޑިއާގެ މަސްލަހަތު ހިމާޔަތްކުރާ ތަނެއްގެ ގޮތުގައެވެ. އެމެރިކާއާއި އިންޑިއާއާއި ޗައިނާއިން އިންޑިއާ ކަނޑުގައި ހިންގާ ޖިއޯޕޮލިޓިކަލް ގޭމް އެންމެބޮޑަށް އެގިވަޑައިގެން ހުންނެވި ބޭފުޅަކީ އެމަނިކުފާނުހެން ހީވާ ރާގެއްގައި ވާހަކަފުޅު ދައްކަވައެވެ. ނަޝީދު ހުއްޓޭ ކޮންމެ ޕޯޑިއަމެއްގައި ޗައިނާއަށް ދިވެހި ރާއްޖެ ދަރުވާލާފައިވާކަމަށް އެމަނިކުފާނާ އިދިކޮޅު ފަރާތްތަކަށް ތުހުމަތުކޮށް ވާހަކަ ދައްކައެވެ.

އެކަމަކު ހަގީގަތަކީ، ޗައިނާގެ ބޮޑެތި ލޯންތައް ރާއްޖެއަށް ފުރަތަމަ ވެއްދީ ނަޝީދެވެ. އެމަނިކުފާނުގެ ސަރުކާރުގައި ތަރައްގީގެ މަޝްރޫއުތައް ހިންގާނެ ލާރިނެތިގެން އިންޑިއާގައި އެދުނެވެ. އަދި ވަރަށް ފޮނި އުއްމީދާއެކު ޔޫރަޕަށް ވަޑައިގަތުމުން އެތަނުންވެސް އެހީވާނެ ބަޔަކު ނުލިބުމުން، ކޮމިއުނިސްޓް ޗައިނާއާއި ދިމާއަށް އެބުރިވަޑައިގަންނަވަން މަޖްބޫރުވެވަޑައިގަތެވެ. ދެން ރާއްޖޭގެ މުޅި ތާރީޚްގައިވެސް އެހާތަނަށް ނެގި އެންމެ ބޮޑު ލޯން، ފްލެޓް އަޅަން ޗައިނާއިން ދިނެވެ. އިސްތިއުފާ ދެއްވީ އެލޯނަށްފަހު އެއަށްވުރެ ބޮޑު ލޯނެއް ނަގަން މަޝްވަރާ ކުރަމުންދަނިކޮށެވެ. ޗައިނާއިން ލުއިލޯން ނަގަމުންދިޔައިރު އިންޑިއާގެ އެކިފާޑުފާޑުގެ ކުންފުނިތައް ރާއްޖެއައިސް ސަރުކާރުގެ ވެރިންނަށް ޕަވަރޕޮއިންޓް ޕްރެސެންޓޭޝަންތަކެއް ދައްކާފައި ބޮޑެތި ބިންތައް ދިގުމުއްދަތަކަށް ނަގަމުންދިޔައެވެ. ޓާޓާއަކީ އޭގެ މިސާލެކެވެ. ޖީއެމްއާރުން ރާއްޖޭގެ އެއަރޕޯޓަށްވަންނަ ޑޮލަރު ބޮޑެތި ސޫޓްކޭސްތަކުގައި ހައިދަރުއާބާދަށް އުފުލަމުންދިޔައީއެވެ. ޓާޓާއިން ކުރަން އޮތްކަމަކީ އެމީހުން ހަދާ ފިހާރަތަކަށް އިންޑިއާގެ މުދާތައް ޑަމްޕުކޮށް ދިވެހި ވިޔަފާރުތައް ފުޑާލުމެވެ. ދިވެހިންގެ ނަސީބު ރަނގަޅުކަމުން އިންޑިއާގެ މިސިޔާސަތު ކުރިއަކަށް ނުދިޔައެވެ.

ރައީސް ވަހީދުގެ ވެރިކަމުގައި އިންޑިއާއިން ދަތިކުރުމުގެ ފިޔަވަޅު އެޅުމުން، ނަޝީދު ހިންގެވި މަގުން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ޗައިނާގެ އެހީ ލިބޭތޯ ރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ. އެދަތުރުފުޅުގައި ދިވެހިރާއްޖެއަށް އެއް ބިލިޔަން ޑޮލަރުގެ ފަންޑިން ފޯރުކޮށްދޭން ޗައިނާގެ ރައީސް ވައުދުވެވަޑައިގަތެވެ. އެހީފޯރުކޮށްދޭނީ ދިވެހިރާއްޖެއިން ބޭނުންވާ ކަންކަމަށެވެ. ބްރިޖަކީ މިފަންޑިންގެތެރެއިން ރާއްޖެއިން ހުށަހެޅި ހުށަހެޅުމެކެވެ. ދެން އައި އެހީތައްވެސް އައިސްފައިވަނީ މި އެއްބިލިޔަން ޑޮލަރުގެ ފަންޑިންގެތެރެއިންނެވެ. ތިން ބިލިޔަން ޑޮލުގެ ވާހަކައަކީ ނަޝީދުގެ އަގަފުޅަށް ބަޔަކު އަޅާދީފައިވާ އެއްޗެކެވެ. އެވާހަކަ ކުރިއަށް އޮތްތާގައިވެސް އިވެމުންދާނެއެވެ.

މުހިއްމީ އިންޑިއާގެ މަސްލަހަތުތޯ ނުވަތަ ދިވެހި ގައުމުގެ މަސްލަހަތުތޯ؟

ނަޝީދު ޗައިނާއާއި ދެކޮޅަށް ވާހަކަ ދައްކަވަނީ އިންޑިއާއާއި އެމެރިކާ ބޭނުންވެގެންނެވެ. ޚާއްސަކޮށް އިންޑިއާއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އިންޑިއާގެ ނުފޫޒު ރާއްޖޭގައި ބާއްވަން އިންޑިއާ ބޭނުންނެވެއެވެ. ރާއްޖޭގެ ވެރިކަންވަށްޓާލަން އިހަށްދުވަހު ދިވެހިރާއްޖެއަށް އަސްކަރީ ހަމަލާދޭން އިންޑިއާގެ ވައިގެ ލަޝްކަރު ތައްޔާރުކުރީ އެކަމަށް މަގުފަހިކުރުމަށެވެ. މިއީ ފަހުގެ ތާރީޚެއްގައި ދިވެއްސަކު އަޑީގައި ހުރެގެން ދިވެހި ގައުމަށް ބޭރުގެ އަސްކަރީ ބާރެއް އަރުވަން ފާޅުގައި މަސައްކަތްކުރި ފުރަތަމަ ފަހަރެވެ.

އަޅުގަޑުމެންނަށް ހިތާމަލިބޭކަމަކީ އިއްޔެ ގައުމަށްޓަކައި، ވަތަނަށްޓަކައި، ވަރުގަދަ ނިންމެވުމެއް ނިންމެވި ލީޑަރަކު މިއަދު އިންޑިއާގެ ފައިބުޑަށްވެށްޓި އިންޑިއާގެ މައުތުޕީސްއެއްގެގޮތުގައި ދިވެހި ގައުމުގެ ސިޔާސަތު ރާވަން ނުކުމެ ހުންނެވީމައެވެ. އިންޑިއާގެ މަސްލަހަތު ހިފަހައްޓަން އައްޑޫގައި އޮފީހެއް ހުޅުއްވައި ބޮޑު ތިލަދުންމަތީގައި އޮފީހެއް ހުޅުއްވައި ހެނދުނާއި ހަވީރު އިންޑިއާގެ ހައްގުގައި ވާހަކަދައްކަވަންވީ ކީއްވެގެންހެއްޔެވެ. ތެދުފުޅެކެވެ. އެދުމެއް ނެތި ވެދުމެއް ނުކުރާނެއެވެ. ހިލޭ ސާބަހަށް ނަޝީދުފަދަ ބޭފުޅަކު އެފަދަކަމެއް ނުކުރާނެއެވެ. ޗައިނާގެ ލޯން ދިވެހިރާއްޖެއަށް ވަންނަނީ ސަރުކާރު ހިންގަވަން ހުންނަވާ ވެރިޔަކު ބޭނުންވީމައެވެ. އެއީ ގަދަކަމުން ޕޯޗްގީޒުން ދިވެހިންގެ ކަރަށް ރާއަޅައިގެން އަޅުވެތިކުރުވަން އުޅުނުގޮތަށް ޗައިނާއިން ގަދަކަމުން ރާއްޖެއަށް ދޭ ލޯނެއް ނޫނެވެ. ފަގީރު ގައުމުތަކުގައި ތަރައްގީގެ މަސައްކަތެއްކުރަން އެމެރިކާއިން ފައިސާ ނުދެއެވެ. ޔޫރަޕުން ނުދެއެވެ. އިންޑިއާއިން ނުދެއެވެ. ޗައިނާގެ ދޮރުގައި ޓަކިޖެހީމާ ދޮރު އެބަ ހުޅުވައެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހް ބޭނުންފުޅުވެއްޖިއްޔާ ނަގަންވީއެވެ. ޖަޕާންގެ ބޭންކުތައްވެސް ލޯންދޭން ތައްޔާރެވެ. އިންޓްރެސްޓް ރޭޓަށް ރުހެންޏާ ނަގަންވީއެވެ.

ދިވެހި ގައުމަށް މިއަދު އެންމެރަނގަޅުވާނީ ދިވެހި ގައުމުގެ ޚާރިޖީ ސިޔާސަތު އިންޑިއާ ބޭނުންވާގޮތަށް ކަނޑައެޅުންތޯއެވެ. ނުވަތަ ދިވެހި ގައުމުގެ ތަރައްގީގެ މަސްލަހަތާ ދިވެހި ރައްޔިތުންގެ މަސްލަހަތާއެއްގޮތަށް ނިންމުންތޯއެވެ. ދިވެހިން މިހާތަނަށް ތިބީ ހަމައެކަނި އިންޑިއާގެ ނެރޭޓިވްގެ މަތީގައެވެ. އިންޑިއާ ކަނޑޭ އިންޑިއާއޭ ބުންޏަސް، ދިވެހި ރާއްޖެއަށް އެކަނޑު ނިސްބަތްކުރަން މާއައުލާކަންބޮޑެވެ. އެއީ ދިވެހިރާއްޖެ ވަށައިގެންވާ ކަނޑެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...