އާޒިމާ ޝުކޫރުވެސް މަގާމުން އިސްތިއުފާދެއްވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ ކަމުގެ މަގާމުގައި ހުންނެވި އަލްއުސްތާޛާ އާޒިމާ ޝުކޫރު، އެމަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އާޒިމާ ޝުކޫރު އިސްތިއުފާ ދެއްވިކަން ހާމަކުރައްވާފައިވަނީ މިއަދު ހަވީރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. އާޒިމާ ވިދާޅުވީ މިއަދަކީ ރައީސް ޔާމީންގެ ސަރުކާރުގައި މަސައްކަތް ކުރައްވާނެ އެންމެ ފަހު ދުވަސްކަމަށާއި، މަގާމުން އިސްތިއުފާދެއްވާފައިވާ ކަމަށެވެ.
އާޒިމާ ވިދާޅުވީ ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި ކުރި ބުރަ މަސައްކަތްތަކަކީ ލިބުނު ފަހުރެއް ކަމަށާއި ރައީސް ޔާމީން ދެއްވި ފުރުސަތާއި ލަފަޔާއި އިރުޝާދަށް ފަށްފަށުން ޝުކުރު ދަންނަވާކަމަށެވެ. އަދި ރައީސް ޔާމީނާއި ކެބިނެޓުގެ މެންބަރުންގެ އިތުރުން ރައީސް އޮފީހުގެ މުވައްޒަފުން ދެއްވި އިރުޝާދަށް ވަަނީ ފަށްފަށުން ޝުކުރު އަދާކުރައްވާފައެވެ.
ސްޓޭޓަސް ނިންމަވާލައްވަމުން އާޒިމާ ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމަށް ކާމިޔާބަށް އެދި ވަޑައިގަންނަވާފައެވެ.
އާޒިމާ ޝަކޫރު ފާހަގަކުރެވިފައިވަނީ ރައީސް ޔާމީންގެ ދައުރުގައި ގާނޫނީ ގޮތުން ކުރަންޖެހުނު ކަންކަމުގައި އެންމެ އިސްކޮށް ހުންނެވި އެއް ފަރާތުގެ ގޮތުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް